ވަޒީރު އަލީ އިހްސާން:ފޮޓޯ/ ހޯމް މިނިސްޓްރީ
ހަބަރު
29 Nov 2024 | 15:50
ވަކި މީހަކު އިސްތިސްނާކުރުމެއް ނެތި ބައިނަލްއަޤުވާމީ ކޯޓުތަކުގެ އަމުރުތައް ރާއްޖެއިން ތަންފީޒުކުރާނެ: އިޙްސާން

ވަކި މީހަކު އިސްތިސްނާކުރުމެއް ނެތި ބައިނަލްއަޤުވާމީ ކޯޓުތަކުގެ އަމުރުތައް ރާއްޖެއިން ތަންފީޒުކުރާނެ ކަމަށް ދާޚިލީ ސަލާމަތާ ބެހޭ ވުޒާރާ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

އިސްރާއީލްގެ ބޮޑުވަޒީރު ރާއްޖެ އައިސްފިނަމަ ހައްޔަރުކުރާނެތޯ ވަޒީރާ ސުވާލުކުރެއްވުމުން، އެކަމަށް އެއްޗެއް ވިދާޅުނުވެ ހަނުހުންނެވިކަމަށް ބުނެ މީޑިއާއަކުން ލިޔެފައިވާ ޚަބަރަކާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިޙްސާން ވިދާޅުވީ، ރާއްޖެއަކީ ބައިނަލްއަޤުވާމީ ކޯޓުތަކުން ކުރާ އަމުރުތައް އެއްވެސް މީހަކު ތަފާތުކުރުމެއްނެތި ތަންފީޒުކުރާނެ ޤައުމެއްކަމަށެވެ.

”މިވާހަކަ ރޭގަވެސް އަޅުގަނޑުވާނެ ދަންނަވާފައި. އަދި ބައެއް ނޫސްތަކުން ގުޅުމުން މިވާހަކަ ވާނެ ތަކުރަާރުކޮށްފައި އަދި އިތުރު ސުވާލުތަކަށް ޖަވާބުވެސް ދީފަ.“ ވަޒީރު އަލީ އިހްސާން ވިދާޅުވިއެވެ.

ޒަޔަނިސްޓު އިސްރާއީލުގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި އޭނާގެ ކުރީގެ ދިފާޢީ ވަޒީރު ޔޯއަވް ގަލަންޓް ހައްޔަރުކުރުމުގެ އަމުރު ބައިނަލްއަޤުވާމީ ޖިނާޢީ ކޯޓު، އައިސީސީން ވަނީ ނެރެފައެވެ.

އައިސީސީން ނެރެފައިވާ އަމުރުގައި ވާގޮތުން، އެމީހުން ހައްޔަރުކުރަން އަމުރު ނެރެނީ އޮކްޓޯބަރު 8، 2023އާއި މިއަހަރުގެ މެއި މަހުގެ 20އާ ހަމައަށް ހިންގައިފައިވާ ހަނގުރާމައިގެ އާއި އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކުގެ ތުހުމަތުގައި ކަމަަށެވެ. 

އެގޮތުން، ހަނގުރާމަ ކުރުމުގެ ނަމުގައި ބަނޑުހައިހޫނުކަން އުފައްދައި، އިންސާނީ އެހީގެ ސާމާނު ނުދިނުމާއި، އާންމުންނަށް އަމާޒުކުރުމުގެ ކުށުގެ ދައުވާ ކޮށްފައިވެއެވެ.

އައިސީސީއަކީ ޖަރީމާތަކާއި ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ފަދަ ބޮޑެތި ކުށްތައް ބެލުމަށް އުފައްދާފައިވާ ދުނިޔޭގެ ހަމައެކަނި މިނިވަން ކޯޓެވެ. ނަމަވެސް އެ ކޯޓަށް ތަންފީޒީ ބާރުތަކެއް ލިބިފައެއް ނުވެއެވެ.

ނަތަންޔާހޫއާއި އޭނާގެ ކުރީގެ ދިފާޢީ ވަޒީރު ޔޯއަވް ގަލަންޓް ހައްޔަރުކުރުމުގެ އަމުރު އައިސީސީން ނެރުމާއި ގުޅިގެން އެކަމަށް ރާއްޖެއިން ވަނީ މަރުހަބާ ކިޔާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Aug 2026
މުއައްޒަފަކާ ގުޅުވައިގެން ދައްކަމުންގެންދާ ވާހަކަތަކުގައި ހަގީގަތެއްނެތް: ހުޅުމާލެ ހޮސްޕިޓަލް
އެކަށިގެންވާ، ގޮތުގައި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، ދަތިތަކާ ކުރިމަތިވެގެން ދިޔަ ނުދިނުމަށް ކަށަވަރުނުވާ "ހަގީގަތާ ޚިލާފު މަޢުޫމާތުތައް ނުފެތުރުމަށް އެދޭކަމަށް ހުޅުމާލެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ
09 Aug 2026
ގެއްލުނު ތިން މީހުން ހޯދުމަށް ކަނޑުމަގުން އެކަނިވެސް 1370.10 އަކަ ނޯޓިކަލް މޭލު ބަލައިފި
މި އޮޕަރޭޝަނުގައި އެންމެބޮޑު ސަރަހައްދެއް ބަލާފައިވަނީ ވައިގެމަގުންނެވެ. ގެއްލުނު މީހުންގެ ހަބަރެއް އަދިވެސް ނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ
08 Aug 2026
ކެނދިކުޅުދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކް ހުޅުވައިފި
08 Aug 2026
ލިއޮނެލް މެސީގެ ބައްޕަ، ޖޯޖް މެސީ މަރުވެއްޖެ
އުމުރުން 68 އަހަރުގައި ޖޯޖް ނިޔާވީ އޭނާ އުފަން ރަށް ކަމަށްވާ އާޖެންޓީނާގެ ރޮސާރިއޯގެ ހޮސްޕިޓަލެއްގައެވެ
08 Aug 2026
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް މިއަދު ފެށުމާއެކު އެ އަތޮޅުގެ ދެ ރަށަކުން މިހާރު ޕާސްޕޯޓްގެ ހިދުމަތް ލިބޭނެއެވެ. މީގެ ކުރިން ވެރިކަންކުރާރަށް ތިނަދޫގައި ވަނީ ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށާފައެވެ.
08 Aug 2026
އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށައިފި
"މަދިރިން ރައްކާ" ކެމްޕޭނުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު މިއަދު ވަނީ ސާފްކުރުމުގެ މަސައްކަތް ފަށާފައި
08 Aug 2026
ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި
މި ރޭހަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި އިދާރާތަކާއި ޖަމްޢިއްޔާތަކަށް ހުޅުވައިލައިގެން ބޭއްވި ހަރަކާތެކެވެ
08 Aug 2026
ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ފީފާގެ ރައީސް އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލައިފި
ދަ ގާޑިއަން އާ ވާހަކަދައްކަވަމުން ކްލެވެނެސް ވިދާޅުވީ، އިންފެންޓީނޯއާ މެދު އެ ފެޑެރޭޝަނުގެ އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ