ގަވަރުނަރު އަހުމަދު މުނައްވަރު: ފޮޓޯ/ އެމްއެމްޓީވީ
ހަބަރު
29 Nov 2024 | 10:21
އަންނަ އަހަރު އިސްލާމިކް ބޭންކިންގެ ގާނޫނެއް އެކުލަވައިލަނީ

އަންނަ އަހަރު އިސްލާމިކް ބޭންކިންގެ ގާނޫނެއް އެކުލަވާލައި މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރޮޓީގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ. 

އެމްއެމް ޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ގަވަރުނަރު ވިދާޅުވީ، ރާއްޖޭގެ ބޭންކުތައް މުއްސަނދި ކުރުމަށް އެންމެ މުހިންމު ކަމަކަށް ކުރައްވަން ނިންމަވާފައިވާ ކަމަކީ ބޭންކިންގ ގާނޫނު އިސްލާޙު ކުރުން ކަމަށެވެ. އަދި އެކަން އަންނަ އަހަރުގެ ތެރޭގައި ކުރެވިގެންދާނެކަން ގަވަރުނަރު ފާހަގަކުރެއްވިއެވެ. 

އެގެންނަ އިސްލާޙްތަކާއެކު ބޭންތަކުގެ ކެޕިޓަލް ބޮޑު ކުރެވި، ރާއްޖޭގެ ބޭންކު ތަކަށް، ފަތުރުވެރިކަމުގެ ދާއިރާއަށް ލޯނުތައް ދެވެންފަށާނެ ކަމަށް މުނައްވަރު ވިދާޅުވިއެވެ. 

ދެވަނަ ކަމަކަށް ކުރައްވަން ނިންމަވާފައިވާ ކަމަކީ، އިސްލާމިކް ބޭންކުގެ ސެންޓާރއެއްގެ ގޮތުގައި ރާއްޖެ ހެދުމަށް، އަންނަ އަހަރު އިސްލާމިކް ބޭންކިންގެ ޤާނޫނެއް އެކުލަވައިލުން ކަމަށް ވެސް ގަވަރުނަރު ވިދާޅުވިއެވެ.

"ދިވެހި ރާއްޖޭގެ އިސްލާމިކް ބޭންކު އަދިވެސް މިއޮތީ ރެގިޔުލޭޝަނެއްގެ ތެރޭގައި. ރާއްޖެއަކި ސައްތައިން ސައްތަ އިސްލާމީ ގައުމަކަށް ވާއިރު، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ރާއްޖެއަކީ، ސެންޓަރ އެއްގެ ގޮތުގައި ތަރއްގީ ކުރެވޭނެ ތަނެއް. މިހެން ކިޔާތާ ވަރަށް ދުވަސް ވެއްޖެ. ނަމަވެސް މިޔަށް ބޭނުންވާ ގާނޫނެއް ނެރެފައެއް ނެތް. އެއިގެ ތެރެއިން ބޭނުންވާ ފަސޭހަތަކެއް ބޭންކުތަކަށް ދީފައެއް. އެހެންވީމާ އިތުރު ބޭންކުތައް ރާއްޖެއަށް ނާންނާނެ ނޫންތޯ؟”

ގަަވަރުނަރު އަހުމަދު މުނައްވަރު

އެހެންވީމާ، އިރާދަކުރެއްވިއްޔާ މި އަންނަ އަހަރު ތެރޭގައި އަޅުގަނޑު ވަރަށް އިސްކަމެއް ދޭނަން އިސްލާމިކް ބޭންކިންގ ޤާނޫން، އަޅުގަނޑުމެން ވަރަށް އަވަހަށް ފަރުމާކޮށް ނިންމާލާފަ މަޖިލީހަށް ހުށަހަޅަން " ގަަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވިއެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ