ޕާކިސްތާނުގައި ކުރިއަށްދާ މުޒާހަރާގެ ތެރެއިން.. ފޮޓޯ/އޭއެފްޕީ
ހަބަރު
28 Nov 2024 | 17:05
ޕާކިސްތާން: އިއްޔެގެ މުޒާހަރާތަކުން އެކަނިވެސް 1000 މީހުން ހައްޔަރަށް

ހައްޔަރުކޮށްފައިވާ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ދޫކޮށްލުމަށް އެދި ވެރިރަށް އިސްލާމާބާދުގައި ބޭއްވި ބޮޑު މުޒާހަރާގައި އިއްޔެ އެކަނިވެސް 1000 އަށްވުރެ ގިނަ މީހުން ޕާކިސްތާނު ފުލުހުން ހައްޔަރުކޮށްފިއެވެ.

2023 ވަނަ އަހަރުގެ އޯގަސްޓް މަހުން ފެށިގެން ޖަލުގައި ހުރި އިމްރާން ޚާނަށް ދެކޮޅަށް، ސިޔާސީ ބޭނުމަށް މައްސަލަތަކެއް އުފަންކުރުވާފައިވާކަމަށް އިމްރާން ޚާންއަށް ތާއީދުކުރާ ފަރާތްތަކުން ތުހުމަތުކުރެއެވެ.

މުޒާހަރާގައި ބައިވެރިވި 10،000 އަށްވުރެ ގިނަ މީހުންނާއި ސަލާމަތީ ބާރުތަކާ ދެމެދު ވަރުގަދަ ހަމަނުޖެހުންތަކެއް ހިނގައިފައިވެއެވެ. މި ހަމަނުޖެހުންތަކުގައި ސަލާމަތީ ބާރުތަކުގެ މަދުވެގެން 5 މީހުން މަރުވެފައިވާ އިރު، މުޒާހަރާކުރި މީހުންނާއި ދެކޮޅަށް ކަރުނަގޭހާއި މުގުރު ބޭނުންކޮށްފައިވެއެވެ.

އިމްރާން ޚާންގެ ޕާކިސްތާން ތަހްރީކް ތަހްރީކް-އެ-އިންސާފް (ޕީޓީއައި) ޕާޓީން ބުނާ ގޮތުގައި ފެބްރުއަރީ މަހު ބޭއްވުނު އިންތިޚާބުގައި ވަނީ އޮޅުވާލާފައެވެ. އިންތިޚާބަށްފަހު ހިތްހަމަނުޖެހުން ފާޅުކުރުމަށް މަގުތަކަށް ނިކުންނަން އުޅުމުން ފުލުހުން ވަނީ އެކަން ވިޔަ ނުދޭން މަސައްކަތްކޮށްފައެވެ. ނަމަވެސް ޕީޓީއައި އިން ވަނީ އެމީހުންގެ ހަރަކާތް ކުރިއަށް ގެންދާނެ ކަމަށް ބުނެފައެވެ. ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް މި މުޒާހަރާތައް ސިފަކޮށްފައިވަނީ "ހައްދުފަހަނައަޅާ ދިއުމުގެ" އަމަލެއްގެ ގޮތުގައެވެ.

މުޒާހަރާކުރި މީހުން ހައްޔަރުކުރުމާއި، އިންޓަނެޓް ބްލެކްއައުޓްތަކާއި، ސްކޫލްތައް ބަންދުކުރުން ފަދަ ކަންކަމާ ގުޅިގެން އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ބައިނަލްއަގްވާމީ ޖަމްޢިއްޔާތަކުން ވަނީ ސަރުކާރުގެ މި ޢަމަލުތައް ކުށްވެރިކޮށްފައެވެ.

ޕީޓީއައި އިން އެންމެ ގިނަ ގޮނޑި ކާމިޔާބުކުރި ނަމަވެސް، އިމްރާން ޚާނާއި އޭނާގެ ޕާޓީ އެއްފަރާތްކުރުމަށް ސިފައިން ސިޔާސީ ކަންކަމުގައި ނުފޫޒު ފޯރުވާފައިވާ ކަމަށް އިމްރާން ޚާންގެ ސަޕޯޓަރުން ތުހުމަތުކުރެއެވެ. އަދި މިކަމާ ގުޅިގެން ސަރުކާރާއި ސިފައިންނާ ދެކޮޅަށް ރައްޔިތުންގެ ހިތުގައި އޮތް ރުޅިވެރިކަން އިތުރުވަމުންދާ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ، ކުދި ރެނދުތައް ލި
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.
11 Sep 2026
ދީނުގެ އަސާސްތައް ދެމެހެއްޓުމަށް އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކުރަންޖެހޭ
ދިވެހިރާއްޖޭގައި އިސްލާމްދީނުގެ މަތިވެރި އަސާސްތައް ދާއިމަށް ދެމެހެއްޓުމަށްޓަކައި، އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކޮށް ޝަރީޢަތާ އެއްގޮތަށް ޤަޟާއީ ނިޒާމު ބައްޓަންކުރުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
11 Sep 2026
އަލްޖީރިއާއިން ޔޫއޭއީއާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލައިފި
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލަން ނިންމާފައިވާ ކަމަށް އަލްޖީރިއާއިން ބުނެފިއެވެ.
11 Sep 2026
ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެދިއްޖެ
މި ދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ވައިބާރުވެ، ކަނޑުތައް ގަދަވެ، ބޯކޮށް ވާރޭ ވެހޭނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައި ވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން އެދިއްޖެއެވެ.
11 Sep 2026
މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އަންނަ ހޯމަ ދުވަހު ރާއްޖެ ވަޑައިގަންނަވަނީ
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ނިންމަވައިފިއެވެ. ރައީސް އޮފީހުން ބުނީ، މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވާނީ މިހިނގާ ސެޕްޓެންބަރު މަހުގެ 14 އިން 15 އަށް ކަމަށެވެ.