ވަޒީރު ޠާރިގު--
ހަބަރު
26 Nov 2024 | 12:27
ކޮޕް-29 ގައި ކަނޑައެޅި 300 ބިލިޔަން ޑޮލަރަކީ އެކަށީގެންވާ އަދަދެއް ނޫން: ވަޒީރު ޠާރިގު

ކޮޕް-29 ސަމިޓްގައި މޫސުމަށް އަންނަ ބަދަލުތަކަށް ހޭދަ ކުރުމަށް ކަނޑައެޅި 300 ބިލިޔަން ޑޮލަރަކީ އެކަށީގެންވާ އަދަދެއްނޫން ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާބެހޭ ވަޒީރު ޠާރިގް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ބީބީސީ އަށް ދެއްވި އިންޓަވިއުއެއްގައި ވަޒީރު ޠާރިގު ވިދާޅުވީ، މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ޤައުމުތަކަށް އެހީގެ ގޮތުގައި ދިނުމަށް އެ ސަމިޓުގައި ފާސްކުރި 300 ބިލިޔަން ޑޮލަރަކީ އެކަށިގެންވާ އަދަދަކަށް ނުވިނަމަވެސް،  އެއަދަދު ފާސްކުރުމަށް ރާއްޖެއިން ތާއިދުކުރީ ޤައުމުތަކާއި އެކު އޮންނަ ގުޅުމަށް ބިނާކޮށްކަމަށެވެ.

ވަޒީރު ޠާރިގު ވިދާޅުވީ، ރާއްޖެއާއި އެނޫންވެސް ދުނިޔޭގެ ކުދި ޖަޒީރާ ގައުމުތަކުން މޫސުމީ ބަދަލުތަކާއި ދެކޮޅަށް މަސައްކަތްކުރުމުގައި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައިވާކަމަށެވެ. 

މީގެއިތުރުންވެސް ތިމާވެއްޓާއި ބެހޭ ދާއިރާގައި ރާއްޖެއިން ގިނަ މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާކަން ވަޒީރު ވިދާޅުވީ، ރާއްޖޭގައި ބޭނުން ކުރާ ހަކަތައިގެ 33 އިންސައްތަ އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ސިޔާސަތެއްކަމަށާއި، މިއީ ކުރިމަގުގެ ތަރައްޤީގެ މަސައްކަތްތަކަށް ބޭނުންވާ ހަކަތަ އުފެއްދުމަށް ކުރުން މުހިންމު ކަމަކަށްވާއިރު، މިކަމަށް މާލީ އެހީތެރިކަން ބޭނުންވާކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ސިޔާސަތެއް ރާއްޖޭގައި ބޭނުން ކުރާ ހަކައިތައިގެ ނިސްބަތް 33 އިންސައްތަ އިޔާދަ ކުރަނިވި ހަކަތައަށް ބަދަލުކުރުމަކީ. މިއީ އަޅުގަނޑުމެންނަށް އެކަނި ކުރެވޭނެ ކަމެއް ނޫން. މިކަމަށް މާލީ އެހީތެރިކަން އެބަބޭނުންވޭ. އެކަމަކު އަޅުގަނޑުމެންގެ ކުރިމަގުގެ ތަރައްޤީގެ މަސައްކަތްތަކަށް ބޭނުންވާ ހަކަތަ އުފެއްދުމަށް ކުރުން މުހިންމު ކަމެއް."

ވަޒީރު ޠާރިގު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް، ވަޒީރު ޠާރިގު ވިދާޅުވީ، މޫސުން ލަފާ ކުރަން ދަތިވާވަރަށް މޫސުމަށް ބަދަލުތައް އައިސްފައިވާކަމަށާއި، މިއަހަރަކީ ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ބޮޑަށް ވާރޭވެހުނު އަހަރުކަމަށެވެ. މިއާއިއެކު، ރާއްޖޭގެ ރަށްތައް ގިރުމާއި ފެން ލޮނުވުމުގެ މައްސަލަތަކަށް ބޭރުގެ މާލީ އެހީތެރިކަން ބޭނުންވާކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

2035 ވަނަ އަހަރު އަންނަ އިރު، އަހަރެއްގެ މައްޗަށް 1.3 ޓްރިލިޔަން ޑޮލަރު ބޭނުންވާކަން ފާހަގަކުރައްވަމުން ވަޒީރު ޠާރިގު ވިދާޅުވީ، 300 ބިލިޔަން ޑޮލަރަކީ ލޯނު އެހީގެ ބަދަލުގައި ހިލޭ އެހީގެ ގޮތުގައި ބޭނުންވާ އަދަދެއްކަމަށެވެ.

ބޮޑެތި ޤައުމުތަކުން މިފަދަ ކަންކަމަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން ފަސްޖެހޭކަމަށާއި، އެފަދަ ޤައުމުތަކަކީ އެންމެ ބޮޑަށް ތިމާވެށްޓަށް ގެއްލުންވާ މާއްދާތައް ދޫކުރާ ޤައުމުތައްކަމަށް ވަޒީރު ޠާރިގު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.