ދީން
29 Nov 2024 | 12:45
”އެ މީހެއްގެ ކިބައިގައި މި ކަންކަން ފުރިހަމަވެއްޖެ މީހަކު ސުވަރުގެ ވަދެއްޖެ“

ސުވަރުގެ ވަންތަވެރިންނަށް ވުމަށް އެދޭ މީހާގެ ކިބާގައި ހުންނަންޖެހޭ ބައެއް ސިފަތައް ސުންނަތުގެ އަލީގައި މިއަދުގެ ޚުތުބާގައި ކިޔައިދީފިއެވެ.

އަލްޚުލަފާއުއްރާޝިދޫންގެ ޙަޔާތްޕުޅުން ދަރުސްތަކެއް މައުޟޫއަށް މިއަދު އިއްވި ހުކުރު ޚުތުބާގައި، ބުނީ، الله سُبْحَانَهُ وَتَعَالَى ކޮންމެ ނަބިއްޔަކަށްމެ އެ ބޭކަލަކަށް ތަބަޢަވާނޭ ޞަޙާބީން ލެއްވި ކަމަށެވެ. މި ގޮތުން، ނަބިއްޔާ މުޙައްމަދު ﷺ ގެ އަޞްޙާބުން ވަނީ އުންމަތް ދެކެފައިވާ ރަންމުތްތަކެއް ކަމުގައި ކަމަށާ އޭގެ ތެރެއިން ދިހަ ބޭކަލަކަށް ސުވަރުގޭގެ އުފާވެރިކަމުގެ ޚަބަރު ދެއްވާފައިވާކަމަށެވެ.

މިއާއެކު ޚުތުބާގައި ބުނީ، އަލްޚުލަފާއުއްރާޝިދޫންއަކީ ނަބިއްޔާ މުޙައްމަދު ﷺ ގެ ޚަލީފާކަން ކުރެއްވި ހަތަރު އަޞްޙާބުބޭކަލުން ކަމަށާ، އެއީ އަބޫބަކުރު، ޢުމަރު، ޢުޘްމާން އަދި ޢަލީ (رَضِيَ اللّٰهُ عَنْهُم) ކަމަށެވެ. އަދި މި ބޭކަލުންނަކީ ނަބިއްޔާ މުޙައްމަދު ﷺ، އެބޭކަލުންނަށް ތަބާވުމަށް އިރުޝާދުދެއްވާފައިވާ ބޭކަލުންކަން ވެސް ފާހަގަކޮށްފައިވެއެވެ.

ނަބިއްޔާ ﷺ ޙަދީޘްކުރައްވައިފައި ވެއެވެ. (فَعَلَيْكُمْ بِسُنَّتِي وَسُنَّةِ الْـخُلَفَاءِ الرَّاشِدِيْنَ الْمَهْدِيِّيْنَ)() މާނައީ: "ފަހެ، ތިޔަބައިމީހުންގެ މައްޗަށް އޮތީ ތިމަން ނަބިއްޔާގެ ސުންނަތުގައި ހިފުމެވެ. އަދި ތެދުމަގު ލިބިގެންވާ އަލްޚުލަފާއުއްރާޝިދޫންގެ ސުންނަތުގައި ހިފުމެވެ." 

މިއާއެކު ޚުތުބާގައި ބުނީ، ސުންނަތުގައި ހިފުމަށް ޓަކައި އެ ބޭކަލުންގެ ޙަޔާތްޕުޅަށް ނަޒަރު ހިންގައި، އެއިން ލިބޭ ފިލާވަޅުތަކުގެ އަލީގައި އަހަރެމެންގެ ދިރިއުޅުން ބިނާކުރުން ވަރަށް މުހިންމު ކަމަށެވެ.

އެގޮތުން، އަބޫބަކުރުގެފާނު (رَضِيَ اللّٰهُ عَنْهُ) އަކީ އީމާންކަމާއި ހެޔޮ ޢަމަލުގައި ނަމޫނާ ބޭކަލެއްކަން ފާހަގަކޮށް އެކަލޭގެފާނުގެ ހަޔާތްޕުޅުން ލިބޭ ދަރުސްތަކަށް އަލި އަޅުވާލައްވާފައިވެއެވެ.

އެއް ދުވަހަކު ނަބިއްޔާ ﷺ ޞަޙާބީންގެ މަޖިލީހެއްގައި އިންނަވައި، އެކަލޭގެފާނު ސުވާލުކުރެއްވިއެވެ. "މިއަދު ރޯދައަށް ހުންނެވީ ކޮން ބޭކަލެއްހެއްޔެވެ؟ އަބޫބަކުރުގެފާނު ދެންނެވިއެވެ. ތިމަންކަލޭގެފާނެވެ. ދެން ސުވާލުކުރެއްވިއެވެ. މިއަދު ޖަނާޒާއެއްގައި ބައިވެރިވެވަޑައިގަތީ ކޮންބޭކަލެއް ހެއްޔެވެ؟ އަބޫބަކުރުގެފާނު ދެންނެވިއެވެ. ތިމަންކަލޭގެފާނެވެ. ދެން ސުވާލުކުރެއްވިއެވެ. މިއަދު މިސްކީނަކަށް ކާންދެއްވީ ކޮންބޭކަލެއްހެއްޔެވެ؟ އަބޫބަކުރުގެފާނު ދެންނެވިއެވެ. ތިމަންކަލޭގެފާނެވެ. ދެން ސުވާލުކުރެއްވިއެވެ. މިއަދު ބަލިމީހަކަށް ޒިޔާރަތްކުރެއްވީ ކޮން ބޭކަލެއްހެއްޔެވެ؟ އަބޫބަކުރުގެފާނު ދެންނެވިއެވެ. ތިމަންކަލޭގެފާނެވެ. އެ ހިނދު ކީރިތި ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ. އެ މީހެއްގެ ކިބައިގައި މި ކަންކަން ފުރިހަމަވެއްޖެ މީހަކު ސުވަރުގެ ވަދެއްޖެއެވެ."

ޚުތުބާ

ޚުތުބާގައި ބުނީ، އަބޫބަކުރުގެފާނަކީ، ހެޔޮ ޢަމަލުކުރެއްވުމަށް ނުހަނު ލޯބިކުރައްވާ ބޭކަލެއްކަން މި ޙަދީޘުން އެނގޭ ކަމަށާ، ހެޔޮ ކޮންމެ ކަމެއް ކުރެއްވުމުގައި އެކަލޭގެފާނު ކުރި ހޯއްދަވާ ކަމަށެވެ.

އަދި، މާތް ނަބިއްޔާގެ އިސްރާއާއި މިޢުރާޖުގެ ޙާދިޘާގެ ޚަބަރު އެކަލޭގެފާނަށް ލިބިވަޑައިގަތުމުން ވިދާޅުވި ބަސްފުޅުން އެ ކަން ދޭހަވާކަން ފާހަގަކޮށްފައިވެއެވެ.

އެގޮތުން، ބާރަށް ދުވާ އަހުގައި އެތައް ދުވަހަކުން ކުރެވޭ ދަތުރެއް މާތް ނަބިއްޔާ ﷺ ކުޑަ ހިނދުކޮޅެއްގެ ތެރޭ ނިންމަވައިލައްވައި، ހަމަ އެ ދަތުރުފުޅުގައި އުޑުތަކަށް އަރައިވަޑައިގަތް ޚަބަރު ޤަބޫލުކުރައްވަން ބައެއް ޞަޙާބީންނަށް ވެސް ދަތިފުޅުވިކަން ޚުތުބާގައި ބުންޏެވެ.

”އެހެނަސް މައްކާގެ މުޝްރިކުން މަލާމާތުގެ ރާގެއްގައި އަބޫބަކުރުގެފާނު އަރިހުގައި، ކަލޭގެފާނުގެ އެކުވެރިޔާ، مُحَمَّدٌ ﷺ، މި ފަދައިން އެބަ ޙަދީޘްކުރައްވައޭ، ކަލޭގެފާނު އެ ވާހަކަ ތެދުކުރައްވަންތޯއޭ ދެންނެވުމުން، އެކަލޭގެފާނުގެ ޖަވާބަކަށް ވީ ސިޔަރަތުގައި ރަން އަކުރުން ލިޔެވިފައިވާ އަންނަނިވި ބަސްފުޅެކެވެ.

(نَعَمْ، إِنِّيْ لَأُصَدِّقُهُ فِيْمَا هُوَ أَبْعَدُ مِنْ ذَلِكَ؛ أُصَدِّقُهُ بِـخَبَرِ السَّمَاءِ فِيْ غَدْوَةٍ أَوْ رَوْحَةٍ)() މާނައީ: "އާނއެކެވެ. އަހުރެން އެ ވާހަކަ ތެދުކުރަމެވެ. އަހުރެން މިހުރީ ތިޔަށް ވުރެ މާ ބޮޑެތި ކަންތައްތައް އެކަލޭގެފާނާ ބެހޭ ގޮތުން ތެދުކޮށްގެންނެވެ. އެހެނީ ހެނދުނާއި ހަވީރު އެކަލޭގެފާނުގެ އަރިހަށް އުޑުގެ ޚަބަރުތައް (އެބަހީ ވަޙީ) އަންނަކަން އަހުރެން މި ހުރީ ތެދުކޮށްގެންނެވެ." މިއާ އެކު، އެކަލޭގެފާނަށް އައްޞިއްދީޤުގެ ލަޤަބު އެރުވުނެވެ.

ޚުތުބާ

މިއާއެކު ޚުތުބާގައި ބުނީ، އިސްލާމްދީނާ މެދު ޝައްކާއި ވަހުމުތައް އުފައްދައި ފަތުރަމުންދާ މިޒަމާނުގައި އަހަރެމެން ވެސް އަބޫބަކުރުގެފާނު ދެއްކެވި ފަދަ ސާބިތުކަމެއް ދައްކާން ޖެހޭ ކަމަށެވެ. އަދި މީހަކު، އެ މީހެއްގެ ކޮށި ވިސްނުން ޙުއްޖަތަކަށް ހަދައި، މުސްލިމުންގެ ސިކުނޑި ދޮވެލުމަށް ޓަކައި ދައްކާ ވާހަކައަކުން، ޤުރްއާނާއި ސުންނަތުން ސާބިތުވާ، އިސްލާމް ދީނުގެ އަސާސަކާ މެދު ޝައްކު އުފައްދައިގެން ނުވާނެ ކަމަށްވެސް ބުންޏެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ