ވަޒީރު ފައިޞަލް--
ހަބަރު
28 Nov 2024 | 12:40
އެންމެ ލަސްވެގެން ޑިސެމްބަރު މަހުގެ 25 އަށް 2 މިލިޔަން ފަތުރުވެރިން ހަމަކުރެވޭނެ: ވަޒީރު ފައިޞަލް

އެންމެ ލަސްވެގެން ޑިސެމްބަރު މަހުގެ 25 އަށް 2 މިލިޔަން ފަތުރުވެރިންގެ އަމާޒު ހާސިލްވާނެކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހީމް ފައިޞަލް ވިދާޅުވެއްޖެއެވެ.

ވަޒީރު ފައިޞަލް މިފަދައިން ވިދާޅުވީ، ވޯލްޑްސް ލީޑިންގ ޑެސްޓިނޭޝަން އެވޯޑް ޖެހިޖެހިގެން 5 ވަނަ ފަހަރު ރާއްޖެއަށް ލިބުމާއި ގުޅިގެން އެކަން ފާހަގަކުރުމަށް ބޭއްވި ހަފްލާގައި ނޫސްވެރިންނަށް މައުލޫމާތުދެއްވަމުންނެވެ. 

މިގޮތުން ވަޒީރު ވިދާޅުވީ، ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ  ތަފާސްހިސާބުތައް ދައްކާގޮތުން އަދި މިހާރު އެރައިވަލްސް ހުރި ވަރަށް ބަލާއިރު، އެންމެ ލަސްވެގެން މިއަހަރުގެ ޑިސެމްބަރު މަހުގެ 25 ގައި 2 މިލިއަން ފަތުރުވެރިން ގެނައުމަށް ސަރުކާރުން ހިފާފައިވާ އަމާޒު ހާސިލްވާނެ ކަމަށެވެ.

ކުރިއަށްއޮތް ދުވަސްތައް ފެށުމުން ޑެއިލީ އެވްރެޖް ވަރަށް ބޮޑަށް އިތުރުވެގެންދާނެކަމަށް ގަބޫލުކުރެއްވޭ ކަމަށާއި، މިއާއިއެކު، އެއަށްވުރެ އަވަސްވުމަކީވެސް އެކަށީގެންވާ ކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

"ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން އަދި މިހާރު އެރައިވަލްސް ހުރި ވަރަށް ބަލާއިރު އަޅުގަނޑުމެންނަށް ޑިސެމްބަރު މަހުގެ 25 އެންމެ ލަސްވެގެން 2 މިލިޔަން ހަމަކުރެވޭނެކަމަށް. އެކަމަކު އަޅުގަނޑަށް ގަބޫލުކުރެވެނީ ކުރިއަށްއޮތް ދުވަސްތައް ފެށުމުން ޑެއިލީ އެވްރެޖް ވަރަށް ބޮޑަށް އިތުރުވެގެންދާނެކަމަށް. އެހެންވީމަ އެއަށްވުރެ އަވަސްވުމަކީވެސް އެކަށީގެންވާ ކަމެއް."

ވަޒީރު ފައިޞަލް ވިދާޅުވިއެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން އާންމުކުރާ ފަތުރުވެރިކަމުގެ ޑެއިލީ އަޕްޑޭޓްތަކުން ދައްކާގޮތުގައި، މިމަހުގެ 24 ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް 1,803,823 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު 9.2 އިންސައްތަ އިތުރު އަދަދެކެވެ.

ކޮމެންޓް
އަލީ
މީނައާއި މީނާގެ ބައްޕަގެ މަސައްކަތުން ރާއްޖެ ހާދަވަރަކަށް ކުރިއަށް ޖައްސާލައިފިޔޭ. މީގެ ކުރިން ރާއްޖެއައި ހުރިހާ ޓޫރިސްޓުން ވެސް ގެނައީ މިމީހުން ކަމަށް ދުވަސްކޮޅަކުން ބުނާނެ.
28 Nov 2024
ޤައްދާމް
ދެން އެހެންވީމާ ކުރީ ސަރުކާރާއި ހެދީ ޑޮލަރު އަގު ބޮޑުކުރަން ވީނު. ތީ ކުރީަސރުކާރޢި ހެދި ވީކަމެއް. ޙެހެ
28 Nov 2024
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ