ޓައިވާނުގެ ރައީސް ލައި ޗިންގް.. ފޮޓޯ/އެސޯސިއޭޓެޑް ޕްރެސް
ހަބަރު
30 Nov 2024 | 20:43
ޓައިވާން ރައީސްގެ ޕެސިފިކް ދަތުފުޅާއެކު ސަރަހައްދު ހަލަބޮލިވެދާނެކަމުގެ އިންޒާރުތަކެއް

ޓައިވާނުގެ ރައީސް ލައި ޗިންގް-ޓޭ ޕެސިފިކްގެ ބައެއް ގައުމުތަކަށާއި އެމެރިކާއަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުފުޅާ ދިމާކޮށް، ޗައިނާއިން އަނެއްކާވެސް އަސްކަރީ ތަމްރީންތަކެއް ބާއްވަފާނެކަމަށް މުހައްލިލުން ބުނެފިއެވެ.

މާދަމާ ފައްޓަވާ މި ދަތުރުފުޅުގައި ލައި ވަޑައިގަންނަވާ ޕެސިފިކްގެ ޤައުމުތަކަކީ މާޝަލް އައިލެންޑްސް، ޓުވާލޫ އަދި ޕަލާއޯ އެވެ. ޕެސިފިކްގައި އޮންނަ ޖަޒީރާ މި ރަށްތަކަކީ ޓައިވާނާއެކު ޑިޕްލޮމެޓިކް ގުޅުން ގާއިމްކޮށްފައިވާ 12 ޤައުމުތަކުގެ ތެރެއިން 3 ޤައުމެވެ. އަދި މި ދަތުރުފުޅުގައި އެމެރިކާގެ ޓެރިޓަރީއެއް ކަމަށްވާ ގުއާމްގައި އެއް ރޭ އަދި އެމެރިކާގެ ހަވާއީގައި 2 ރޭ ލައި ހޭދަކުރައްވާނެއެވެ. މިއީ މިދިޔަ މެއި މަހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ލައި އެމެރިކާގެ ފަސްގަނޑުގައި މަޑުކުރައްވާ ފުރުތަމަ ދަތުރުފުޅެވެ.

ޓައިވާނާއެކު އެމެރިކާއިން ޑިޕްލޮމެޓިކް ގުޅުން ގާއިމްކޮށްފައިނުވާތީ ޓައިވާނުގެ ވެރިން އާއްމުކޮށް އެމެރިކާއަށް ކުރައްވަނީ ނުރަސްމީ ދަތުރުފުޅުތަކެވެ. އަދި ޓައިވާނުގެ ގާތް ގައުމުތަކަށް ދަތުރުކުރައްވާއިރު، ޓްރާންސިޓް ޕޮއިންޓެއްގެ ގޮތުގައި ޓައިވާނުގެ ވެރިން އާއްމުކޮށް އެމެރިކާގެ ސިޓީތައް ބޭނުންކުރައްވައެވެ.

ޗައިނާ ސަރުކާރުން ޓައިވާނާއެކު މަޝްވަރާކުރުމަށް އުފައްދާފައިވާ ޓައިވާން އެފެއަރޒް އޮފީހުންވެސް ވަނީ ލައިގެ މިދަތުރުފުޅަކީ މަސްރަހު ގޯސްކުރުމަށް ކުރައްވާ ދަތުރުފުޅެއްގެ ގޮތުގައި ސިފަކޮށްފައެވެ.

ލައިގެ ދަތުރުފުޅާ ދިމާކޮށް ޗައިނާއިން އަނެއްކާވެސް ޓައިވާނަށް އަރައިގަންނާނެ ގޮތްތަކުގެ އަސްކަރީ ފަރިތަކުރުންތަކެއް ބާއްވަފާނެކަމަށް މުހައްލިލުން އަންދާޒާކުރެއެވެ. އަދި ވަކިން ޚާއްސަކޮށް މިދުވަސްވަރަކީ އެމެރިކާގެ ރިޔާސަތުވެސް ބަދަލުވަމުން އަންނަ ދުވަސްވަރުކަމުން، މިމައްސަލައިގެ ހައްސާސްކަންވަނީ އިތުރުވެފައެވެ. ޗައިނާއިން ޓައިވާނަށް އަރައިނުގަނެ އޮންނަ އެންމެ ބޮޑު އެއް ސަބަބަކީ ޓައިވާނުގެ ދިފާޢުގައި އެމެރިކާއިން ތެދުވެދާނެކަމުގެ ބިރު އޮތުމެވެ. އެމެރިކާގެ ވެރިކަމާއި ޑޮނަލްޑް ޓްރަމްޕް އަލުން ހަވާލުވުމަށްފަހު ދެން ކަންތައް ކުރައްވާނެ ގޮތެއް މުހައްލިކުންވެސް އެނގެން ބޭނުންވެފައެވެ

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
ގޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަން ހުއްދަދިން ވެރިފަރާތް 10 އަހަރަށް ޖަލަށް
މާލޭގެ ގެއެއްގައި މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތީގެ ވިޔަފާރިކުރުމަށް ހުއްދަދީފައިވާ ކަމަށް ސާބިތުވެ، ގ. ޕެލިކަން ގޭގެ ވެރިފަރާތް 10 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ. މިއީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 127 ވަނަ މާއްދާގެ ދަށުން ދަޢުވާކޮށް، ކުށް ސާބިތުވި މި ބާވަތުގެ ފުރަތަމަ މައްސަލައެވެ.
10 Sep 2026
ހުޅުމާލެއިން 29 ފުޅި ބަނގުރަލާއެކު ދެ ބިދޭސީން ހައްޔަރުކޮށްފި
ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1 އިން ދެ ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
10 Sep 2026
އެލައިޑުން ޕީއެސް5 އެއް ލިބޭ ހާއްސަ ގިވްއަވޭއެއް ފަށައިފި
ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރަންސް ކުންފުނި، އެލައިޑް އިންޝުއަރަންސް އިން ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން، ޕްލޭސްޓޭޝަން 5 (ޕީއެސް5) އެއް ލިބޭ އަގުހުރި ގިވްއަވޭއެއް ފަށައިފިއެވެ.
10 Sep 2026
ޕާޓީ މޮޅުވެއްޖެނަމަ އެމެރިކާގެ ކޮންމެ މީހަކަށް 5،000 ޑޮލަރު ދޭނަން: ޓްރަމްޕް
ކުރިއަށް އޮތް މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީން ކޮންގްރެސްގެ އަޣުލަބިއްޔަތު ދަމަހައްޓައިފިނަމަ، އެމެރިކާގެ ކޮންމެ ބޮޑު މީހަކަށް 5،000 ޑޮލަރު ދޭނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ. ޓްރަމްޕް މިކަން އިޢުލާންކުރީ ބުދަ ދުވަހު ޑެލަސްގައި ބޭއްވި ރިޕަބްލިކަން ޕާޓީގެ ފުރަތަމަ މިޑްޓާމް ކޮންވެންޝަންގައެވެ.
10 Sep 2026
އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 ގައި ބާއްވަނީ
އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 އިން 3 އަށް ބޭއްވުމަށް ނިންމައިފިއެވެ.
10 Sep 2026
އުރުދުންގެ އަލްއަޒްރަޤް ވައިގެ މަރުކަޒަކީ ކޮބާ؟ އީރާނުން އެ ތަނަށް ހަމަލާދެނީ ކީއްވެ؟
ހޮރްމޫޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް އެމެރިކާ އާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ތެރޭގައި، އުރުދުންގައި ހުންނަ އަދި އެމެރިކާގެ ސިފައިންނާއި އަސްކަރީ ވަސީލަތްތައް ގާއިމުވެފައިވާ އަލްއަޒްރަޤް އެއާބޭސް އަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ އެމެރިކާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނެއެވެ.
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ