ވާނުން ބާރުވެރިކުރުމާއި، މަޢުލޫމާތާއި ފަންނާއި ބެހޭ ވަޒީރު އިބްރާހިމް ވަހީދު (އަސްވާޑް)-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
30 Nov 2024 | 12:22
އެންމެ ޒަމާނީ ވަަސީލަތްތަކާ އެކު ރާއްޖޭގައި ސިނަމާއެއް އަޅަނީ

އެންމެ ޒަމާނީ ވަަސީލަތްތަކާ އެކު ރާއްޖޭގައި ސިނަމާއެއް އަޅަން ނިންމާފައިވާކަމަށް ޒުވާނުން ބާރުވެރިކުރުމާއި، މަޢުލޫމާތާއި ފަންނާއި ބެހޭ ވަޒީރު އިބްރާހިމް ވަހީދު (އަސްވާޑް) ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަަކަފުޅު ދައްކަވަމުން އަސްވާޑް ވިދާޅުވީ، ފިލްމު އަޅުވާނެ އެންމެ ތަނެއް ހުރުމަކީ ރާއްޖޭގެ ފިލްމު އިންޑަސްޓްރީ އަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށެވެ.

މިހާރު ރަސްމީކޮށް ފިލްމު އަޅުވާ ތަނެއްގެ ގޮތުގައި ބޭނުންކުރަމުންދަނީ އޮލިމްޕަސް އެކަނި ކަން ފާހަގަކުރައްވާ، ވަޒީރު ވިދާޅުވީ އޮލިމްޕަހަކީ ފިލްމު އެޅުވުމުގެ އިތުރުން ތަފާތު އެތައް ހަރަކާތްތަކެއް ކުރިއަށް ގެންދާ ތަނަކަށް ވާތީ ފިލްމު އިންޑަސްޓްރީއަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް އިތުރު ސިނަމާއެއް ރާއްޖޭގައި ހުންނަން ޖެހޭކަމަށެވެ.

އަސްވާޑު ވިދާޅުވީ ފިލްމު އުފައްދާ ގިނަ ޕްރޮޑިއުސަރުންތަކެއް މިހާރު ތިބި އިރު އޮލިމްޕަސް ހޯދަން ކިއުގައި ތިބެން ޖެހޭކަމަށާއި، އެ މައްސަލަ އަށް ހައްލެއް ހޯދައި ދޭން ސަރުކާރުން ބޭނުންވާ ކަމަށެވެ.

"މިހާރު އޮލިމްޕަސް ހޯދަން ޕްރޮޑިއުސަރުން ކިއުގައި ތިބެން ޖެހެނީ. އެހެންވެ އެ މައްސަލައަށް ހައްލެއް ހޯދައިދޭން މި ސަރުކާރުން ބޭނުންވޭ،"

ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ވަޒީރު ވިދާޅުވީ، ޒަމާނީ ސިނަމާއެއް ތަރައްގީކޮށް މި ސަރުކާރުގެ ފަސް އަހަރު ދުވަހުގެ ތެރޭގައި ނިންމައި ދެެއްވާނެ ކަމަށެވެ.

ކޮމެންޓް
އިއްބެ
އަހުރެމެން ސަރުކާރެއްގެނައީ ހިންދީމީހުންއަޅާކަހަ ސިނަމާއެއް އަޅާކަށްނޫން ރައްޔިތުންބޭނުންވާ އަސާސީޚިދުމަތްތައްދޭން އެކަންނުވެކޮންސިނަމާއެއް
30 Nov 2024
ެައަލީބެ
ހިތައްއަރާހާ އެއްޗެއް ނުކިޔާ ކަންކުރަން އުޅޭށެވެ
01 Dec 2024
ގުޅޭ ލިޔުންތައް
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.
25 Aug 2026
އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޗައިނާގައި
ދެ ދުވަހުގެ މި ރަސްމީ ދަތުރުފުޅުގައި ދޯވާލް، ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ދެ ގައުމުގެ ޚާއްޞަ މަންދޫބުންގެ ފެންވަރުގައި ބާއްވާ ބޯޑަރު މަޝްވަރާތަކުގެ ތެރެއިންނެވެ
25 Aug 2026
އަވަށްޓެރި ގައުމުތަކަށް ދިން ޚާއްސަ އިނާޔަތްތަކާއެކު އިންޑިއާއަށް ބޭރުގެ އިތުރު އިންވެސްޓްމަންޓްތަކެއް
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްގެ ގޮތުގައި މިހާތަނަށް 511.5 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 48.95 ބިލިއަން އިންޑިއަން ރުޕީސްގެ ހުށަހެޅުން ލިބިފައިވާކަމަށެވެ.
25 Aug 2026
ޓެރަރިޒަމް ސްޕޮންސާ ކުރާ ޤައުމުތަކުގެ ލިސްޓުން ސީރިއާ އުނިކޮށްފި
އެމެރިކާއިން 1979 ވަނަ އަހަރުން ފެށިގެން ޓެރަރިޒަމަށް ހިތްވަރުދޭ ޤައުމުތަކުގެ ލިސްޓުގައި ސީރިއާ ހިމެނުމަށް ފަހު، އެ ޤައުމު ލިސްޓުން އުނިކޮށް އިންވެސްޓްމެންޓަށް ހުރި ބޮޑެތި ހުރަސްތައް ނައްތާލައިފިއެވެ.
25 Aug 2026
ރަސްމާލެއިން ހިއްކި ބިން ގަމަށް ވުރެ ބޮޑުވެއްޖެ
ރަސްމާލެ ބިން ހިއްކުމުގެ 62 އިންސައްތަ ނިމި، ޖުމްލަ 1,150 ހެކްޓަރުގެ ތެރެއިން 609 ހެކްޓަރަށް ވުރެ ބޮޑު ބައެއް ހިއްކައި ގަމަށް ވުރެ ބޮޑުވެފައިވާ ކަމަށް ހައުސިން ވުޒާރާއިން ހާމަކޮށްފިއެވެ.
24 Aug 2026
ބައްސާމް ވަގުތީގޮތުން ގެއަށް ބަދަލުކޮށްފި
ބައްސާމް ގެއަށް ބަދަލުކޮށްފައިވަނީ އޭނާގެ ސިއްހީ ހާލަތު ހުރިގޮތުން މެޑިކަލް ބޯޑުގެ ލަފާގެ މަތިން ވަގުތީ ގޮތުންނެވެ.