އިމިގްރޭޝަނުން ތިލަފުށީގައި ކުރިއަށް ގެންދިޔަ ރެއިޑްގެ ތެރެއިން-- ފޮޓޯ: އިމިގްރޭޝަން
ހަބަރު
24 Nov 2024 | 11:51
ތިލަފުށީގައި ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 33 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

ކ.ތިލަފުށީގައި ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 33 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ތިލަފުށީގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް އަމާޒުކޮށް ޓާސްކުފޯހުން ހިންގި ހާއްސަ ރެއިޑް އޮޕަރޭޝަންގެ ތެރެއިން 33 ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ.

އޭގެ ތެރޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރަމުންދިޔަ ބަޔަކުވެސް ހިމެނޭކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.

މީގެ އިތުރުންވެސް އިމިގްރޭޝަނުން ބުނީ، މިގްރޭޝަނުގެ 28 އޮފިސަރުންނާއި ފުލުހުންގެ 35 އޮފިސަރުން ބައިވެރިވި މި ރެއިޑުގައި 257 ބިދޭސީއަކު ޗެކްކޮށްފައިވާކަމަށާއި، މީގެތެރެއިން ސައްހަ ވިސާއެއް ނެތި އުޅެމުންދިޔަ 33 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވި، 22 ފަރާތަކަށް ލިޔުމުން ނޯޓިސް ދީފައިވާކަމަށެވެ.

މި ސަރުކާރަށް ވީ އެއް އަހަރު ތެރޭގައި، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް، ވަރަށް ގިނަ ތަންތަން ބަލައި ފާސްކޮށް، ބިދޭސީން ޑިޕޯޓްކޮށް، އެމީހުން ގަވާއިދާ ޚިލާފަށް ހިންގަމުންއައި ވިޔަފާރިތައް ވަނީ ބަންދުކޮށްފައެވެ.

މިގޮތުން، މި މަސައްކަތުގެ ތެރެއިން މިހާތަނަށް ގަވާއިދާއި ޚިލާފަށް ރާއްޖޭގައި ދިރިއުޅެމުންދާ 5000 ބިދޭސީން ޑިޕޯޓްކުރެވިފައިވާ ކަމަށް ޝައްމާން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Jun 2026
ޖަރުމަނު ފަހަތުން އިކުއެޑޯވެސް އަނެއްބުރަށް
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗް ޖަރުމަނުގެ މައްޗަށް އިކުއެޑޯ ކުރި ހޯދީ 2-1 ގެ ނަތީޖާއިންނެވެ
26 Jun 2026
އަޒުމަކީ އަބަދުވެސް ރައްޔިތުންގެ ޙައްޤުގައި މަސައްކަތްކުރުމުގައި ދެމިތިބުން
ރައީސް ޞާލިޙްގެ މެސެޖުގައި ފާހަގަކުރެއްވި ގޮތުގައި، ރާއްޖެއަށް އިޞްލާޙީ ސިޔާސީ ބަދަލުތަކާއި ހަގީގީ ޑިމޮކްރަސީ ހޯދައިދިނުމުގައި އެމްޑީޕީން ކުރި ބުރަ މަސައްކަތް ތާރީޚުން ފެންނަން އެބައޮތެވެ.
26 Jun 2026
އައިވަރީ ކޯސްޓުން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރަށް
މީގެކުރިން ވޯލްޑް ކަޕްގައި ވާދަކުރި ތިން ފަހަރުވެސް ގްރޫޕް ސްޓޭޖުން ކެޓި އައިވަރީ ކޯސްޓަށް، ގަދަ 32 ޓީމުގެ ބުރަށް ދަތުރުކުރުމަށް މި މެޗުން ބޭނުންވީ އެންމެ ޕޮއިންޓެކެވެ.
26 Jun 2026
ކަންކަންމަތީ ޕާާކުނުކުރެވޭ ގޮތް ހަދާ, ހަނިމަގުތަކުގެ ޕާކިންއަށް ބަދަލެއް ގެންނަނީ
ރައީސް ވިދާޅުވީ މަގުތަކަކީ ފަސޭހަ ތަންތަނަށް ހެދުމަށް ޕާކިން ޒޯންތައް އިތުރުކޮށް ޕާކުކުރެވޭނެ ހަރުދަނާ އުސޫލެއް އޮތުން މުހިންމު ކަމަށެވެ.
26 Jun 2026
ނާޖައިޒުކޮށް އެއްވެސް މީހަކަށް ފްލެޓެއް ނުދޭނަން، އެކަމުގެ ޔަގީންކަން ދެން: ރައީސް
"އިރާދަކުރެއްވިއްޔާ މި ސަރުކާރުން ދޭ އެއްވެސް ފްލެޓެއް އަދި އެއްވެސް ގޯޗެއް ނުދޭނަން އެފަދަ އެއްވެސް ނާޖައިޒު ކަމެއް ހިމެނޭ ގޮތަކަށް. އެކަމުގެ ފުރިހަމަ ޔަޤީންކަން ހުރިހާ ރައްޔިތުންނަށް ދެން," ރައީސް ވިދާޅުވި އެވެ.
25 Jun 2026
ށ.ފުނަދޫ އިސްރަށްވެހިންގެ ހިޔާވަހި މަޝްރޫޢުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
މި މަޝްރޫޢުގެ ދަށުން ގާއިމުކުރާ މި މަރުކަޒަކީ ދައުލަތުގެ ބެލުމުގެ ދަށަށް ނެގޭ ފަރާތްތަކަށް ބޭނުންވާ ޞިއްޙީ ފަރުވާއާއި އިޖުތިމާޢީ ޕްރޮގްރާމްތައް ހިންގޭނެ އިންތިޒާމުތަކުގެ އިތުރުން، މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކަކާއެކު 60 މީހުންގެ ޖާގައިގެ މަރުކަޒެކެވެ.
25 Jun 2026
"ލޭ އެޕް"އިން އިސްނަގައިގެން ނެރޭ ލަވަ މާދަން ރިލީސް ކުރަނީ
މި ލަވަ ނެރުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރު، ޓީވީއެއްގެ ”ހޭޔަންބޯ“ ޕްރޮގްރާމްގެ ތެރެއިންނެވެ.
25 Jun 2026
މާލެ އޭރިއާގެ 84 ފުލުހަކަށް ޝަރަފުގެ ނިޝާން
މި ރަސްމިއްޔާތުގައި، މާލެ އޭރިއާގައި މަސައްކަތްކުރާ ފުލުހުންގެ ތެރެއިން 84 ފުލުހަކަށް ޝަރަފުގެ ނިޝާން ލިބިފައިވެ އެވެ.