ޕެރަ އެތްލީޓުންނާ ވަޒީރު ބައްދަލު ކުރެއްވުން
ހަބަރު
01 Dec 2024 | 11:35
ޕެރައެތުލީޓުންނަށް ހާއްސަ އިސްކަމެއް ދިނުމަށް ގާނޫނު ބަދަލު ކުރަނީ

ޕެރައެތުލީޓުންނަށް ފުރުސަތުތައް ފަހިކޮށްދިނުމަށްޓަކައި ގާނޫނީ ބާރުވެރިކަން ލިބިދޭ ގޮތަށް މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީ ގާއިމް ކުރުމަށް ކުޅިވަރު ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅުއްވީ ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފްއެވެ. 

މި އިސްލާހުގައި ބުނެފައިވަނީ މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން މޯލްޑިވްސް ޕެރަލިމްޕިކްގެ ނަމުގައި މިޙާރު އޮތް ޖަމިއްޔާ ވަކި ގާނޫނީ ޝަޚްސެއްގެ ގޮތުގައި ބަދަލުވާނެ ކަމަށާ އެއާއެކު އެ ކޮމިޓީއަށް ގާނޫނީގޮތުން ގިނަ ބާރުތަކެއް ލިބިގެންދާނެ ކަމަށެވެ.

އޭގެ ތެރޭގައި، އަމިއްލަ ނަމުގައި ދައުވާ ކުރުމާއި، ދައުވާ ލިބިގަތުމާއި އެ ނޫންވެސް މުއާމަލާތްތައް ކުރުމުގެ ހައިސިއްޔަތު ލިބިގެންވާ ދަރަންޏަށް ޒިންމާވުމާއި، އުފުލޭ މުދަލާއި ނުއުފުލޭ މުދާ މިލްކު ކުރުމުގެ އިތުރުން، އެ މުދަލުން ތަސައްރަފް ކުރުމުގެ ހައްގު ލިބިގެންދާނެ ކަމަށް ބުނެފައިވެއެވެ:

މި ކޮމިޓީގެ މަސްއޫލިއްޔަތު ތަކުގެ ތެރޭގައި ޕެރަލިމްޕިކްސްގެ އަސާސްތައް ރާއްޖޭގައި ތަރައްގީކޮށް ދެމެހެއްޓުމަށް މަސައްކަތް ކުރުމާއި، ރާއްޖެއިން ބައިވެރިވާ ކުޅިވަރު މުބާރާތްތަކަށް ގައުމީ ޓީމުތައް ފޮނުވާނެ ގޮތް ކަނޑައަޅައި އެ މުބާރާތްތަކަށް ޓީމުތައް ފޮނުވުމުގެ އިންތިޒާމްތައް ހަމަޖެއްސުން ވެސް ގާނޫނުގައި ވަނީ ހިމަނާފައެވެ. 

އަދި ކޮމިޓީގެ މުސްތަގިއްލުކަން އަބަދުވެސް ދެމެހެއްޓުމަށާއި އިންޓަނޭޝަނަލް ޕެރަލިމްޕިކް ކޮމިޓީގެ ހޭންޑްބުކްއާ ޚިލާފުވެދާނެ އެއްވެސް ބާވަތެއްގެ ނުފޫޒެއް ކޮމިޓީގެ މައްޗަށް އެއްވެސް ބަޔަކަށް ފޯރުވުމުގެ ފުރުސަތު ނުދިނުމާއި އެ ބާވަތުގެ އެންމެހައި ފިއްތުން ތަކުން ނުވަތަ ގޮންޖެހުންތަކުން އެއްކިބާވެ ފިޔަވަޅު އެޅުންވެސް ހިމެނެއެވެ. 

މީގެ އިތުރުންވެސް ކުޅިވަރުގެ ގާނޫނަށް ގިނަ އިސްލާހުތަކެއް ވަނީ ބިލުގައި ހިމަނުއްވާފައެވެ.

ކޮމެންޓް
އަހްމަދު
ތިޔަބިލުގައިވަާގޮތުން މިހާރުވެސް ޕެރަލިމްސްގެ ފައިދާނަގައިގެން ވައްކަންކުރާމީހުންނަށް ހިމާޔަތްލިބި ކުރިއަށްވުރެ ބޮޑަށް ވައްކަން ފުޅާކުރާނެ.
01 Dec 2024
ގުޅޭ ލިޔުންތައް
09 Aug 2026
މުއައްޒަފަކާ ގުޅުވައިގެން ދައްކަމުންގެންދާ ވާހަކަތަކުގައި ހަގީގަތެއްނެތް: ހުޅުމާލެ ހޮސްޕިޓަލް
އެކަށިގެންވާ، ގޮތުގައި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، ދަތިތަކާ ކުރިމަތިވެގެން ދިޔަ ނުދިނުމަށް ކަށަވަރުނުވާ "ހަގީގަތާ ޚިލާފު މަޢުޫމާތުތައް ނުފެތުރުމަށް އެދޭކަމަށް ހުޅުމާލެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ
09 Aug 2026
ގެއްލުނު ތިން މީހުން ހޯދުމަށް ކަނޑުމަގުން އެކަނިވެސް 1370.10 އަކަ ނޯޓިކަލް މޭލު ބަލައިފި
މި އޮޕަރޭޝަނުގައި އެންމެބޮޑު ސަރަހައްދެއް ބަލާފައިވަނީ ވައިގެމަގުންނެވެ. ގެއްލުނު މީހުންގެ ހަބަރެއް އަދިވެސް ނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ
08 Aug 2026
ކެނދިކުޅުދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކް ހުޅުވައިފި
08 Aug 2026
ލިއޮނެލް މެސީގެ ބައްޕަ، ޖޯޖް މެސީ މަރުވެއްޖެ
އުމުރުން 68 އަހަރުގައި ޖޯޖް ނިޔާވީ އޭނާ އުފަން ރަށް ކަމަށްވާ އާޖެންޓީނާގެ ރޮސާރިއޯގެ ހޮސްޕިޓަލެއްގައެވެ
08 Aug 2026
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް މިއަދު ފެށުމާއެކު އެ އަތޮޅުގެ ދެ ރަށަކުން މިހާރު ޕާސްޕޯޓްގެ ހިދުމަތް ލިބޭނެއެވެ. މީގެ ކުރިން ވެރިކަންކުރާރަށް ތިނަދޫގައި ވަނީ ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށާފައެވެ.
08 Aug 2026
އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށައިފި
"މަދިރިން ރައްކާ" ކެމްޕޭނުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު މިއަދު ވަނީ ސާފްކުރުމުގެ މަސައްކަތް ފަށާފައި
08 Aug 2026
ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި
މި ރޭހަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި އިދާރާތަކާއި ޖަމްޢިއްޔާތަކަށް ހުޅުވައިލައިގެން ބޭއްވި ހަރަކާތެކެވެ
08 Aug 2026
ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ފީފާގެ ރައީސް އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލައިފި
ދަ ގާޑިއަން އާ ވާހަކަދައްކަވަމުން ކްލެވެނެސް ވިދާޅުވީ، އިންފެންޓީނޯއާ މެދު އެ ފެޑެރޭޝަނުގެ އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ