އަބްދުﷲ ޝާހިދު-- ފޮޓޯ: އެމްޑީޕީ
ހަބަރު
25 Nov 2024 | 10:34
އަމާޒަކީ 2026ގައި މުޅި ރާއްޖެ ލޯކަލް ކައުންސިލް އިންތިޚާބުގައި ރީނދޫކޮށްލުން: ޝާހިދު

އަމާޒަކީ 2026 ގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި މުޅި ރާއްޖެ ރީނދޫކޮށްލުންކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިފަދައިން ވިދާޅުވީ، ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިގޮތުން 2028 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޕްރިމަރީގައި ވާދަކުރައްވާނެތޯ ސުވާލުކުރުމުން ޝާހިދު ވިދާޅުވީ، މިއަދު މިއޮތް ސަރުކާރުގެ ހުދުމުތާރު ކަމާއި ރާއްޖެއަށް މި ސަރުކާރު ސަބަބުން ލިބެމުންދާ ގެއްލުންތަކުގެ ވާހަކަ މަޑުޖައްސާލާފައި، 2028 ގައި ކަމަކާއި ދިމާއަށް އަމާޒު ހިފައިފިނަމަ، ރާއްޖެއަށް ލިބޭ ގެއްލުން އިންތިހާއަށް ބޮޑު ކަމަށެވެ.

އެމްޑީޕީގެ ރައީސްގެ ހައިސިއްޔަތުން މުޅި ފޯކަސްއަކީ މި ސަރުކާރު ޖަވާބު ދާރީކުރުވުންކަން ފާހަގަކުރައްވާ ޝާހިދު ވިދާޅުވީ، 2026 ގައި ލޯކަލް ކައުންސިލް އިންތިޚާބު އޮންނައިރު، މިސްރާބު ހުންނާނީ 2026 ގައި މުޅި ރާއްޖެ ލޯކަލް ކައުންސިލް އިންތިޚާބުގައި ރީނދޫކޮށްލުންކަމަށެވެ.

"މިވަގުތަކީ އަޅުގަނޑުމެންގެ އެތެރޭގެ ދެހާސް އަށާވީސް އޮންނަ ކަމެއްގައި އަޅުގަނޑު ހަމަގައިމު ވެސް އެ ދިމާލަށް އަޅުގަނޑުގެ އަމާޒު ހިފައިގެން ކަމެއް ކުރާނެ ދަނޑިވަޅެއް ނޫން. އަޅުގަނޑުގެ މުޅި މިސްރާބު ހުންނާނީ ދެހާސް އަށްބީހުގައި މުޅި ރާއްޖެ ލޯކަލް ކައުންސިލް އިންތިޚާބުގައި ރީނދޫކޮށްލުން،"

ޝާހިދު ވިދާޅުވިއެވެ.

ރާއްޖޭގެ ލޯކަލް ކައުންސިލް އިންތިޚާބުން، ރައްޔިތުން މިއަދު އެދި އެދި ތިބި ޑިމޮކްރެޓިކް ނިޒާމު ރާއްޖެއަށް ގެނެސްދެވޭނެ ކަމުގެ އުންމީދު ރައްޔިތުންނަށް ލިބިގެންދާނެ ކަމަށްވާތީ 2028 ގައި އޮންނަ ކަމެއްގައި ހުންނަންވީތަން މިއަދު ނިންމަން ބޭނުންފުޅުނުވާކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، ޕާޓީގެ އަސާސީ ގަވާއިދު އޮތްގޮތުގެ މަތިން ޕްރައިމަރީއަށް އިޢުލާންކުރާ ހިސާބުން ޕްރައިމަރީގެ ވާހަކަ އަންނާނެކަމަށާއި، މީގެ ކުރިން ދެ އިންތިޚާބެއްވެސް ގެއްލުނުއިރު،  މާ ދުރުގަ އޮންނަ ކަމަކާ މަސްއޫލުވެގެން ގޮސް ޙަޤީޤަތުގައި އަޅަންވީ ފިޔަވަޅު އޮޅޭކަމަށެވެ.

"ސިޔާސީ ކަންތައްތަކުގައި ސައްވީސް ގަޑިއިރަކީ ވެސް ވަރަށް ދިގު މުއްދަތެއް. އަޅުގަނޑު މި ދަންނަވާ ހާ ވެސް ވާހަކައަކީ މި ވަގުތަކީ އަޅުގަނޑުމެން ޕާޓީގައި ހަމަގައިމު ވެސް އަޅުގަނޑު ދެހާސް އަށާވީސް ހުންނާނެ ތަން ނިންމުމަށް ވުރެ، ދެހާސް ސައްބީހުގައި އަޅުގަނޑުމެންގެ ރަށްރަށުގައި އަޅުގަނޑުމެންގެ އަތޮޅުތަކުގައި އަޅުގަނޑުމެންގެ ސިޓީތަކުގައި އެމްޑީޕީގެ ކާމިޔާބީ އޮންނާނީ ކިހާ ވަރެއްގައިތޯ، ކޮންގޮތަކަށް މަސައްކަތް ކޮށްގެންތޯ، އެ އަމާޒަށް މަސައްކަތް ކުރާ ދަނޑިވަޅެއް. މިހާރު އަޅުގަނޑުމެން އެހެން ދިމާލެއްގައި މާ ފަހުން އޮތް އިންތިޚާބު ގެ ވާހަކަ ދައްކަން ހަދައިގެން އަޅުގަނޑުމެންގެ އަމާޒު ކައްސާލައިގެން ގޮސް ލަނޑު ލިބޭތަން އެބަ ހުރި،"  

ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރުުންވެސް ޝާހިދު ވިދާޅުވީ، ކަން މިހެންވިޔަ ނުދިނުމަށްޓަކައި، އަމަލު ކުރައްވާނީ މިފަދައިން ކަމަށާއި، މިވަގުތު ފޯކަސް ހުރީ ޕާޓީގެ ކަންކަަމަށާއި، ރާއްޖެ ހަމަ މަގަކަށް އެޅުވުމަށް ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.