4،000 ހައުސިން ޔުނިޓް ހިމެނޭ ޓަވަރު..
ހަބަރު
26 Nov 2024 | 19:24
ފްލެޓް ލިސްޓުގެ ރީ އިވެލުއޭޝަން މަސައްކަތްތަކަށް ނުފޫޒެއް ނުފޯރުވޭނެ: ހައުސިން

"ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓް އާއްމުކުރުމަށްޓަކައި، އެ ލިސްޓްގެ ސައްހަކަން ކަށަވަރުކުރަން ކުރަމުންގެންދާ މަސައްކަތްތަކަށް އެއްވެސް ފަރާތަކުން ނުފޫޒު ނުފޯރުވޭނޭކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

ފްލެޓް ލިސްޓަށް މަޖިލިސް މެމްބަރުންނާއި އެނޫންވެސް ސަރުކާރާ ގުޅުން އޮންނަ ފަރާތްތަކުން ނުފޫޒު ފޯރުވަމުންދާކަމަށް މީސްމީޑިއާގައި ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ، ފްލެޓް ލިސްޓުގެ ރީ އިވެލުއޭޝަން މަސައްކަތްތަކަށް ނުފޫޒެއް ނުފޯރުވާކަމަށް ދެކެވެމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގުވާހަކަތަކެއް ކަމަށެވެ. އެ ވުޒާރާއިން ބުނީ، ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދޭގޮތަށް ބައެއް ފަރާތްތަކުން ދޮގު ހަބަރުތައް ފަތުރަމުންދާކަމަށާއި، ސްކީމަށް އެއްވެސް ފަރާތެއްގެ ނުފޫޒެއް ނުފޯރުވޭނޭކަމުގެ ޔަގީންކަން ރައްޔިތުންނަށް ދޭކަމަށެވެ. އަދި ފްލެޓްތައް ލިބިގެންދާނީ އެންމެ ހައްގުވެރި ފަރާތްތަކަށްކަންވެސް ރައްޔިތުންނަށް ޔަގީންކަން އަރުވާކަމަށެވެ.

ހައުސިން މިނިސްޓްރީން ބުނީ މިކަމަކީ ގިނަ އަދަދެއްގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ އުއްމީދުތަކާ ގުޅިފައިވާ ވަރށް ހައްސާސް މައްސަލައެއްކަމަށް ވާތީވެ، ވުޒާރާގެ ރަސްމީބަހެއް ހޯދުމެއްނެތި ސިޔާސީ ބޭނުމަށް ހަގީގަތާ ހިލާފް ހަބަރުތައް ނުފެތުރުމަށް އިލްތިމާސްކުރާ ކަމަށެވެ.

ގެދޮރުވެރިކަމާ ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން މިހިނގާ ނޮވެމްބަރުމަހުގެ 16 ވަނަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، ގެދޮރުވެރިޔާ ސްކީމްގެ 4،000 ފްލެޓް ދާއިމީ ލިސްޓް އެކުލަވާލުމުގައި ކޮރަޕްޝަނަށް މަގުފަހިކާ ކަންކަން ހުރިކަމަށް އާއްމު ފަރާތްތަކަކުން ތުހުމަތުކޮށްފައިވާތީވެ، އެ ލިސްޓް މުރާޖައާކުރުމަށް އަދިވެސް ވަގުތު ބޭނުންވާކަމަށެވެ.
ގެދޮރުވެރިޔާ ފްލެޓް ލިސްޓްގައި ބޮޑެތި މައްސަލަތަކެއް ހުރިކަމަށް ސަރުކާރުން ބުނާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ، ކުރީ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމްގެ ދަށުން 4000 ފްލެޓް ލިބޭ މީހުންގެ ލިސްޓް، ކުރީ ސަރުކާރުން އާންމުކުުރި އިރު، ހަމައެކަނި އައިޑީކާޑެއް ހުށަހަޅައިގެން ފުލެޓް ލިބުނު މީހުންވެސް ހުރި ކަމަށް ވިދާޅުވެފައެވެ.

ސަރުކާރަށް އަހަރު ފުރުން ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ރައީސް މުޢިއްޒު ވަނީ، މިހާތަނަށް ބެލިބެލުމުން ފުލެޓް ދިނުމުގައި ފާހަގަކުރެވިފައި ހުރި އުސޫލާއި ހިލާފު ބައެއް ކަންކަމުގެ ތަފްސީލު ދެއްވާފައެވެ.

އެގޮތުން ވިދާޅުވީ ކުރީ ސަރުކާރުން އެކުލަވާލި ގެދޮރުވެރިޔާ ކޮމިޓީގައި ހިމެނޭ ސިޔާސީ ފަރާތްތަކަށް ލިބޭ ގޮތަށް މާކްސް ބަދަލުކޮށްފައިވާކަމަށާ، އުސޫލާ ހިލާފަށް ކުރީ ސަރުކާރުގެ ސިޔާސީ ވެރީންގެ އާއިލަތަކަށް ފްލެޓް ދީފައިވާ ކަމަށެވެ.

ކޮމެންޓް
ޢިލެކް
ކާކު ގަބޫލުކުރާނީ ތިވާހަކަ މިއީ ދިވެހި ރާއްޖެ
02 Dec 2024
ގުޅޭ ލިޔުންތައް
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ