ރަކީދޫގައި ސްޓެލްކޯއިން ޖަހާފައިހުރި ސޯލާ ޕެނަލްތަކެއް: ފޮޓޯ/ސްޓެލްކޯ
ހަބަރު
30 Nov 2024 | 13:12
ރަކީދޫ އިއާދަކުރަނިވި ހަކަތައިގެ މަޝްރޫޢު ވަރަށް ކާމިޔާބު: ސްޓެލްކޯ

ހަކަތައިގެ ގޮތުގައި ބޭނުންކުރާ ތެލަށް ކުރަންޖެހޭ ހަރަދުތައް އަހަރުން އަހަރަށް ބޮޑުވެގެންދިއުމަކީ ރާއްޖޭގެ ބަޖެޓަށް އޮތް ބޮޑު ބުރައެކެވެ. މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރާއްޖެއަށް ބޭނުންވާ ތެލުގެ ބާވަތްތައް އެތެރެކުރަން އެކަނިވެސް އަހަރަކަށް 750 މިލިއަނަށްވުރެ ގިނަ ޑޮލަރު ހޭދަކުރަން ޖެހެއެވެ. ރާއްޖެއަށް އެތެރެކުރާ ތެލުގެ ބާވަތްތަކުގެ ތެރެއިން ބޮޑު އަދަދެއް އަދަދެއް ބޭނުންކުރަނީ ކަރަންޓްގެ ހިދުމަތް ދިނުމަށް އިންޖީނުގޭތަކުގައި ހުންނަ ޖަނަރޭޓަރުތައް ހިންގުމަށެވެ. 

ތެލަށްކުރާ ހަރަދު ކުޑަކޮށް އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓްގެ ހިދުމަތްދިނުން ފުޅާކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. މި އަމާޒަށް ވާސިލްވުމަށްޓަކައި ޤައުމީ ކަރަންޓް ކުންފުނިން އަތޮޅުތަކުގެ ރަށްތަކުގައި އިރުގެ ހޫނު ބޭނުންކޮށްގެން ކަރަންޓްގެ ހިދުމަތްދިނުމަށް ކުރިއަށްގެންދާ މަޝްރޫޢު ފާހަގަކޮށްލެވެއެވެ. މި މަޝްރޫޢުގެ ދަށުން ސްޓެލްކޯއިން މިހާރު ވަނީ ވ.ރަކީދޫގައި ކުރިއަށްގެންދިޔަ ހައިބްރިޑް ޕީވީ-ބީއީއެސްއެސް-ޑީޖީ ނިޒާމް ގާއިމްކޮށް ނިންމާފައެވެ. 

ރަކީދޫގައި ގާއިމްކުރެވިގެންދިޔަ މަޝްރޫޢުއާ ބެހޭގޮތުން ނޫސްވެރިންނާ ވާހަކަދައްކަވަމުން ސްޓެލްކޯގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ނިޒާމް ވިދާޅުވީ އެކުންފުނިން ރަކީދޫގައި ކުރިއަށްގެންދިޔަ އިރުގެ އަލިން ހަކަތަ އުފެއްދުމުގެ މަޝްރޫޢު ވަރަށް ކާމިޔާބުކަމަށެވެ. މިގޮތުން މިހާރު މި ހިދުމަތް ގާއިމްކުރެވިފައިވާ ނިސްބަތަށް ބަލާއިރު، އިންޖީނު ހިންގަން ޖެހެނީ އެންމެ ދެ ގަޑިއިރަށްކަމަށް ނިޒާމް ފާހަގަކުރެއްވިއެވެ. ނަމަވެސް ކުރިއަށް ދުވަސްތަކުގައި ބަހައްޓާ އިތުރު ބެޓްރީތަކާއެކު ރަކީދޫ ވެގެންދާނީ 100 އިންސައްތަ އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓްގެ ހިދުމަތްދެވޭ މީހުން ދިރިއުޅޭ ފުރަތަމަ ރަށުގެ ގޮތުގައިކަން އޭނާ ފާހަގަކުރެއްވިއެވެ.

ނިޒާމް ވިދާޅުވީ މީގެ ކުރިންވެސް ރަކީދޫގައި އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓްގެ ހިދުމަތް ދިނުމަށް މަސައްކަތްކުރިކަމަށެވެ. ނަމަވެސް އެ ނިޒާމު ފުރިހަމަޔަށް ގާއިމްކުރެވިފައިނެތުމުން އެކަން ފުރިހަމަވެގެން ގޮސްފައިނުވާކަމަށް އޭނާ ވިދާޅުވިއެވެ.

މީގެކުރިން ވަރލްޑް ބޭންކުގެ އެހީގައި ސޯލާ އާއި ޖަނަރޭޓަރާއި ބެޓްރީ ބެހެއްޓި ނަމަވެސް އޭގެ އެއް ކޮމްޕޯނަންޓްކަމަށްވާ އެނަޖީ މެނޭޖްމަންޓް ސިސްޓަމް ގާއިމްނުކުރެވުމުން އެކަން ނުކުރެވުނީ

އިބްރާހިމް ނިޒާމް ވިދާޅުވިއެވެ

މި މަޝްރޫޢުއާ ގުޅޭގޮތުން ނިޒާމް ވިދާޅުވީ ރަކީދޫގައި ސޯލާ ޕެނަލްތައް ގާއިމްކުރެވިގެންދިއުމުން އެރަށުގައި ދިރިއުޅެމުންދާ ރައްޔިތުންގެ ކަރަންޓް ބިލްތަކަށްވެސް ހެޔޮ ބަދަލުތައް އަންނާނޭކަމަށެވެ. މިގޮތުން ރަށުގެ 12 ގެއެއްގައި ސޯލާ ޕެނަލްތައް ހަރުކޮށްފައިވާއިރު، އޭގެ ބަދަލެއް ދިނުމުގެ ގޮތުން، ދެ ގެއަކުން ބިލުން ކެނޑޭގޮތަށް އަދި އަނެއްބައި ގޭތަކަށް ފައިސާ ދޭގޮތަށް ހަމަޖައްސާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގަ އެންމެ ޝައުގުވެރިވާ ހިސާބަކީ ކަރަންޓްބިލަށް އަރާވަރަށްވުރެ ގިނަ އެއްޗެސް ސްޓެލްކޯއިން ދޭންޖެހޭ. އެވާގޮތަކީ ގެތަށް ބޮޑުވިނަމަވެސް ގޭގެ ކަރަންޓް އެހާގިނައިން ބޭނުން ނުކުރަންޏާމު ބިލް ބޮޑެއްނުވާނެތާ. ކަރަންޓް ބިލަށް އަރާވަރަށްވުރެ ފުރާޅުގައި ޖަހާފައިވާ ސޯލާޕެނަލް ނިސްބަތުން ބޮޑު

ނިޒާމް ވިދާޅުވިއެވެ

ރަކީދޫގައި ސްޓެލްކޯއިން ގާއިމްކޮށްފައިވާ އިރުގެ ހަކަތަ ބޭނުންކޮށްގެން ކަރަންޓްދެވޭ ނިޒާމުން އެރަށަށް ބޭނުންވާވަރަށްވުރެ އިތުރަށްވެސް ކަރަންޓް ދެވެއެވެ. މިހަރު ގާއިމްކޮށްފައިވާ ނިޒާމުން 270 ކިލޯވޮޓްގެ ކަރަންޓް އުފެއްދެއެވެ. ސްޓެލްކޯއިން ލަކީދޫގެ މަގުބައްތިތައް ދިއްލުމަށްވެސް ބޭނުންކުރަނީ އިދާދަކުރަނިވި ހަކަތައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.