ފޭސް ދޭއް ޓަވަރު 16 ކައިރީ އިމާރާތްކުރަމުންދާ މިސްކިތް
ހަބަރު
26 Nov 2024 | 08:00
ހިޔާ ޓަވަރު 16 ކައިރީ އަޅާ މިސްކިތް ރޯދަމަހަށް ނިމޭނެ: އިސްލާމިކް މިނިސްޓްރީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރަމުންދާ ދެ މިސްކިތުގެ ތެރެއިން ހިޔާ ޓަވަރު 16 ކައިރީ ބިނާކުރަމުންދާ މިސްކިތް, ކުރިއަށްއޮތް ރަމަޟާންމަހަށް ނިންމާލެވޭވަރުވާނޭކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

ފޭސް ދޭއްގައި ބިނާކުރަމުންދާ ދެ މިސްކިތާ ގުޅޭގޮތުން ވޮއިސްއާ މައުލޫމާތު ހިއްސާކުރަމުން އިސްލާމިކް މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވީ، ޓަވަރު 16 ސަރަހައްދުގައި އިމާރާތްކުރަމުންދާ މިސްކިތް ރަމަޟާންމަހަށް ނިންމާލެވޭނޭކަމުގެ ޔަގީންކަން މިސްކިތް އިމާރާތްކުރާ ފަރާތުން ޔަގީންކޮށްދީފައިވާ ކަމަށެވެ. އެ މިސްކިތަކީ 1،500 މީހުންނަށް ނަމާދުކުރެވޭ މިސްކިތެކެވެ.

އިސްލާމިކް މިނިސްޓްރީގެ ޓީމެއް ވަނީ އިއްޔެ ހުޅުމާލޭ ފޭސް ދޭކަށް ޒިޔާރަތްކޮށް މިހާރު ބިނާކުރެވެމުންދާ ދެ މިސްކިތުގެ މަސައްކަތްކުރާ ކޮންޓްރެކްޓަރާ ބައްދަލުކޮށް މަސައްކަތް ކުރިއަށްގޮސްފައިވާ ހިސާބު އޮޅުންފިލުވާފައެވެ.

އިސްލާމިކް މިނިސްޓްރީގެ އޮފިޝަލް ވިދާޅުވީ، ސަލާހުއްދީން ސްކޫލް ކައިރީހުރި މިސްކިތް ކުރިއަށްއޮތް ރަމަޟާންމަހަށް ނިންމާނުލެވުނު ނަމަވެސް, އަންނަ އަހަރުގެ ޖޫން ހިސާބުގައި އެ މިސްކިތުގެ މަސައްކަތް ނިންމާލެވޭނޭކަމަށް ކޮންޓްރެކްޓަރުގެ ފަރާތުން މައުލޫމާތު ދީފައިވާކަމަށެވެ.

އެސްޖޭއިން އިމާރާތްކުރަމުންދާ މިސްކިތް

މަސައްކަތް ނުނިމި ދިގުލައިގެން ގޮސްފައިވާ އެ މިސްކިތުގެ ކޮންޓްރެކްޓަރަކީ އެސްޖޭ ކޮންސްޓްރަކްޝަނެވެ. މީގެ ކުރިން އެ މިސްކިތުގެ މަސައްކަތް ލަސްވަމުންދާ މައްސަލާގައި އިސްލާމިކް މިނިސްޓްރީން މިދިޔަ އަހަރުގެ މާޗްމަހު ބުނެފައިވަނީ، މަސައްކަތް މަޑުޖެހުނީ ފައުންޑޭޝަން އެޅިފަހުން ބެންޗްމާކްތަކުގައި މައްސަލަތަކެއް ދިމާވެގެން ކަމަށެވެ. 

ސަލާހުއްދީން ސްކޫލް ކައިރީ އިމާރާތްކުރަމުންދާ މިސްކިތުގެ ކުރެހުމެއް

އެޗްޑީސީން މައުލޫމާތުދޭގޮތުގައި މި މިސްކިތަކީ ހުޅުމާލޭގައި ބިނާކުރެވިގެންދާނެ ތަފާތު މިސްކިތެއް ކަމަށެވެ. އެގޮތުން މި މިސްކިތް ފަރުމާކޮށްފައިވަނީ މިސްކިތައް އަރާ ފޭބުމުގައި ތޮއްޖެހުން ކުޑަވާނޭ ގޮތަށެވެ. މިސްކިތުގެ އެންމެ ހާއްސަ އެއްކަމަކީ، މިސްކިތް ފަރުމާކޮށްފައިވަނީ, ކޯޓްޔާޑް ސަރަހައްދުގައި މީހުންނަށް އިށިއިނދެވޭ ގޮތަށެވެ. 

ސަލާހުއްދީން ސްކޫލް ކައިރީ އިމާރާތްކުރަމުންދާ މިސްކިތުގެ ކުރެހުމެއް

މިސްކިތުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، 2022 ވަނަ އަހަރުގެ ޖެނުއަރީމަހުގެ ތެރޭގައެވެ. އެސްޖޭއިން އެ މިސްކިތް ނިންމާގޮތަށް އޮތީ އަހަރުދުވަހުގެ ތެރޭގައެވެ. މިސްކިތުގައި އެއްފަހަރާ 1،400 މީހުންނަށް ނަމާދުކުރެވޭއިރު، މިސްކިތުގެ ބޭރާއެކު އެއްފަހަރާ 3،000 މީހުންނަށް ނަމާދުކުރެވޭނޭކަމަށް އިސްލާމިކް މިނިސްޓްރީން އޭރު ވަނީ ބުނެފައެވެ.

 

ކޮމެންޓް
މާހިރު
މުޅިންވެސް އަމިއްލަ މީހުންގެ ހަރަދު ހަދާ ތަންތަނަށްގޮސް މެޑެލް ޖެހުން ކަޑައޭ
26 Nov 2024
ގުޅޭ ލިޔުންތައް
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ