އެސްޓީއޯގެ މުއައްޒަފަކު ކާޑު ބަސްތާއެއް ލޮރީއަކަށް އަރުވަނީ
ހަބަރު
24 Nov 2024 | 20:54
ހަކުރު ލިބުމުގައި ރައްޔިތުންނަށް ދަތިކަމެއް ނާންނާނެ: އެސްޓީއޯ

ކާޑުގެ ބާވަތްތައް ބޭރުކުރުމުގައި އަވައްޓެރި އިންޑިއާއިން ރާއްޖެއަށް ދީފައިވާ ކޯޓާގައި އުސޫލުން ބޭރުން ލަންކާއަށް ހަކުރު އެތެރެކުރާ މައްސަލައެއް ފެންމަތިވެ، އިންޑިއާގެ ކަމާބެހޭ އިދާރާއިން އެކަން ބަލަމުންދިޔަ ނަމަވެސް ރާއްޖެއަށް ކާޑުގެ ބާވަތްތައް އެތެރެކުރުން ހުއްޓުމަކަށް އައިސްފައިނުވާކަމަށް އެސްޓިއޯއިން ބުނެފިއެވެ.

ރާއްޖެއަށް ކާޑުގެ ބާވަތްތައް އެތެރެކުރުމަށް ދީފައިވާ ކޯޓާއިން ލަންކާއަށް ހަކުރު ބޭރުކުރާ މައްސަލައެއް ފެންމަތިވެ، ކާޑުގެ ބާވަތްތަކުގެ ތެރެއިން އިންޑިއާއިން ރާއްޖެއަށް ހަކުރު ބޭރުކުރުން މަޑުޖެހިފައިވާކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ. އިންޑިއާގެ ބައެއް މީޑިއާތަކުން ބުނެފައިވަނީ، މި މައްސަލަ މިހާރު އިންޑިއާގެ ޑައިރެކްޓަރޭޓް ޖެނެރަލް އޮފް ފޮރިން ޑްރޭޑުގެ ސަމާލުކަމަށް އައިސް އެކަން ސީރިއަސް ކަމާއެކު ބަލަމުންދާކަމަށެވެ.

މިކަމާ ގުޅޭގޮތުން ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން އެސްޓިއޯގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ރާއްޖެއަށް ކާޑުގެ ބާވަތްތައް އެތެރެކުރުމަށް ދީފައިވާ ކޯޓާގައި އެހެން ގައުމަކަށް ކާޑު އެތެރެކުރަމުން އައި މައްސަލައެއް ފެންމަތިވެފައިވާކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ. ނަމަވެސް މިކަމުގެ ސަބަބުން އިންޑިއާއިން ކާޑު އެތެރެކުރުމަށް ދަތިނުވާކަމަށާއި، އަދި އެސްޓީއޯއަށް މެނޭޖް ނުކުރެވޭވަރަށް ރައްޔިތުންނަށް ކާޑު ލިބުމުގައި ދަތިއުނދަގޫކަން ތަހައްމަލުކުރަން ޖެހުނަ ނުދޭނޭކަމުގެ ޔަގީންކަން ދޭކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

މީގެ ކުރިން އިންޑިއާއިން ފިޔާ އެކްސްޕޯޓްކުރުން ހުއްޓާލިއިރުވެސް، އެސްޓީއޯއިން ވަނީ ރާއްޖެއަށް ފިޔާ އެތެރެކޮށް ރާއްޖޭގެ ބާޒާރުގައި އޭރު އޮތް ފިޔާ ލިބުމުގެ ދަތިކަމަށް ހައްލެއް ހޯދައިދީފައެވެ.

އިންޑިއާއިން ރާއްޖެއަށް ހަކުރު އެކްސްޕޯޓްކުރުމުގައި ދީފައިވާ 64,494 މެޓްރިކްޓަނުގެ ކޯޓާ އުސޫލުން ބޭރުން ބޭނުންކޮށް ލަންކާއަށް ހަކުރު އެތެރެކުރަމުންދާކަމުގެ މައްސަލަ ފެންމަތިވެފައިވާއިރު، މިކަމާ ގުޅޭގޮތުން އިންޑިއާގައި ހުންނަ ރާއްޖޭގެ އެމްބަސީއަކުން މިހާތަނަށް އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

އަވައްޓެރި އިންޑިއާއިން ދޭ ހާއްސަ ކޯޓާގެ ދަށުން ކާޑުގެ ބާވަތްތަކުގެ އިތުރުން ރާއްޖެއަށް ފިޔާ، ބިސް އަލުވި އަދި ހިލަ އާއި ހިލަވެލިވެސް އެތެރެކުރެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް