ޕީއެންސީގެ އެތެރޭގެ އިންތިޚާބު-- ފޮޓޯ: ވޮއިސް
ހަބަރު
26 Nov 2024 | 11:48
ޕީއެންސީގެ އެތެރޭގެ އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާންކޮށްފި

ވެރިކަން ކުރާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެތެރޭގެ އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާނުކޮށްފިއެވެ.

ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ނަތީޖާ އިއުލާނުކުރުމާއި ގުޅިގެން އެޕާޓީން ކުރި އިއުލާނެއްގައި ބުނީ، 2024 ނޮވެންބަރު 24 ގައި ބޭއްވި އެ ޕާތީގެ ދާއިރާތަކުގެ ވަގުތީ ނަތީޖާތައް އިއުލާނުކޮށްފައިވާކަމަށާއި، ވަގުތީ ނަތިޖާތައް އިއުލާނުކުރެވިފައިވަނީ ވޯޓުލާ މަރކަޒުތަކުގައި ވޮތް ގުނައި، އެ މަރުކަޒު ތަކުގައި އިއުލާނުކުރި ގޮތަށްކަން ކަށަވަރުވުމާއިއެކު އެގޮތަށް ކަމަށެވެ.

މި ނަތީޖާއާއި މެދު އެއްވެސް ޝަކުވާއެއް ވާނަމަ ޝަކުވާ ފޯމް މެދުވެރިކޮށް ހެކިތަކާއިއެކު ޝަކުވާ ހުށަހެޅުމަށް އެޕާޓީން ވަނީ އެދިފައެވެ.

މީގެ އިތުރުންވެސް ޕީއެންސީން ބުނީ، ވަގުތީ ނަތީޖާއަށްފަހު، މުޅި ރާއްޖޭގައި ބެހެއްޓި 143 ވޯޓް ފޮށީގެ ވޯޓު ކަރުދާސްތަކާއި، ނަތީޖާ ޝީޓުތަކުގެ އަސްލު، ޕާޓީގެ ރަސްމީ އޮފީހަށް ލިބުމުން، ހުށަހެޅިފައިވާ ޝަކުވާތަކަށް ރިއާޔަތްކުރުމަށްފަހު، ދާއިމީ ނަތީޖާ އިއުލާނު ކުރެވޭނެ ކަމަށެވެ.

ހަމައެއާއިއެކު،  ވޯޓުން ހޮވުނު މަގާމުތަކާއި ވޯޓަކާއި ނުލައި އިންތިޚާބުވި މަގާމުތައް އަދި މަގާމުގެ ހައިސިއްޔަތުން ކޮމިޓީގައި ހިމެނޭ މެންބަރުގެ މައްޗަށް އެކުލެވޭ ޕާޓީގެ ސްޓިއަރިން ކޮމިޓީތަކުން 72 ގަޑިއިރު ތެރޭގައި ވޯޓަކުން ކަނޑައަޅަންޖެހޭ އިތުރު މަގާމުތައް ކަނޑައެޅުމުގެ މަސައްކަތް ކުރިއަށްދާނީ ދާއިމީ ނަތީޖާ އިއުލާނުކުރުމަށްފަހު ޕާޓީ އިން ކަނޑައަޅާ އިންތިޒާމެއްގެ ތެރެއިން ކަމަށް ވެސް ޕީއެންސީން މައުލޫމާތުދެއެވެ.

ޖުމްލަ 667 ކެންޑިޑޭޓުން ވާދަކުރި ޕީއެންސީގެ އެތެރޭގެ އިންތިޚާބު ގެ ވޯޓުލުން ކުރިއަށްގެންދިޔައީ 4 ގަޑިއިރަށް ކުރިއަށްދިޔައިރު، އެ އިންތިޚާބުގައި 34،904 މީހަކަށް ވޯޓުދިނުމުގެ ހައްގުވަނީ ލިބިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެއްޖެ: ޓްރަމްޕް
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެ ގައުމުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީއާ ބައްދަލުކުރެއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
04 Jun 2026
ދިއްލީގެ ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 21 މީހަކު މަރުވެއްޖެ
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ބޭރު ގައުމުތަކަށް ނިސްބަތްވާ 12 މީހަކާއި އިންޑިއާގެ 9 މީހެކެވެ
04 Jun 2026
ބީއެމްއެލް އިން ނެރޭ ސުކޫކްގެ ބޭނުމަކީ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުން: ޒަމީރު
މާލީ ވަޒީރު ވިދާޅުވީ މިކަން ކުރުމަށް ސަރުކާރުން އިސްނެގުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން އިޤްތިޞާދު ކުރިއެރުވުމާއި، އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދިނުމުގެ އިތުރުން، މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުން ކަމަށް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.