ނިއުރޭޑިއަންޓްގެ އައު މެނޭޖްމަންޓުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނިއުގެ ޗެއާމަން މުބީން ވާހަކަދައްކަވަނީ..
ހަބަރު
28 Nov 2024 | 18:58
އެފްއޭއެމްގެ ކުރީގެ ވެރިން، ނިއުރޭޑިއަންޓާމެދު އަމަލުކޮށްފައިވަނީ ބޭއިންސާފުން: މުބީން

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް، އެފްއޭއެމްގެ ކުރީގެ ވެރިން، ނިއުރޭޑިއަންޓާމެދު އަމަލުކޮށްފައިވަނީ، ބޭއިންސާފުންކަމަށް ނިއުގެ އައު ޗެއާމަން އަހުމަދު މުބީން ވިދާޅުވެއްޖެއެވެ.

ނިއުރޭޑިއަންޓްގެ އައު މެނޭޖްމަންޓުން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުބީން ވިދާޅުވީ، ނިއުއިން އަމަލުކުރިގޮތަކުން ކަމަށް ބުނެ، އެފްއޭއެމްގެ ކުރީގެ ވެރިން ނިއުއާމެދު އަމަލުކޮށްފައިވަނީ، ވަރަށްބޮޑަށް ބޭއިންސާފުން އަދި އަދުލުވެރިކަމެއް ނެތިކަމަށެވެ. ފީފާ، އޭއެފްސީން ނިއުގެ ޓްރާންސްފަރ ބޭންއެއް ކޮށްފައިވަނިކޮށް އެފްއޭއެމުން ޒާތީގޮތުން އެ ކްލަބާ ދެކޮޅަށް އެޅި ފިޔަވަޅުތަކަކީ ބަލައިގަނެވޭނެ ކަންތައްތަކެއް ނޫންކަމަށް މުބީން ވިދާޅުވިއެވެ.

މުބީން ވިދާޅުވީ އެފްއޭއެމްގެ އެ އަމަލުތަކުގެ ސަބަބުން އެންމެފަހުން ގެއްލުން ލިބުނީ ހަމައެކަނި ނިއުރޭޑިއަންޓަށް ނޫންކަމަށާއި، އެފްއޭއެމްގެ އަމަލުތަކުގެ ސަބަބުން ނިއުރޭޑިއަންޓާއެކު، ވެލެންސިއާ އަދި ވިކްޓްރީގެ ހާލަތު ދަށްވެ، ޖުމްލަގޮތެއްގައި މުޅި ދިވެހި ފުޓްބޯޅައިގެ ރޫހުވެސް މިއަދު ގެއްލިފައިވާކަމަށެވެ.

މުބީން ވިދާޅުވީ ނިއުރޭޑިއަންޓް ނަގާ ކޮޅަށް ޖެހުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ދަށުން މިދިޔަ ދުވަސްތަކުގައި ވަރަށް މުހިއްމު މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ. މިގޮތުން ނިއުރޭޑިއަންޓްގެ ކުރީގެ ކޯޗުންނާއި އަދި އެނޫންވެސް އޮފިޝަލުންގެ ޓެކްނިކަލް ލަފާ ހޯދަމުންދިޔަކަން މުބީން ފާހަގަކުރެއްވިއެވެ. ނިއު ނަގާ ކޮޅަށް ޖެހުމުގެ މަސައްކަތްތަކުގެ ދަށުން ޓީމްގެ އެކަޑަމީ ފެށުމަށް ތައްޔާރުވަމުން އަންނަކަމަށާއި، މިގޮތުން ނިއުގެ އެކަޑަމީ ހުޅުމާލޭގައި ފެށުމަށް ތައްޔާރުވަމުންދާކަން މުބީން ވިދާޅުވިއެވެ. 

އަންނަ ޖެނުއަރީމަހުގެ ތެރޭގައި ނިއުގެ އެކަޑަމީގެ މަސައްކަތްތައް ފެށުމަށް ތައްޔާރުވަމުންދާކަމަށާއި، މިގޮތުން މާލެ އަދި ހުޅުމާލެ ސަރަހައްދުން މިހާރުވެސް ނިއުރޭޑިއަންޓްގެ އެކަޑަމީއާ ގުޅުމަށް 200 އަށްވުރެ ގިނަ ކުދިން ތައްޔާރަށްތިބިކަމަށް މުބީން ވިދާޅުވިއެވެ.

ނޮވެމްބަރުމަހުގެ 20 ވަނަ ދުވަހުގެ ރޭ ބޭއްވި ނިއުގެ ކޮންގްރެސްގައި ވަނީ އެޓީމުގެ އައު މެނޭޖްމަންޓް އެކުލަވާލާފައެވެ. ނިއުގެ އައު ޗެއާމަނަކަށް މުބީން އައްޔަނުކުރިއިރު، ސީނިއާ ވައިސް ޗެއާމަންގެ މަގާމަށް އައްޔަނުކޮށްފައިވަނީ، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަލީ އިބްރާހީމް (ކައްޕި) އަދި ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލް (މުޖޭ) އެވެ. އަދި ވައިސް ޗެއާމަނަކަށް އައްޔަނުކޮށްފައިވަނީ، އަލީ ރަޝީދެވެ.

ކޮމެންޓް
އީސަގެއާދަނު
ނިޔު ރޭޑިއަންޓަށް ދިމާވީ މާކުރީގެ ހަސަދަގަޑެއް ފިލުވާލި މްއްސަލައެވެ. ކުޅެކުޅެ އަދީލްޖަލީލްގެ ވެލެންސިޔާއަށް ނިއު ކައިރިން ކުޅެގެން ކުރިނުލިބުމުން ކްލަބްގެ ދުވަސް ދުއްވާލީ ބާރުގެ ބޭނުން ކޮށްގެންނެވެ.
28 Nov 2024
ގުޅޭ ލިޔުންތައް
13 Aug 2026
އެމްޑަބްލިއުއެސްސީއަށް މިދިޔަ އަހަރު 145.7 މިލިއަން ރުފިޔާގެ ފައިދާއެއް
މިދިޔަ އަހަރު އެމްޑަބްލިއުއެސްސީ ގްރޫޕް ކުންފުންޏަށް ސާފްފައިދާގެ ގޮތުގައި ލިބިފައިވަނީ، 187.5 މިލިއަން ރުފިޔާއެވެ.
13 Aug 2026
ކްރިމިނަލް ކޯޓަށް ތިން ފަނޑިޔާރުން، ސިވިލް ކޯޓަށް ދެ ފަނޑިޔާރަކު އައްޔަނުކޮށްފި
ކްރިމިނަލް ކޯޓަށް ތިން ފަނޑިޔާރުން އަދި ސިވިލް ކޯޓަށް ދެ ފަނޑިޔާރަކު އައްޔަނުކޮށްފި އެވެ.
13 Aug 2026
އަބްދުﷲ ޝާހިދު އައްޑޫސިޓީއަށް ވަޑައިގަންނަވަނީ
ވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޝާހިދު އައްޑޫސިޓީއަށް ވަޑައިގަތުމަށް ނިންމަވާފައިވަނީ މުހިންމު ކަމެއް ފެއްޓެވުމަށެވެ
13 Aug 2026
ޞާލިޙް 2028 ގެ އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވައިފި
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް 2028 ގެ ރިޔާސީ އިންތިޚާބަށް އެމްޑީޕީގެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވައިފިއެވެ.
13 Aug 2026
އެމްއެންޔޫއިން ދިރާސާކުރުމަށާއި ފޮތް ލިޔުމަށް ޚާއްޞަ ގްރާންޓްތަކެއް ދީފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިސްވެ، ޤައުމީ ފެންވަރުގައި އިލްމު ކުރިއަރުވައި ދިރާސާކުރުމުގެ ސަގާފަތް އާލާކުރުމަށްޓަކައި "ޔުނިވަރސިޓީ ރިސާޗް ގްރާންޓްސް (ޔޫއާރުޖީ) 2026" އަދި "ޔުނިވަރސިޓީ ބުކް ރައިޓިންގ ގްރާންޓްސް (ޔޫބީޑަބްލިޔުޖީ) 2026" ގެ ފުރަތަމަ ބުރުގެ އެހީތައް ރަސްމީކޮށް އިޢުލާންކޮށްފިއެވެ.
13 Aug 2026
ހައި-ލެވެލް ޕޮލިސީ ޑައިލޮގެއް އެމްއެންޔޫ އާއި ޔުނިސެފުން ކުރިއަށް ގެންގޮސްފި
ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި ޔުނިސެފް މޯލްޑިވްސް އަދި މިނިސްޓްރީ އޮފް އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ގުޅިގެން، ބައިނަލްއަގުވާމީ ޒުވާނުންގެ ދުވަހާ ގުޅުވައިގެން ޚާއްސަ "ޕޮލިސީ ޑައިލޮގް" އެއް ބާއްވައިފިއެވެ.
13 Aug 2026
ހަތިޔާރާއެކު މާރާމާރީ ހިންގި ބަންގްލަދޭޝް ޒުވާނަކު ހައްޔަރުކޮށްފި
މާލެ ސަރަހައްދުގައި ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ 19 އަހަރުގެ ޒުވާނަކު ހައްޔަރުކޮށް ތަހުގީގު ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކޮށްފިއެވެ.
13 Aug 2026
މާސްޓަރކާޑުން ފައިސާ ދައްކައިގެން މެލޭޝިއާ ޓިކެޓު ހޯދުމުގެ ފުރުޞަތު
އުރީދޫގެ 21 ވަނަ އަހަރީ ދުވަހާ ގުޅުވައި، ސުޕަރއެޕް މެދުވެރިކޮށް މާސްޓަރކާޑުން 400 ރުފިޔާ އިން މަތީގެ މުޢާމަލާތެއް ހިންގާ ކަސްޓަމަރުންގެ މެދުގައި ގުރުއަތުން މެލޭޝިއާ ދެކޮޅު ޓިކެޓު ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.