ޕާކިސްތާނުގައި ހިނގަމުންދާ މުޒާހަރާ-- ފޮޓޯ: އޭއެފްޕީ
ދުނިޔެ
26 Nov 2024 | 10:38
ޕާކިސްތާނުގައި މުޒާހަރާ ކުރާ މީހުން ފުލުހުންނާއި ކުރިމަތިލައި، ގިނަ ބަޔަކު ޒަހަމްވެއްޖެ

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު، އިމްރާން ޚާންގެ ސަޕޯޓަރުން ކުރަމުންދާ މުޒާހަރާގެ ތެރެއިން މުޒާހަރާގެ ބައިވެރިން ކުރިމަތިލުމުގެ ސަބަބުން ގިނަ ބަޔަކު ޒަހަމްވެއްޖެއެވެ.

 މިކަން ހިނގާފައިވަނީ ޕާކިސްތާނުގެ ވެރިރަށް، އިސްލާމާބާދުގެ ބޭރުގައި އިމްރާން ޚާނުގެ ތާއީދުކުރާ ފަރާތްތަކާއި ސަލާމަތީ ބާރުތަކާ ދެމެދު ހިނގި ގަދަބަދަވުމެއްގައެވެ.

މިގޮތުން އިސްލާމާބާދުގެ ބޭރުގައާއި ޕަންޖާބު ޕްރޮވިންސްގެ އެހެނިހެން ސަރަހައްދުތަކުގައި ހިނގަމުންދާ މި މުޒާހަރާގައި، އެއް ފުލުހަކު މަރުވެފައިވާއިރު، 119 ފުލުހުންނަށް އަނިޔާވެ، އަދި 22 ފުލުހުންގެ އުޅަނދު އަންދާލާފައިވާކަމަށް  ޕަންޖާބު ޕްރޮވިންސްގެ ފުލުސް އިސްވެރިޔާ އުސްމާން އަންވަރު ވިދާޅުވިއެވެ.

އިމްރާން ޚާންގެ ޕާޓީ، ޕީޓީއައި އިން ބުނެފައިވާ ގޮތުގައި މިހާތަނަށް އެ ޕާޓީގެ ގިނަ އަދަދެއްގެ މަސައްކަތްތެރިންނަށްވެސް މި އިހުތިޖާޖުގައި އަނިޔާވެފައިވެއެވެ.

މި އިހުތިޖާޖާއި ގުޅިގެން އެގައުމުގެ ސަރުކާރުން ވަނީ  އިސްލާމާބާދުވެސް ލޮކްޑައުނަކަށް ގެނެސްފައެވެ.

މިގޮތުން ސެކިއުރިޓީ ކަންބޮޑުވުންތައް ހުރި ސަރަހައްދުގައި މޮބައިލާއި އިންޓަނެޓްގެ ހިދުމަތްތައް ވެސް މެދުކަނޑާލާފައިވާއިރު، ހައިވޭތައް ވެސް ވަނީ މި އިހުތިޖާޖުގެ ކުރިއަށް ބަންދުކޮށްފައެވެ.

މިގޮތުން އެގައުމުގެ ސަރުކާރުން، އިސްލާމާބާދުގެ ބޮޑެތި މަގުތައް ޝިޕިން ކޮންޓެއިނަރުތަކާއި އެނޫންވެސް ފުލުހުންގެ ކޮންޓިޖެންޓްތައް ބޭނުންކޮށްގެން ބަންދުކޮށްފައިވާއިރު، އެ ގައުމުގެ މަޖިލިސް ކައިރީގައި އެގައުމުގެ ފުލުހުން އަންނަނީ ފޯރިމަރަމުންނެވެ.

އެއްވެސް ބާވަތެއްގެ އެއްވުމެއް ބޭއްވުން އެގައުމުގެ ފުލުހުން މަނާކޮށްފައިވާއިރު، އިމްރާން ޚާން ގެ ޕާޓީ، ޕީޓީއައިގެ ސަޕޯޓަރުން އަންނަނީ އިމްރާން ޚާން ހިމެނޭހެން އެ ޕާޓީގެ ލީޑަރުންނާއި ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ސަރުކާރު އިސްތިއުފާ ދިނުމަށް ގޮވާލަމުންނެވެ.


ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
ގޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަން ހުއްދަދިން ވެރިފަރާތް 10 އަހަރަށް ޖަލަށް
މާލޭގެ ގެއެއްގައި މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތީގެ ވިޔަފާރިކުރުމަށް ހުއްދަދީފައިވާ ކަމަށް ސާބިތުވެ، ގ. ޕެލިކަން ގޭގެ ވެރިފަރާތް 10 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ. މިއީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 127 ވަނަ މާއްދާގެ ދަށުން ދަޢުވާކޮށް، ކުށް ސާބިތުވި މި ބާވަތުގެ ފުރަތަމަ މައްސަލައެވެ.
10 Sep 2026
ހުޅުމާލެއިން 29 ފުޅި ބަނގުރަލާއެކު ދެ ބިދޭސީން ހައްޔަރުކޮށްފި
ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1 އިން ދެ ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
10 Sep 2026
އެލައިޑުން ޕީއެސް5 އެއް ލިބޭ ހާއްސަ ގިވްއަވޭއެއް ފަށައިފި
ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރަންސް ކުންފުނި، އެލައިޑް އިންޝުއަރަންސް އިން ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން، ޕްލޭސްޓޭޝަން 5 (ޕީއެސް5) އެއް ލިބޭ އަގުހުރި ގިވްއަވޭއެއް ފަށައިފިއެވެ.
10 Sep 2026
ޕާޓީ މޮޅުވެއްޖެނަމަ އެމެރިކާގެ ކޮންމެ މީހަކަށް 5،000 ޑޮލަރު ދޭނަން: ޓްރަމްޕް
ކުރިއަށް އޮތް މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީން ކޮންގްރެސްގެ އަޣުލަބިއްޔަތު ދަމަހައްޓައިފިނަމަ، އެމެރިކާގެ ކޮންމެ ބޮޑު މީހަކަށް 5،000 ޑޮލަރު ދޭނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ. ޓްރަމްޕް މިކަން އިޢުލާންކުރީ ބުދަ ދުވަހު ޑެލަސްގައި ބޭއްވި ރިޕަބްލިކަން ޕާޓީގެ ފުރަތަމަ މިޑްޓާމް ކޮންވެންޝަންގައެވެ.
10 Sep 2026
އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 ގައި ބާއްވަނީ
އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 އިން 3 އަށް ބޭއްވުމަށް ނިންމައިފިއެވެ.
10 Sep 2026
އުރުދުންގެ އަލްއަޒްރަޤް ވައިގެ މަރުކަޒަކީ ކޮބާ؟ އީރާނުން އެ ތަނަށް ހަމަލާދެނީ ކީއްވެ؟
ހޮރްމޫޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް އެމެރިކާ އާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ތެރޭގައި، އުރުދުންގައި ހުންނަ އަދި އެމެރިކާގެ ސިފައިންނާއި އަސްކަރީ ވަސީލަތްތައް ގާއިމުވެފައިވާ އަލްއަޒްރަޤް އެއާބޭސް އަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ އެމެރިކާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނެއެވެ.
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ