ކުދިންތަކެއް ރަށެއްގެ އަތިރިމަތީގައި-- ފޮޓޯ: ވޮއިސް
ހަބަރު
28 Nov 2024 | 15:15
ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނާނެހެން މައުލޫމާތު އާއްމުކުރާނަމަ، ފިޔަވަޅު އަޅަނީ

ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނާނެހެން މައުލޫމާތު އާއްމުކުރާނަމަ ފިޔަވަޅު އެޅޭނެ ކަމަށް ޗިލްޑްރެންސް އޮމްބަޑްސްޕާސަން އޮފީސް އިން ބުނެފިއެވެ.

ޗިލްޑްރެންސް އޮމްބަޑްސްޕާސަން އޮފީސްއިން މިފަދައިން ބުނީ، ބައެއް މީޑިއާ ވަސީލަތްތަކުގައި ކުޑަކުދިންގެ މައުލޫމާތު އާއްމުކުރާއިރު، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު ގައި ބަޔާންކޮށްފައިވާ މިންވަރާ ހިލާފަށް ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ، މީޑިޔާތަކާއި އެ ނޫންވެސް އެހެނިހެން މީޑިޔާގެ ވަސީލަތްތައް ނުވަތަ މަންސަތަކުގައި ކުއްޖާގެ ކަރާމަތަށް އުނިކަން އަންނާނެ ފަދަ މައުލޫމާތާއި ތަސްވީރުތައް އާއްމުކުރަމުންދާތީ ނެރުނު ނޫސްބަޔާނެއްގައި އެވެ.

އެ އޮފީހުން ބުނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ ދެވަނަ ބާބުގައި، ކުޑަކުދިންނަކީ ހާއްސަ ރައްކާތެރިކަން ލިބެންޖެހޭ ބައެއްކަމަށް ކަނޑައަޅާފައިވާކަމަށާއި، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ އދ. ގެ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކަމާއި ބެހޭ މުއާހަދާގައި ނަފްސާނީ ގޮތުން އަދި ޖިސްމާނީ ގޮތުން ގެއްލުމެއް ލިބިދާނެ ހުރިހާކަމަކުން ކުއްޖާ ރައްކާތެރިކޮށް ދިނުމަކީ މި މުއާހަދާގައި ބައިވެރިވެފައިވާ ފަރާތެއްގެ ހައިސިއްޔަތުން ދިވެހި ދައުލަތުގެ ޒިންމާއެއް ކަމަށެވެ.

ހަމައެއާއިއެކު، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 33 ވަނަ މާއްދާގައި ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނާނެ ގޮތަށް ކުޑަކުދިންގެ ޒާތީ މައުލޫމާތު އެއްވެސް ފަރާތަކުން ހިއްސާކޮށްގެން ނުވާނެކަމަށް ބަޔާންކޮށްފައިވާކަން ފާހަގަކުރަމުން އެ އޮފީހުން ބުނީ، މިގޮތަށް ބަޔާންކޮށްފައިވާއިރު، ބައެއް މީޑިއާގެ ވަސީލަތްތަކުގައި ކުޑަކުދިންގެ މައުލޫމާތު އާއްމުކުރަމުންދާކަން ފާހަގަވެފައިވާކަމަށެވެ.

މިފަދަ ކަންކަމަކީ ކުއްޖާގެ ކަރާމާތާއި ރައްކާތެރިކަމަށް އުނިކަމެއް އަތުވެދާނެ ފަދަ ކަމެއް ކަމާއި މި ގޮތަށް މައުލޫމާތު އާއްމުކުރުމަކީ މިކަމުގެ ސަބަބުން ކުޑަކުދިންގެ މަސްލަހަތު ރައްކާތެރި ނުކުރެވި ކުއްޖާ އަނިޔާއަކަށް އަދި ނުރައްކަލަށް ނުވަތަ ގޯނާއަކަށް ހުށަހެޅިދާނެ ކަމެއްކަމުގައިދެކޭ ކަމަށް އެ އޮފީހުން ވަނީ ހާމަކޮށްފައެވެ.

އެހެންކަމުން، ސީދާ ގޮތުންނާއި ނުސީދާ ގޮތުން ނަމަވެސް، ކުޑަކުދިންގެ ޒާތީ މައުލޫމާތު އެއްވެސް މީޑިއާއަކުން އާއްމުކޮށްފިކަން އެ އޮފީހުގެ ސަމާލުކަމަށް އައިސްފިނަމަ، އެ ފަރާތަކަށް ފިޔަވަޅު އެޅޭނެކަމަށް ޗިލްޑްރެންސް އޮމްބަޑްސްޕާސަން އޮފީސް އިން ބުނެއެވެ.

މިއާއިއެކު، އެ އޮފީހުން ވަނީ، ކުޑަކުދިންގެ ހައްގުތަކާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގައި މީޑިއާތަކުން ވެސް ދެމިތިބުމަށާއި، މިކަންކަން ހާސިލްކުރުމަށް އެއްބާރުލުން ދިނުމަށް މީޑިއާތަކުގެ އިތުރުން މުއައްސަސާތަކަށް ގޮވާލައްވާފައެވެ.


ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.