އެންސްޕާގެ ސީއީއޯ ހީނާ ވަލީދު: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
29 Nov 2024 | 21:42
އެންސްޕާއާއި ގުޅިގެން ފަތުރަމުންދާ ވާހަކަތަކާ ގުޅޭ ތަހްގީގެއް ހިންގުމަށް އޭސީސީގައި އެދިއްޖެ!

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އާ ގުޅޭގޮތުން ބައެއް މީޑިއާތަކުން ފަތުރަމުންދާ ވާހަކަތަކާ ގުޅިގެން އެ މައްސަލަ ތަޙްޤީޤުކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި އެދިއްޖެއެވެ.

އެންސްޕާގެ މުދަލާއި ފައިސާ އަދި މުވައްޒަފުން ބޭނުންކޮށްގެން ޓީވީ ޗެނަލެއް ހިންގަން އެހީތެރިވަމުން އަންނަ ކަމަށާ، އެ ޗެނަލް ހިންގާ އިމާރާތުގެ ކުލި ދައްކަނީ އެންސްޕާ މެދުވެރިކޮށް ކަމަށް ތުހުމަތުކޮށް ބައެއް ނޫސް ތަކުން ފަތުރަމުންދާ ވާހަތަކާއި ގުޅިގެން އެންސްޕާއިން މިރޭ ނެރުނު ނޫސް ބަޔާނެއްގައިވަނީ އެއީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށްބުނެ އެ ވާހަކަތައް ދޮގުކޮށްފައެވެ. 

އެގޮތުން ބުނީ، އެ އެޖެންސީން ހިންގުމަށް އިމާރާތެއް ހޯދުމުގެ މުޢާމަލާތަކީ އެ އެޖެންސީއާއި މާލީ ވުޒާރާ އާއި ދެމެދު ކުރުމަށް ކަނޑައެޅިފައިވާ އުސޫލުގެތެރެއިން ކުރެވިފައުވާ މުއާމަލާތެއް ކަމަށެވެ. އަދި އެއީ އެ އެޖެންސީއާއު އެހެން އެއްވެސް ފަރާތަކާ ދެމެދު ކުރެވިފައިވާ މުޢާމަލާތެއް ނޫން ކަމަށްވެސް ބުންޏެވެ. 

”އެއީ އާއްމު މުޢާމަލާތުގެ ގޮތުގައި ހާމަކަން ބޮޑު ގޮތެއްގައި މާލީ ވުޒާރާގެ މަންސަތަކުގައި ފެންނަންހުރި މައުލޫމާތު ތަކެވެ.“ އެންސްޕާ އިން ބުންޏެވެ.

އެންސްޕާއިން އިތުރަށް ބުނީ، އެޖެންސީ ހިންގުމަށް ބޭނުންވާ މުވައްޒަފުން ހޯދުމާއި، އެ މުވައްޒަފުންގެ ޒިންމާތައް ޙަވާލުކުރުމުކީ އެކަމަށް ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ކުރެވެމުންދާ ކަންކަން ކަމަށެވެ.

"ރައްޔިތުންގެ އިޖްތިމާއީ ރައްކާތެރިކަމާ ގުޅުންހުރި މިފަދަ މުއައްސަސާއަކާއި ގުޅިގެންނާއި، މި މުވައްސަސާގެ މުވައްޒަފުންގެ ނަޒާހާތްތެރިކަމާމެދު ރައްޔިތުންގެ މެދުގައި ކަންބޮޑުވުމާއި ޝައްކު އުފެދޭގޮތަށް މައުލޫމާތު ފަތުރަމުންދާ ދިޔުން ހަރުކަށި އިބާރާތުން ކުށްވެރިކުރަން. އަދި މިފަދަ ދޮގު މަޢުލޫމާތު ފަތުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ކަމާބެހޭ މުއައްސަސާތަކަށް ހުށަހަޅާނެ ވާހަކަވެސް ދަންނަވަމެވެ" އެންސްޕާގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އެންސްޕާ އާއި އެ އެޖެންސީގެ މުވައްޒަފުންގެ ނަޒާހާތްތެރިކަމާމެދު ސުވާލު އުފެދޭގޮތަށް ދައްކަމުންދާ ވާހަކަ ތަކާމެދު މިނިވަން ތަހުގީގެއް ހިންގައި އެކަންކަމުގެ ތަފްސީލް ރައްޔިތުންނަށް ހާމަކުރުމަށް އެ އެޖެންސީން ވަނީ އޭސީސީގައި އެދިފައެވެ.

ކޮމެންޓް
މާހިދު
ދޮގުހަދާ ކޮންމެފަހަެަކު ކޯފާއެއް ނާންނާނެ. ބަރުވެތިވާށެވެ
30 Nov 2024
ގުޅޭ ލިޔުންތައް
09 Aug 2026
މުއައްޒަފަކާ ގުޅުވައިގެން ދައްކަމުންގެންދާ ވާހަކަތަކުގައި ހަގީގަތެއްނެތް: ހުޅުމާލެ ހޮސްޕިޓަލް
އެކަށިގެންވާ، ގޮތުގައި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، ދަތިތަކާ ކުރިމަތިވެގެން ދިޔަ ނުދިނުމަށް ކަށަވަރުނުވާ "ހަގީގަތާ ޚިލާފު މަޢުޫމާތުތައް ނުފެތުރުމަށް އެދޭކަމަށް ހުޅުމާލެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ
09 Aug 2026
ގެއްލުނު ތިން މީހުން ހޯދުމަށް ކަނޑުމަގުން އެކަނިވެސް 1370.10 އަކަ ނޯޓިކަލް މޭލު ބަލައިފި
މި އޮޕަރޭޝަނުގައި އެންމެބޮޑު ސަރަހައްދެއް ބަލާފައިވަނީ ވައިގެމަގުންނެވެ. ގެއްލުނު މީހުންގެ ހަބަރެއް އަދިވެސް ނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ
08 Aug 2026
ކެނދިކުޅުދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކް ހުޅުވައިފި
08 Aug 2026
ލިއޮނެލް މެސީގެ ބައްޕަ، ޖޯޖް މެސީ މަރުވެއްޖެ
އުމުރުން 68 އަހަރުގައި ޖޯޖް ނިޔާވީ އޭނާ އުފަން ރަށް ކަމަށްވާ އާޖެންޓީނާގެ ރޮސާރިއޯގެ ހޮސްޕިޓަލެއްގައެވެ
08 Aug 2026
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް މިއަދު ފެށުމާއެކު އެ އަތޮޅުގެ ދެ ރަށަކުން މިހާރު ޕާސްޕޯޓްގެ ހިދުމަތް ލިބޭނެއެވެ. މީގެ ކުރިން ވެރިކަންކުރާރަށް ތިނަދޫގައި ވަނީ ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށާފައެވެ.
08 Aug 2026
އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށައިފި
"މަދިރިން ރައްކާ" ކެމްޕޭނުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު މިއަދު ވަނީ ސާފްކުރުމުގެ މަސައްކަތް ފަށާފައި
08 Aug 2026
ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި
މި ރޭހަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި އިދާރާތަކާއި ޖަމްޢިއްޔާތަކަށް ހުޅުވައިލައިގެން ބޭއްވި ހަރަކާތެކެވެ
08 Aug 2026
ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ފީފާގެ ރައީސް އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލައިފި
ދަ ގާޑިއަން އާ ވާހަކަދައްކަވަމުން ކްލެވެނެސް ވިދާޅުވީ، އިންފެންޓީނޯއާ މެދު އެ ފެޑެރޭޝަނުގެ އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ