ދިރާސާވެރިން ވަނީ މިކަން އަވަހަށް ދެނެގަނެވޭނެ ގޮތް ހޯދުމުގެ މުހިންމުކަން ފާހަގަކޮށްފައި-- ފޮޓޯ: ނިއުރޯސައިންސް ނިއުސް
ހަބަރު
01 Dec 2024 | 10:36
ބަލިން ރަނގަޅު ވުމަށްފަހުވެސް ކޮވިޑް ވައިރަސް ސިކުނޑި އާއި ބޮލުގެ ނާށިގަނޑުގައި ދެމިހުރޭ: ދިރާސާ

ކޮވިޑް-19 ބަލިމަޑުކަމުގެ ފަހަތުގައިވާ ވައިރަސް ކަމުގައިވާ ސާރސް-ކޮވް-2، އިންފެކްޝަން ޖެހުމަށްފަހު އަހަރުތަކަކަށް ސިކުނޑިއާއި މެނިންޖަސްގައި ހުންނަކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ހެލްމްހޯލްޓްޒް މިއުނިކް އަދި ލުޑްވިގް-މެކްސިމިލިއަންސް-ޔުނިވަރސިޓޭޓް (އެލްއެމްޔޫ) ގެ ދިރާސާވެރިން ދެނެގަތް ގޮތުގައި، ސާރސް-ކޮވް-2 ގެ ސްޕައިކް ޕްރޮޓީން އަކީ އިންފެކްޝަން ޖެހުމަށްފަހު 4 އަހަރާއި ހަމައަށް ސިކުނޑީގެ ރައްކާތެރި ފަށަލަތަކުގައި، މެނިންޖަސް އަދި ބޮލުގެ ނާށިގަނޑުގައި މެދުގައި ހުންނަ އެއްޗެކެވެ.

މިކަމުގެ ސަބަބުން ސިކުނޑިއަށް ދިގު މުއްދަތަކަށް އަސަރުކުރާއިރު، މި ސްޕައިކް ޕްރޮޓީންތަކަކީ  ދިގު މުއްދަތަކަށް ދެމިގެންދާ އިންފްލަމޭޝަން އުފެދުމަށް މަގުފަހިކޮށްދޭ އަދި ނިއުރޯޑީޖެނެރޭޓިވް ބަލިތަކަށް ހުށަހެޅުމުގެ ފުރުޞަތު އިތުރުކުރާ އެއްޗެއްކަމަށް މި ދިރާސާއިން ދައްކައެވެ.

ހެލްމްހޯލްޓްޒް މިއުނިކްގެ އިންސްޓިޓިއުޓް ފޯ އިންޓެލިޖެންޓް ބަޔޯޓެކްނޮލޮޖީސްގެ ޑިރެކްޓަރ ޕްރޮފެސަރ އަލީ އެރްޓޫރްކް ވިދާޅުވި ގޮތުގައި، މީެ ސަބަބުން ދިގު މުއްދަތަކަށް އަސަރުތަކުގެ ތެރޭގައި ސިކުނޑި ދުޅަހެޔޮކަމާއިއެކު މަސައްކަތްކުރުމުގެ ޤާބިލުކަން 5 އިން 10 އަހަރާ ހަމައަށް ގެއްލިގެން ހިނގައިދާނެއެވެ.

ސެލް ހޯސްޓް އެންޑް މައިކްރޯބް ޖާނަލްގައި ޝާއިޢުކުރެވުނު މި ދިރާސާއިން ދައްކާގޮތުގައި، ކޮވިޑްގެ ނިއުރޮލޮޖިކަލް އަލާމާތްތަކުގެ ތެރޭގައި ބޮލުގައި ރިއްސުމާއި، ނިދުމުގެ މައްސަލަތަކާއި، އަދި "ބްރެއިން ފޮގް" ނުވަތަ ސިކުނޑީގެ މަސައްކަތް ދަށްވުން ހިމެނިދާނެއެވެ.

މީގެ އިތުރުންވެސް މި ދިރާސާއިން ދައްކާގޮތުގައި، ކޮވިޑް ޖެހޭ މީހުންގެ ތެރެއިން 5 އިން 10 އިންސައްތަ މީހުންނަކީ ދިގު މުއްދަތަށް ކޮވިޑް ތަޖުރިބާ ކުރަން ޖެހޭ މީހުންނެވެ. މާނައަކީ ގާތްގަނޑަކަށް 400 މިލިއަން މީހުންގެ ހަށިގަނޑުގައި ގިނަ އަދަދެއްގެ ސްޕައިކް ޕްރޮޓީން ހުރުމަކީ އެކަށީގެންވާކަމެކެވެ.

ފާހަގަކޮށްލެވޭ ގޮތެއްގައި، މި ނުރައްކާތެރި ވައިރަހަށް ދެވޭ ވެކްސިންތަކުން ސިކުނޑީގައި ސްޕައިކް ޕްރޮޓީން އެއްވުން ވަރަށް ބޮޑަށް މަދުކުރެއެވެ.

އެހެން ނަމަވެސް، މި ދިރާސާއަށް ބޭނުންކުރި މީދަލުގެ ކިބައިގައި ފާހަގަވާގޮތުގައި، ވެކްސިން ދިނުމުންވެސް މި ޕްރޮޓީން އެއްވުން މަދުކުރެވިފައި ވަނީ އެންމެ 50 އިންސައްތައާ ގާތްކުރާ މިންވަރަކަށެވެ. އެހެންކަމުން، ސިކުނޑިއަށް ނުރައްކާތެރި އަސަރެއް ކުރުމުގެ ފުރުޞަތު އޮތް ސްޕައިކް ޕްރޮޓީންގެ ބާކީބައި ހަށިގަނޑުގައި ދެމިހުރެއެވެ.

މި ދިރާސާއަށްޓަކައި، ޓީމުން ވަނީ ސާރސް-ކޮވް-2 ގެ ސްޕައިކް ޕްރޮޓީން ސިކުނޑިއަށް ކުރާ އަސަރު ދެނެގަތުމަށް އާ އޭއައި ބޭނުންކޮށްގެން އިމޭޖިންގ ޓެކްނިކެއް ތަރައްޤީކޮށްފައެވެ.

މި ވަސީލަތުން ވައިރަލް ޕްރޮޓީންތަކުގެ ތިންބުރި ވިޝުއަލައިޒޭޝަނެއް ދައްކުވައިދޭއިރު، މި ގޮތް ބޭނުންކޮށްފައިވަނީ ކޮވިޑް-19 ޖެހުނު މީހުންނާއި ދިރާސާއަށް ބޭނުން ކުރި މީދަލުގެ ޓިޝޫ ސާމްޕަލްތަކުގައި ކުރިން ނުފެންނަ ގޮތަށް ހުރި ސްޕައިކް ޕްރޮޓީންގެ ޑިސްޓްރިބިއުޝަން ހޯދުމަށެވެ.

މި ހޯދުންތަކުން ދައްކާގޮތުގައި އިންފެކްޝަން ޖެހުނުތާ އަހަރުތަކެއް ފަހުން ވެސް ބޮލުގެ ނާށިގަނޑުގައި އާއި މެނިންޖަސްގައި ސްޕައިކް ޕްރޮޓީން ވަރަށް މަތީ މިންވަރެއްގައި ހުރެއެވެ.

އެހެންކަމުން ދިރާސާ ކުރި ފަރާތްތައް ވަނީ މިކަމަށްޓަކައި އައު ތެރަޕީތަކެއް ހޯދުމާއި، މިކަން ދެނެގަނެވޭނެ ގޮތްތަކެއް ހޯދުމުގެ މުހިންމުކަން ފާހަގަކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.