ރޭގެ ޖަލްސާގައި ޔާމީން ވާހަކަ ދައްކަވަނީ: ފޮޓޯ/ ތޭރަ އޮންލައިން
ހަބަރު
26 Nov 2024 | 10:36
2025 ބަޖެޓްގައި ތަފްސީލެއް ނެތް؛ ދާއިރާގައި ހިނގާ މަޝްރޫއު މެމްބަރަށް ވެސް ނޭނގެ: ރައީސް ޔާމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅައި، މަޖިލީހުން ފާސްފައިވާ ބަޖެޓްގައި މަޝްރޫޢު ތަކުގެ މާބޮޑު ތަފްސީލެއް، ހިމަނާފައި ނުވާކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްޤައްޔޫމް ބަޖެޓަށް ފާޑުވިދާޅުވެއްޖެއެވެ. 

ޕީއެންއެފްއަށް އަހަރެއް ފުރުން ފާހަގަ ކުރުމަށް ރޭ އެ ޕާޓީގެ ޖަގަހައިގައި ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ، ސަރުކާރަށް ވީ އެއް އަހަރުގެ ތެރޭގައި ތަރައްގީގެ އެއްވެސް މަޝްރޫޢުއެއް ނުހިނގާ ކަމަށެވެ. އަދި 2025 ވަނަ އަހަރުގެ ބަޖެޓް ފާސްކޮށްފައިވަނީ، ދުނިޔޭގެ އެހެން ގައުމެއްގައި ވެސް އެކަން ނުކުރާ ގޮތަށް ކަމަށެވެ.

އެއްވެސް ދާއިރާއަކަށް ދަނީ މިޔަނި ބޮޑު މަޝްރޫޢު އެކޭ، ބުނާކަށް މިއަދަކު އެއްވެސް ދާއިރާއެއްގެ މެންބަރަކަށް އެނގިވަޑައި ނުގަންނަވާނެ. އެއްވެސް ރަށެއްގެ ރައްޔިތަކަށް، ކައުންސިލަކަށް، އަދި މަޖިލީހުގައި އެ ދާއިރާ ތަމްސީލު ކުރައްވާ މެމްބަރަށް ވެސް. ދެން އެވެސް، މި ބުނީ ރައީސުލްޖުމްހޫރިއްޔާ، ދާއިރާތަކަށް ގެންނަން ބޭނުންވާ ތަރައްގީ ބޮޑުކަމުންނޭ މިހެން މި ވީ. އެކަން ބޮޑުވާ ކަމަށް ވަންޏާ ބަޖެޓް ފޮތުގެ ޞަފްޙާތައް އިތުރުކޮށްލަން ރަނގަޅުވާނެ.

ރައީސް ޔާމީން

ޔާމީން އިތުރަށް ވިދާޅުވީ، މިދިޔަ 12 މަސް ދުވަހުގެ ތެރޭގައި ދައުލަތުން ހަރަދު ކުރި ގޮތް އެނގޭން ނެތް ކަމަށެވެ. އެގޮތުން އެއްވެސް މަޝްރޫޢުއެއް ހިންގާފައި ނުވާއިރު ދައުލަތަށް ލިބުނު ފައުސާއަށް ވީނުވީއެއް ނޭނގޭ ކަމަށް ވިދާޅުވުއެވެ. އަދި ފިނޭންސް މިނިސްޓްރީން މާލީ ހިސާބުތައް އާއްމު ނުކުރާތާ ހަ މަހަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށާ، ރައްޔިތުންނަށް ރައްޔިތުންގެ ފައިސާއަށް ވާނުވާ އެނގެންޖެހޭ ކަމަށް ވިދާޅުވިއެވެ. 

މީގެ އިތުރުން ރައީސް ޔާމީން ވަނީ، އީސީގެ ރައީސް އާއި ނާއިބު ރައީސްގެ އިތުރުން އޭސީސީގެ ރައީސް އާއި ނާއިބުވެސް އައްޔަނު ކުރައްވާ ފަރާތަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކަނޑައަޅައި ގާނޫނަށް ބަދަލު ގެންނަން ނިންމި ނިންމުމަށްވެސް ފާޑުވިދާޅުވެފައެވެ. 

އެގޮތުން ވިދާޅުވީ، އެފަދައިން ކަންކުރައްވަމުން އައީ މީގެ 30 އަހަރު ކުރިން ކަމަށާ، އަލުން އެގޮތަށް އިއާދަކުރުމަކީ ރާއްޖެ 30 އަހަރު ފަހަތަށް ދިޔުން ކަމަށެވެ. 

"މީގެ 30 އަހަރު ކުރިން، އޭރު ހުންނަވާ ރައީސަކު މި ތަންތަނަށް މީހުން އައްޔަން ކުރައްވާނީ. ޑިމޮކްރަސީގެ މަގުގައި އަޅުގަނޑުމެން ކުރި ދިގު ޖިހާދު، އަދި އިސްލާހީ މަގުގައި ވަކާލާތު ކުރެއްވި ބޭފުޅުން މިއަދު އެ ތިބީ މަންމަންވެ، އަތާފައި ގުޑުވާ ނުލެވިފައި،" ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވަނީ ތަކުރާރުކޮށް އޭސީސީ މިނިވަން ތަނެއްގެ ގޮތުގައި ހިންގުމަށް ފުރުސަތު ދެއްވުމަށް ގޮވާލައްވާފައެވެ.  

ކޮމެންޓް
އެހެނަސް
ބަރިޖް ނުމުނިއިރު އޭގަ ހުރީ ކިތައްލޭން ކަން ވެސް ނޭނގުނު އަދި 5 އަހަރުގެ ދައުރެއް ނިންމާލިއިރު އިންޑިޔާ ސިފައިންވެސް ފޮނުވާ ނުލެވުނު މިއީ ހަގީގަތަކީ
26 Nov 2024
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް