ލައިފްސްޓައިލް
26 Nov 2024 | 07:09
އިއްޔެގައި ބާކީވި ރޮށި އުކާނުލައި، މިކަހަލަ މީރު އެއްޗެއް ހަދާލަމާ؟

އެއްދުވަސް ވެފައި ހުންނަ ރޮށި އަނެއް ދުވަހު ކެޔޮމަކީ ގިނަ މީހުން ކުރާ ހިތްވާ ކަމެއް ނޫނެވެ. ބައެއް ފަހަރު އެ ރޮށި މުރަނަ ކޮށްލި ނަމަވެސް ގިނަ ފަހަރު، އުކާލަނީއެވެ. އެހެން ކަމުން މިފަހަރު ވޮއިސް ގެ ބަދިގެއިން މި ގެނެސްދެނީ ބާކީ ވެފައި ހުންނަ ރޮށި އުކާލުމުގެ ބަދަލުގައި އެއިން މީރު ފޮނި އެއްޗެއް ތައްޔާރު ކޮށްލާނެ ގޮތުގެ ރެސިޕީއެވެ. 

ބޭނުންވާ ތަކެތި

5 ރޮށި

 1/2 1 ޖޯޑު ހަކުރު (ފޮނި މަޑުކުރަން ބޭނުން ނަމަ 1 ޖޯޑު)

2 ޖޯޑު ފުލްކްރީމް މިލްކް

ތެޔޮ

1/3 ޖޯޑު ކަނަމަދު (ކުށިކޮށް ކޮށާފައި ނުވަތަ އެހާ ހިމުން ނޫންކޮށް މުގުރާފައި)

ތައްޔާރު ކުރާނެ ގޮތް

1) ތެޔޮ ފޮދުގެ ތެރޭގައި ރޮށި ކޮޅު ތެލުލައި ކުޑަކޮށް މުރަނަ ކޮށްލާށެވެ. ދެން ރޮށި ކުދި ކުދި ކޮށްލުމަށްފަހު މިކްސަރުން މުގުރާލާށެވެ. 

2) ތެއްޔެއްގެ ތެރެއަށް ހަކުރު އެޅުމަށް މަޑު ގިނީގައި ހަކުރުކޮޅު ރަން މުށި ކުލަ އަރަންދެން ކެރަމަލައިޒް ކޮށްލާށެވެ.

3) ކެރަމަލައިޒް ވުމުން ކިރު ފޮދު އަޅާލައިގެން ރަނގަޅަށް ހަލުވަމުން ކައްކާލާށެވެ. 

4) ހަކުރާއި ކިރާއި ކެކި، އޮލަވާން ފެށުމުން އެއަށް މުގުރާފައި ހުރި ރޮށި އަޅާލައި އެކުލަވާލާށެވެ. އަދި ކޮށާފައިހުރި ހުރި ކަނަމަދުވެސް އަޅާލާށެވެ. ކިރުފޮދު ހިކެންދެން މަޑު ގިނީގައި ކައްކާލުމަށްފަހު އުނދުން ނިންވާލާށެވެ. 

5) ޓްރޭއެއްގައި ބޭކިންގ ޕޭޕަރ އެޅުމަށްފަހު، އޭގެ މަތީގައި ރޮށި މިކްސްޗަރ ރީތިކޮށް ފަތުރާލާށެވެ. އަދި މައްޗަށް ކަނަމަދު ކޮޅެއް އަޅާލުމަށްފަހު ޓޮފީ ގޮތަށް ކަފާލާފައި ހިހޫވަންދެން ބަހައްޓާށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް