ނަޖީބުގެ މަރުގެ މައްސަލައިގެ މިއަދުގެ އަޑުއެހުމުގެ ތެރެއިން
ހަބަރު
25 Nov 2024 | 13:00
ބޮޑަށް ބެލެނީ ނަޖީބު މަރުވީ ކަރަށް ފިތި ބާރުވެ، ސިކުނޑިއަށް އޮކްސިޖަން ނުލިބުމުގެ ސަބަބުން ކަމަށް: ޑޮކްޓަރ

ޖޫން، 2012 ގައި ހަނާ އާއި އޭނާގެ އޭރުގެ ލޯބިވެރިޔާ މ. މަސްރޫރާ، އަހުމަދު މުއްރަތު ބައިވެރިވެގެން، މުއްރަތުގެ ގޭގައި ވަކީލް ނަޖީބް ރަހީނުކޮށް، އޭނާ އަތުން ފައިސާ އަތުލުމަށް ފަހު، ވަޅިން ހަމަލާދީ އޭނާ މަރައިލި މައްސަލައިގެ އަޑު އެހުމެއް މިއަދު ސްޕްރީމް ކޯޓުގައި ބާއްވައިފިއެވެ.

މި މައްސަލާގައި ދައުލަތުން ދައުވާ ކޮށްފައިވަނީ މ. މަސްރޫރާ އަހުމަދު މުއްރަތު އާއި އޭނާގެ ލޯބިވެރިޔާ ފާތިމަތު ހަނާގެ މައްޗަށެވެ.

އެގޮތުން، ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ސާބިތުވެ ހަނާ މެރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ 2012 ޖުލައި 19 ވަނަ ދުވަހު އެވެ. އެ ހުކުމަށް ހައިކޯޓުން ވެސް ވަނީ ތާއީދުކޮށްފައެވެ. އަދި އިސްތިއުނާފު މަރުހަލާގައި، ހައިކޯޓުގެ ހުކުމް އިސްތިއުނާފު ކޮށްފައި ނުވާތީ، އެ ހުކުމް ނިހާއީ ހުކުމެއްގެ ގޮތުގައި ކަނޑައެޅުމަށް ދައުލަތުގެ ފަރާތުންވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ.

މި މައްސަލާގައި ސުޕްރީމް ކޯޓުގެ މިއަދުގެ އަޑުއެހުމުގައި އޮތީ މި މައްސަލައާ ގުޅިގެން ފަނޑިޔާރުން ސާފުކުރައްވަން ބޭނުންވާ ކަންކަން ހުރުމުން، އެކަންކަން ސާފު ކުރެއްވުމަށް، ނަޖީބުގެ ހަށިގަނޑުގެ ބޭރުފުށުގެ އެގްޒެމިނޭޝަން ހެއްދެވި ޑޮކްޓަރު، ޑރ އަބްދުالله އަދްޞަރު ހާޒިރުކޮށް ސުވާލު ކުރެއްވުމެވެ.

އެގޮތުން، ހެކިބަސް ދެއްވަމުން ޑޮކްޓަރ ވިދާޅުވީ، ނަޖީބުގެ ހަށިގަނޑު ޑޮކްޓަރާއި ފެނުނީ ހޮސްޕިޓަލަށް ގެނެވުމަށް ފަހުގައި ކަމަށެވެ. އެހެން ކަމުން މަރުގެ ސަބަބު ކަނޑައަޅާފައުވަނީ، ހޮސްޕިޓަލަށް ގެނެވުނުއިރު، ބޭރުފުށުން ފެންނަން ހުރި ޢަލާމާތްތަކަށް ބަލާފައި ކަމަށް ވިދާޅުވިއެވެ.

ނަޖީބުގެ ކަރުގެ ވަށައިގެން ދެފަހަރަށް، ފޮޓީގެ ބާވަތަކުން، އެއްޗަކުން، އޮޅާލާފައި ބަނދެފައިހުރީ. ބަނދެފައިހުރިތަން ބާރުވީމަ، އޭގެ ނިޝާން ވެސް ހުރި ފާހަގަކުރެވެން. ދެން އިތުރަށް މޫނު މަތީގައި ޓޭޕް، އަޅުގަނޑުމެން މިކިޔާ އާދައިގެ ފޮށި ބަންދުކުރާ ޓޭޕްވެސް އޮޅާފައި ހުރިކަން ފާހަގަކުރެވޭ. އެހެންވީމާ އަޅުގަނޑުމެން، ލަފާކުރީ، ކަރުގައި އެއްޗެއް ބާރުކޮށް ބަނދެފައި ހުރުމުގެ ސަބަބުން، ސިކުނޑިއަށް ލޭ ދިޔުން ހުއްޓެނީ. ހުއްޓުމުގެ ސަބަބުން ސިކުނޑި މަރުވަނީ. އޭގެ އިތުރަށް ނޭވާ ހާސްވެގެންވެސް ދާނެ ކަރުގައި ބާރަށް އެއްޗެއް އޮޅައިގެން. އެހެންވީމާ ފުއްޕާމެއަށް ވައި ދިޔުމުގެ ބާރުވެސް ކެނޑިގެންދާނެ. އެހެންވީމާ އޭގެ ސަބަބުން، ސިކުނޑިއަށް އޮކްސިޖަން ނުދިޔުމުގެ ސަބަބުން އޭނާ މަރުވަނީ.

ޑރ އަބްދުالله އަދްޞަރު 

ނަޖީބު މަރުވިކަމަށް ބެލެވޭ ދެވަނަ ސަބަބެއް ކަމަށް ޑޮކްޓަރ ފާހަގަކުރެއްވީ، ހަށިގަނޑުގެ އެކި ތަންތަނަށް ވަޅިން ހަމަލާ ދިނުމުގެ ސަބަބުން، ހަށިގަނޑުން ގިނަ އަދަދެއްގެ ލޭ ބޭރުވެ، ލޭގެ ޕްރެޝަރ ދަށްވެ، ގުނަވަންތަކަށް އޮކްސިޖަން ނުލިބިި ދަށްވުމެވެ.

އެހެންނަމަވެސް، މައްޔިތާގެ ހަށިގަނޑު ޑޮކްޓަރުން ބަލާފައިވަނީ އެ ގާދިސާ ހިނގި ތަނުގައި ނޫން ކަމަށާ، އެ މަރުގެ މައްސަލާގައި ޕޯސްޓް މޯޓަމްވެސް ހަދާފައި ނުވާކަން ޑޮކްޓަރ ފާހަގަކުރެއްވިއެވެ. 

އެހެންވީމާ ބޭރުފުށުން ބަލާފައި، ޑޮކްޓަރެއްގެ ހައިސިއްޔަތުން އަޅުގަނޑުމެންނަށް ފެންނަން ހުރި ކަންކަމުން އެންމެ ބޮޑަށް ލަފާކުރެވެނީ (މަރުވީ) ސިކުނޑިއަށް އޮކްސިޖަން ބަންދު ވުމުގެ ސަބަބުންނޭ. 

ޑރ އަބްދުالله އަދްޞަރު

މީގެ އިތުރުން ސިކުނޑިއަށް އޮކްސިޖަން ނުލިބިމުގެ ސަބަބުން ސިކުނޑި މަރުވަން ދިމާވެދާނެ އެހެން ސަބަބެއް މި ކޭސްގައި ފާހަގަވެފައިވޭތޯ ފަނޑިޔާރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ޑޮކްޓަރ ވިދާޅުވީ، ނަޖީބު އަނގައިގެ ތެރެއަށްވެސް ލޭގެ އަސަރު ހުރި ފޮތި ގަނޑެއް ވައްދާފައި ހުރިކަން ފާހަގަވެފައިވާ ކަމަށެވެ. އަދި ނޭފަތް މަތީގެ މަޑު މަސް ގަނޑަށްވެސް އަނިވާވެފައިވާ ކަމަށެވެ. 

އެހެންނަމަވެސް ނޭފަތަށް ލިބުނު ގެއްލުމަކީ، ޑަސްބިނަކާ ދިމާއަށް ވާގޮތަށް ހަށިގަނޑު އޮތުމުން، އޭގެ ސަބަބުން، ލިބުނު އަނިޔާއެއް ކަމަށް ޕޮލިސް ރިޕޯޓާ ހަވާލާދީ ޑޮކްޓަރ ވިދާޅުވިއެވެ. 

މި އަޑުއެހުމުގައި ފަނޑިޔާރުން ސުވާލު ކުރެއްވުމަށްފަހު، ދެފަރާތަށްވެސް ވާހަކަ ދެއްކުމަށް އިތުރު ފުރުސަތެއް ދެއްވިއެވެ. އަދި އެއަށްފަހު އަޑުއެހުން ވަނީ ނިންމަވާލައްވާފައެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަނީ ފަނޑިޔާރު އައިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު ހުސްނުއްސުއޫދު، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް، އުއްތަމަފަނޑިޔާރު ޑރ މުއުތަސިމް އަދުނާން އަދި ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Jun 2026
ކަންކަންމަތީ ޕާާކުނުކުރެވޭ ގޮތް ހަދާ, ހަނިމަގުތަކުގެ ޕާކިންއަށް ބަދަލެއް ގެންނަނީ
ރައީސް ވިދާޅުވީ މަގުތަކަކީ ފަސޭހަ ތަންތަނަށް ހެދުމަށް ޕާކިން ޒޯންތައް އިތުރުކޮށް ޕާކުކުރެވޭނެ ހަރުދަނާ އުސޫލެއް އޮތުން މުހިންމު ކަމަށެވެ.
26 Jun 2026
ނާޖައިޒުކޮށް އެއްވެސް މީހަކަށް ފްލެޓެއް ނުދޭނަން، އެކަމުގެ ޔަގީންކަން ދެން: ރައީސް
"އިރާދަކުރެއްވިއްޔާ މި ސަރުކާރުން ދޭ އެއްވެސް ފްލެޓެއް އަދި އެއްވެސް ގޯޗެއް ނުދޭނަން އެފަދަ އެއްވެސް ނާޖައިޒު ކަމެއް ހިމެނޭ ގޮތަކަށް. އެކަމުގެ ފުރިހަމަ ޔަޤީންކަން ހުރިހާ ރައްޔިތުންނަށް ދެން," ރައީސް ވިދާޅުވި އެވެ.
25 Jun 2026
ށ.ފުނަދޫ އިސްރަށްވެހިންގެ ހިޔާވަހި މަޝްރޫޢުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
މި މަޝްރޫޢުގެ ދަށުން ގާއިމުކުރާ މި މަރުކަޒަކީ ދައުލަތުގެ ބެލުމުގެ ދަށަށް ނެގޭ ފަރާތްތަކަށް ބޭނުންވާ ޞިއްޙީ ފަރުވާއާއި އިޖުތިމާޢީ ޕްރޮގްރާމްތައް ހިންގޭނެ އިންތިޒާމުތަކުގެ އިތުރުން، މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކަކާއެކު 60 މީހުންގެ ޖާގައިގެ މަރުކަޒެކެވެ.
25 Jun 2026
"ލޭ އެޕް"އިން އިސްނަގައިގެން ނެރޭ ލަވަ މާދަން ރިލީސް ކުރަނީ
މި ލަވަ ނެރުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރު، ޓީވީއެއްގެ ”ހޭޔަންބޯ“ ޕްރޮގްރާމްގެ ތެރެއިންނެވެ.
25 Jun 2026
މާލެ އޭރިއާގެ 84 ފުލުހަކަށް ޝަރަފުގެ ނިޝާން
މި ރަސްމިއްޔާތުގައި، މާލެ އޭރިއާގައި މަސައްކަތްކުރާ ފުލުހުންގެ ތެރެއިން 84 ފުލުހަކަށް ޝަރަފުގެ ނިޝާން ލިބިފައިވެ އެވެ.
25 Jun 2026
ޖަޕާނުން ރާއްޖެއަށް ފޭޝަލް ރިކޮގްނިޝަން ސިސްޓަމެއް ހަދިޔާކޮށްފި
މިއީ ދިވެހިރާއްޖޭގެ ބޯޑަރު ބެލެހެއްޓުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް ޒަމާނީ ކުރުމަށްޓަކައި ހަދިޔާ ކުރި ސިސްޓަމެކެވެ.
25 Jun 2026
އެމްއެންޔޫގެ ޢަރަބި ބަހުގެ ކްރޭޝް ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު
އެމްއެންޔޫއިން ބުނީ މި ކޯހަކީ ޢަރަބި ބަހުގެ އަސާސްތައް ދަސްކޮށްދިނުމަށާއި، އެ ޔުނިވަރސިޓީން ކުރިއަށްގެންދާ ޢަރަބި ބަހުގެ އެކި ޕްރޮގްރާމްތަކަށް ވަނުމަށް ބޭނުންވާ ފަރާތްތަކަށް މަގުފަހިކޮށްދިނުމުގެ މަޤްޞަދުގައި ބާއްވާ ކޯހެއް ކަމަށެވެ.
25 Jun 2026
ޓޫރިޒަމް އޯފް ސީޒަނުގައި ބޭންކްތަކަށް އެމްއެމްއޭއިން ވިއްކާ ޑޮލަރު އިތުރުކުރަން ނިންމައިފި
ބޭންކުތަކަށް ބޭރު ފައިސާ އިތުރަށް ދޫކުރުމަށް ނިންމީ، ފަތުރުވެރިކަމުން ލިބޭ ބޭރު ފައިސާގެ މިންވަރު ދަށްވާ ދުވަސްވަރެއްގައި، ރާއްޖޭން ބޭރަށް ފޮނުވަންޖެހޭ ފައިސާގެ ޑިމާންޑް އެއްވަރެއްގައި ހުރުމުން ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ކަމަށް އެމްއެމްއޭއިން ބުންޏެވެ