ބައިނަލްއަޤްވާމީ ޒަކާތު ކޮންފަރެންސް ފެށުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި ޝަހީމް ވާހަކަދައްކަވަނީ: ފޮޓޯ/ އިސްލާމިކް މިނިސްޓްރީ
ހަބަރު
28 Nov 2024 | 13:47
ޒަކާތުގެ ނިޒާމް އިތުރަށް ހަރުދަނާ ކުރެވިގެންދާނީ އެކަމަށް ގާނޫނެއް އައިސްގެން: ޑރ. ޝަހީމް

ދިވެހިރާއްޖޭގައި ޒަކާތުގެ ނިޒާމް އިތުރަށް ހަރުދަނާ ކުރެވިގެންދާނީ އެކަމަށް ޚާއްސަ ގާނޫނެއް އައިސްގެން ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ބައިނަލްއަޤްވާމީ ޒަކާތު ކޮންފަރެންސް ފެށުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ވަޒީރު ވިދާޅުވީ، ޒަކާތުގެ ކަންކަން ހަރުދަނާކޮށް ކުރިއެރުވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ދަށުން ޒަކާތަށް ހާއްސަ އިދާރާއެއް އުފައްދަވާ އިސްލާމީ ފިޤުހުގެ އަލީގައި މުއައްސަސާ ކުރިއެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ އެއްބާރުލެއްވުމަކީ ރާއްޖޭގެ ވެރިއެއްގެ ފަރާތުން މިފަދަ ކަމަކަށް ދެއްވާނެ އެންމެ ފުރިހަމަ އެއްބާރުލެއްވުންކަމަށާއި، އެކަމަށްޓަކައި އެމަނިކުފާނަށް ޝުކުރު އަދާ ކުރައްވާކަަމަށެވެ.

ވަޒީރުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ކުރިއާއި އަޅާކިޔާއިރު ޒަކާތަށް ބޮޑެތި ކުރިއެރުންތަކެއް އައިސްފައިވާކަމަށާއި، އަހަރެެއްގެ ތެރޭގައި ޒަކާތަށް ޖަމާވާ އަދަދު 100 މިލިއަނާއި ގާތްކުރާ ވަރަށް ކުރިއަށް ގޮސްފައިވާކަމުން އެނގިގެން ދަނީ ޒަކާތަށް އާއްމުންގެ ހޭލުންތެރިކަން އިތުރުވަމުންދާ މިންވަރުކަމަށެވެ.

އަދި ދިވެހިރާއްޖޭގެ ޒަކާތު ހައުސް އުފެއްދެވި ފަހުން ޒަކާތަށް ހޭލުންތެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާކަމަށާއި މި ކޮންފަރެންސްއަކީވެސް އެފަދަ މުހިއްމު މަސައްކަތެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ރާއްޖޭގައި ޒަކާތުގެ ނިޒާމް އިތުރަށް ހަރުދަނާ ވެގެންދާނީ، ގާނޫނެއް މިކަމަށް އައިސްގެން. ހަމައެކަނި ޒަކާތު ހައުސް އެއް އުފައްދައިގެން މީގައި އެންމެ ފުރިހަމަ މިނަށް މިކަން ނުގެންދެވޭނެ. އެކަމަކު ޒަކާތު ހައުސް އަކީ ޝައްކެއްވެސް ނެތް ގޮތުގައި މީގެ އެންމެ މުހިންމު މަރުހަލާ. އެހެންކަމުން، ޒަކާތުގެ ފައިސާ މެނޭޖު ކުރާނެ ގޮތާއި، ހިންގާނެ ގޮތާއި،  ބަހާނެ ގޮތް ކަނޑައަޅައި އަދި އިންވެސްޓް ކުރެވޭނެ ގޮތެއްވެސް ކަނޑައަޅައި މިކަން ކަމުގެ މައްޗަށް ޝަރުއީ ހަމަތަކުގެ މަތީން ހަރުދަނާ ގާނޫނީ ނިޒާމެއް ގާއިމް ކުރެވެން ޖެހޭ ކަމަށް އަޅުގަނޑަށް ފެންނަނީ

ވަޒީރު ޑރ. ޝަހީމް

އެފަދަ ގާނޫނެއް އެކުލަވައި ލެވުމުން ރާއްޖޭގައި ޒަކާތުގެ ރުކުން ވަރުގަދަކޮށް ދެމި އޮންނާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.  

މީގެ އިތުރުން ވަޒީރު ވަނީ، މިއަދުގެ ކޮންފަރެންސްގެ ޒަރިއްޔާއިން ޒަކާތާއި ގުޅޭ ޢިލްމީ މުހިއްމު ވާހަކަތަކެއް ދެކެވި، މުހިއްމު ކަންކަމާއިމެދު މަޝްވަރާ ކުރެވި ޚިޔާލު ބަދަލުކުރެވިގެންދާނެކަމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވެފައެވެ.

އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސް 2024 (އިންޒެކް 2024) އަކީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި ޤާއިމުކުރެވިފައިވާ ޒަކާތުގެ ނިޒާމެއް ކުރިއެރުވުމުގެ މަގުސަދުގައި ބާއްވާ ކޮންފަރެންސެކެވެ. މި ކޮންފަރެންސްގައި ޢިލްމުވެރިންނާއި، މި މަސައްކަތުގައި އުޅޭ މީހުންނާއި ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކާއި، މުޖުތަމަޢުގެ އިސްވެރީން ގުޅިގެން، އިޖްތިމާޢީ ދުޅަހެޔޮކަމާއި އިޤްތިޞާދީ ހަމަޖެހުމަށް ޓަކައި މުހިންމު ވަސީލަތެއްގެ ގޮތުގައި ޒަކާތުގެ ހިންގުން ހަރުދަނާކޮށް، ހަރުދަނާކަން އިތުރުކުރެވޭނެ އިސްތިރާޖުތައް ދެނެގަތުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Aug 2026
މުއައްޒަފަކާ ގުޅުވައިގެން ދައްކަމުންގެންދާ ވާހަކަތަކުގައި ހަގީގަތެއްނެތް: ހުޅުމާލެ ހޮސްޕިޓަލް
އެކަށިގެންވާ، ގޮތުގައި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، ދަތިތަކާ ކުރިމަތިވެގެން ދިޔަ ނުދިނުމަށް ކަށަވަރުނުވާ "ހަގީގަތާ ޚިލާފު މަޢުޫމާތުތައް ނުފެތުރުމަށް އެދޭކަމަށް ހުޅުމާލެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ
09 Aug 2026
ގެއްލުނު ތިން މީހުން ހޯދުމަށް ކަނޑުމަގުން އެކަނިވެސް 1370.10 އަކަ ނޯޓިކަލް މޭލު ބަލައިފި
މި އޮޕަރޭޝަނުގައި އެންމެބޮޑު ސަރަހައްދެއް ބަލާފައިވަނީ ވައިގެމަގުންނެވެ. ގެއްލުނު މީހުންގެ ހަބަރެއް އަދިވެސް ނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ
08 Aug 2026
ކެނދިކުޅުދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކް ހުޅުވައިފި
08 Aug 2026
ލިއޮނެލް މެސީގެ ބައްޕަ، ޖޯޖް މެސީ މަރުވެއްޖެ
އުމުރުން 68 އަހަރުގައި ޖޯޖް ނިޔާވީ އޭނާ އުފަން ރަށް ކަމަށްވާ އާޖެންޓީނާގެ ރޮސާރިއޯގެ ހޮސްޕިޓަލެއްގައެވެ
08 Aug 2026
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް މިއަދު ފެށުމާއެކު އެ އަތޮޅުގެ ދެ ރަށަކުން މިހާރު ޕާސްޕޯޓްގެ ހިދުމަތް ލިބޭނެއެވެ. މީގެ ކުރިން ވެރިކަންކުރާރަށް ތިނަދޫގައި ވަނީ ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށާފައެވެ.
08 Aug 2026
އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށައިފި
"މަދިރިން ރައްކާ" ކެމްޕޭނުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު މިއަދު ވަނީ ސާފްކުރުމުގެ މަސައްކަތް ފަށާފައި
08 Aug 2026
ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި
މި ރޭހަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި އިދާރާތަކާއި ޖަމްޢިއްޔާތަކަށް ހުޅުވައިލައިގެން ބޭއްވި ހަރަކާތެކެވެ
08 Aug 2026
ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ފީފާގެ ރައީސް އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލައިފި
ދަ ގާޑިއަން އާ ވާހަކަދައްކަވަމުން ކްލެވެނެސް ވިދާޅުވީ، އިންފެންޓީނޯއާ މެދު އެ ފެޑެރޭޝަނުގެ އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ