އެމްއެންޑީއެފުން ރޭ އަތުލައިގަތް ލަންކާގެ މަސްބޯޓުގައި ހުރި މަސްތުވާތަކެތި
ހަބަރު
24 Nov 2024 | 17:42
މަކުނުދޫ ބޭރުން ހިފެހެއްޓި ލަންކާގެ މަސްބޯޓުން 1 ބިލިއަން ރުފިޔާގެ އަގުހުރި މަސްތުވާތަކެތި ފެނިއްޖެ

މަކުނުދޫ ބޭރުގައި އުޅެނިކޮށް އެމްއެންޑިއެފްގެ ބެލުމުގެ ދަށަށް ރޭގެ ވަގުތެއްގައި ގެނެވުނު ސްރީލަންކާގެ މަސްބޯޓުން، 468.6 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނެފިއެވެ.

މިކަމާ ގުޅޭގޮތުން ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންނަށް މަޢުލޫމާތު ހިއްސާކުރައްވަމުން ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާޢު ވިދާޅުވީ، އެ އުޅަނދު ރާއްޖެ ސަރަހައްދުގައި މަކުނުދޫ ބޭރުގައި ހަރަކާތްތެރިވާކަން އެމްއެންޑީއެފަށް އެނގުނީ ރޭ ދަންވަރު 12:45 ހާއިރުކަމަށެވެ. ސްރީލަންކާގެ އަށެންފުތަ ނަމަކަށް ކިޔާ އެ މަސް ބޯޓުގައި އެ ޤައުމަށް ނިސްބަތްވާ 5 މީހުން ތިބިކަމަށް އޭނާ ވިދާޅުވިއެވެ. އެއީ ހުސް ފިރިހެނުންނެވެ.

އެބޯޓް ޓްރެކްކޮށް އަތުލައިގަނެފައިވަނީ ކޯސްޓްގާޑަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ. 

އެ ބޯޓު ކުޅުދުއްފުށީ ބަނދަރަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ފާސްކޮށް ބެލިބެލުމުން އެ ބޯޓުގައި 468.6 ކިލޯގެ މަސްތުވާތަކެތި ހުރިކަމަށް އަލީ ޝުޖާޢު ވިދާޅުވިއެވެ. އޭގެ ތެރޭގައި ހިމެނެނީ 344 ކިލޯގެ ކްރިސްޓަލް މެތްގެ އިތުރުން 124.7 ކިލޯގެ ހެރޮއިން ހިމެނެއެވެ. މިތަކެތީގެ މަގުމަތީގެ އަގު 1 ބިލިއަން ރުފިޔާއަށް އަރާނޭކަމަށް ފުލުހުން ބުނެއެވެ.

މަކުނުދޫ ބޭރުން އަތުލައިގަތް ލަންކާގެ ބޯޓު

މިކަމުގައި ދިވެއްސެއްގެ އަތެއްވޭތޯ ނުވަތަ ނޫންތޯ އަދި ކަނޑައެޅިގެން ބުނަން ދަތިކަމަށާއި މިކަމުގެ ތަހުގީގު ފުލުހުން މިހާރު ކުރަމުންދާކަމަށް ޝުޖާޢު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ މިއީ މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަލަ ހުއްޓުވުމަށް އެކިއެކި އިދާރާތަކާ ގުޅިގެން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ކުރެވުނު ކާމިޔާބު މަސައްކަތެއް ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.