ވަޒީރު މުއްތަލިބް- ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ
ހަބަރު
30 Nov 2024 | 16:54
ވެލި ބޭނުން ނުކުރުމަށް އެދުނީ އައްޑޫ ސިޓީގެ ލިންކު ރޯޑު ހަދަން ވެލި ބޭނުންވާނެތީ: ވަޒީރު މުއްތަލިބް

އައްޑޫ ސިޓީ ހަންކެޑެ ބްރިޖް އެޅުމަށް ހެދި ވަގުތީ ފަސްގަޑުގައި ހުރި ވެލި މިނިސްޓްރީގެ ހުއްދަނެތި ބޭނުން ނުކުރުމަށް އެދުނީ އައްޑޫ ސިޓީގެ ލިންކު ރޯޑު އަލުން ހެދުމަށް ގިނަ ޢަދަދަކަށް ވެލި ބޭނުންވެދާނެ ކަމަށް ފެންނާތީކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ.އަބްދުالله މުއްތަލިބް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ، އައްޑޫ ސިޓީ ހަންކެޑެ ބްރިޖް އެޅުމަށް ހެދިފައިވާ ވަގުތީ ފަސްގަޑުގައި ހުރި ވެލި ނެގުމަށްފަހު ރައްޔިތުންގެ ބޭނުންތަކަށް އެވެލި ބޭނުންކުރުމަށް ކައުންސިލްއިން މަސައްކަތް ކުރަމުން ދަނިކޮށް، އެއްވެސް މަޝްވަރާއެއް ކުރުމެއްނެތި އެ މިނިސްޓްރީގެ އިންޖިނިއަރުން ލައްވާ ސޮއިކުރުވައި، އެވެލި މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންދެވިފައިވާ ކަމަށް އެންގެވިކަމަށް ވިދާޅުވެ އެ ސިޓީގެ މޭޔަރު އަލީ ނިޒާރު އެކްސްގައި ކުރެއްވި ޓްވީޓަކާއި ގުޅިގެންނެވެ.

ނިޒާރު ވިދާޅުވީ އެފަދައިން އެންގުމަކީ ދައުލަތް ހިންގަން ހެދިފަހުރި ގާނޫނުތަކާއި ފުށުއަރާ "ޖާހިލު" ނިންމުމެއް ކަމަށާއި ރައްޔިތުންނާއި ''ތޮޅެން'' މަގުފަހި ކުރަން ހިންގާ އަމަލެއް ކަމަށާއި  ލާމަރުކަޒީ ގާނޫނު ފުޑާލަން އިތުރު ކުރި ބޮޅެއްކަމަށް ވިދާޅުވެފައެވެ.

ގާނޫނާއި ހަމައާއި އުސޫލުން ބޭރުން އަންގާ އެންގުންތަކަށް އައްޑޫ ސިޓީ ކައުންސިލްއިން އަމަލު ނުކުރާނެ ކަން ފާހަގަކުރައްވަމުން ނިޒާރު ވިދާޅުވީ، ކަންކަން ނިންމުމުގައި މަޝްވަރާ އިސްކޮށް ދައުލަތް ހިންގުމުގެ ޒަމާނީ ހަމަތަކަށް ފަރިތަވުމަށް ދަންނަވާކަމަށެވެ.

ނިޒާރުގެ ވާހަކައަށް ރައްދުދެއްވަމުން މިނިސްޓަރު މުއްތަލިބް ވިދާޅުވީ، މިނިސްޓްރީގެ ހުއްދަނެތި އެވެލި ބޭނުން ނުކުރުމަށް އެދުނީ އައްޑޫ ސިޓީގެ ލިންކު ރޯޑު އަލުން ހެދުމުގައި ގިނަ ޢަދަދަކަށް ވެލި ބޭނުންވެދާނެ ކަމަށް ފެންނާތީއާއި، އައްޑޫ އަކީ ފަސޭހައިން ވެލި ނެގެން އޮތް ތަނަކަށްނުވާތީކަމަށެވެ.

ހަމައެއާއިއެކު، އައްޑޫ ސިޓީގެ ރައްޔިތުންނަށް އެވެލި ބޭނުންކުރަން ޖެހޭ އެހެން މުހިއްމު ކަމެއްވާނަމަ ކައުންސިލުން އެދުމުން އެވެލި ދޫކުރުމަށް މިނިސްޓްރީ އިން ދެކޮޅު ނުހަދާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް