މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް، އެސްއޯއީ ކޮމިޓީގައި އެމްއޭސީއެލްގެ ވެރިން..
ހަބަރު
26 Nov 2024 | 16:56
ހަނިމާދޫ އެއާޕޯޓުގައި ސީޕްލޭން ހިދުމަތް ވީހާވެސް އަވަހަކަށް ފެށުމަށް މިދަނީ ތައްޔާރުވަމުން: އެމްއޭސީއެލް

ހދ.ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓުން ފައިދާ ނެރުމަށް އެތަނުގައި ސީޕްލޭންގެ ހިދުމަތް ފެށުން ވަރަށްމުހިއްމުކަމަށް އެމްއޭސީއެލުން ބުނެފިއެވެ.

މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް، އެސްއޯއީ ކޮމިޓީގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުޖުތަބާ ލަތީފު ވިދާޅުވީ، ހަނިމާދޫ އެއާޕޯޓްގެ އޮޕަރޭޝަން ފަށައި އެ އޮޕަރޭޝަނުން އެންމެރަނގަޅު މަންފާއެއް ނެރުމަށް އެ އެއާޕޯޓްގައި ސީ ޕްލޭންގެ ހިދުމަތް ފެށުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އެމްއޭސީއެލުން މަސައްކަތްކުރަމުން ދަނީ ހަނިމާދޫ އެއާޕޯޓްގެ މުޅި މަޝްރޫޢު ނިމެންވާއިރަށް އެތަނުގައި ސީޕްލޭންގެ ހިދުމަތް ފަށަންކަމަށް މުޖުތަބާ ވިދާޅުވިއެވެ.

މިހާރު އޮތްގޮތުން އަންނަ ފެބުރުއަރީމަހު އެއާޕޯޓްގެ މަސައްކަތް ނިމޭއިރު، ސީޕްލޭން ޓާމިނަލެއް ނުހެދުނު ނަމަވެސް ކުޑަ ޓާމިނަލެއް ހަދައިގެން ނަމަވެސް އެމްއޭސީއެލްގެ ވިސްނުމަކީ ސީޕްލޭންގެ ހިދުމަތް ފެށުންކަމަމަށް މުޖުތަބާ ފާހަގަކުރެެއްވިއެވެ.

ހަނިމާދޫ އެއާޕޯޓް ތަރައްޤީވެގެންދާނެ ގޮތުގެ ކުރެހުމެއް

މުޖުތަބާ ވިދާޅުވީ ހަނިމާދޫ އެއާޕޯޓަކީ ފައިދާ ނެރެވޭނޭ އެއާޕޯޓެއްކަމަށާއި ހަނިމާދޫ އެއާޕޯޓްގެ އޮޕަރޭޝަނުން ފައިދާ ނެރެވޭނޭ ޕްލޭނެއް އެމްއޭސީއެލްގެ އެބައޮތް ކަމަށެވެ. 

ހަނިމާދޫ އެއާޕޯޓަކީ ފައިދާކުރާ ފައިދާ ލިބޭނޭ އެއާޕޯޓަކަށް ހެދުމުގެ ޔަގީންކަން އަޅުގަނޑުމެނަށް އެބައޮތް. ހަގީގަތުގައި ރާއްޖޭގައި އިންޓަރނޭޝަނަލް އެއާޕޯޓެއް ފީޒިބަލްވާނީ ކައިރީގައި ހުރި އެނދުތަކަކަށް އެކްސެސްވެގެން. 180 ނކިލޯމީޓަރުގެ ރޭޑިއަސްގައި ހަނިމާދޫއަށް ޖައްސާ މަތިންދާބޯޓުތަކުން އަންނަ ފަސެންޖަރުންނަށް ކައިރީގައި ހުންނަ ރިސޯތްތަކަށް ދެވެންޏާމު ހަނިމާދޫ ފީޒިބަލްވާނެ

މުޖުތަބާ ވިދާޅުވިއެވެ

ސަރުކާރުން ވަނީ ރީޖަނަލް އެއާޕޯޓްސް އެމްއޭސީއެލްގެ ދަށަށް ގެނައުމަށް ނިންމާފައެވެ. އެ މަސައްކަތް މިހާރު ކުރެވެމުންދާއިރު، ކުރިއަށްމިއޮތް ދުވަސްތަކުގެ ތެރޭގައި ހިއްސާ ބަދަލުކުރުމުގެ ކަންކަން ނިމިގެންދާނޭކަމަށް އެމްއޭސީއެލުްނ ބުނެއެވެ. ހަނިމާދޫ އެއާޕޯޓަކީ ވީއައިއޭ ފިޔަވައި ވިޔަފާރިއަށް ބަލާއިރު އެންމެ ރަނގަޅު ނަފާއެއް ނެރެވޭނޭ އެއާޕޯޓްކަމަށް އެމްއޭސީއެލުން ދެކެއެވެ.

ހަނިމާދޫ އެއާޕޯޜް މަޝްރޫއު ނިމުމުން އެއާބަސް އޭ320 އާއި ބޮއިން737 މަރުކާގެ ބޯޓުފަހަރަށް އެ އެއާޕޯޓުން ހިދުމަތް ދެވި، ރާއްޖޭގެ ފަތުރުވެރިކަން މިހާރަށްވުރެ ތަރައްގީ ވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ. ހަނިމާދޫ އެއާޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން އެ އެއާޕޯޓްގައި ތަރައްގީ ކުރި 2،460 މީޓަރުގެ އައު ރަންވޭގެ މަސައްކަތް ވަނީ ނިމިފައެވެ. ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު ނިމުމުން އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް އެ އެއާޕޯޓުން ހިދުމަތްދެވޭނޭކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
ތިލަފުށިން ރީކޯ މޫސަގެ ހެވީލޯޑަށް ދީފަ އޮތް ބިން އެޗްޑީސީއާ ހަވާލުކުރަން އަންގައިފި
އެޗްޑީސީން ވަނީ ބިމު ކުއްޔާއި ދައްކަންޖެހޭ ޖޫރިމަނާ ފައިސާ ދައްކަމުން ނުދާތީވެ އެ ފައިސާވެސް ހޯދުމަށް އެދިފައެވެ.