ރައީސް ޑރ.މުޢިއްޒު، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލަރޝިޕް ލިބުނު ދަރިވަރުންނާއިއެކު-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
01 Dec 2024 | 11:20
ދުނިޔޭގެ ނަން މަޝްހޫރު ޔުނިވަރސިޓީތަކުން ދިވެހިންނަށް ފުރުސަތު ހޯދައިދެނީ

ދުނިޔޭގެ ނަން މަޝްހޫރު ޔުނިވަރސިޓީތަކުން ދިވެހިންނަށް ފުރުސަތު ހޯދައިދޭން މަސައްކަތްކުރަމުންދާކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުﷲ ނަޒީރު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ "52 ހަފްތާ" ޕްރޮގުރާމްގައި ވާހަކަދައްކަވަމުން ނަޒީރު ވިދާޅުވީ، ރާއްޖޭގައި ދެވޭ އެންމެ މަތީ ފަންތީގެ ސްކޮލަރޝިޕް ކަމަށްވާ ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލަރޝިޕް މިއަހަރު 19 ދަރިވަރަކަށް ދީފައިވާކަމަށެވެ.

މި ސްކޮލަޝިޕަކީ ބޭނުން ޔުނިވަރސިޓީއަކުން އަދި ބޭނުން ދާއިރާއަކުން ކިޔަވަން ލިބޭ ފުރުޞަތެއް ނަމަވެސް ދުނިޔޭގެ ނަން މަޝްހޫރު ބޮޑެތި ޔުނިވަރސިޓީތަކަށް ވަންނަން ދަރިވަރުންނަށް ބައެއްފަހަރު ދަތިތައް ދިމާވާކަން ފާހަގަކުރައްވާ ނަޒީރު ވިދާޅުވީ އެފަދަ ޔުނިވަރސިޓީތަކުން ދިވެހިންނަށް ޖާގަ ލިބޭކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

މިގޮތުން ދުނިޔޭގެ މަޝްހޫރު ޔުނިވާސިޓީތައް ކަމަށްވާ އޮކްސްފޯޑާއި ހާވާޑާއި ކެމްބްރިޖްފަދަ ޔުނިވަރސިޓީތައް ހިމެނޭހެން ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕް ލިބޭ ދިވެހިންނަށް ކޮންމެ ޔުނިވަރސިޓީއަކުންވެސް 1 ނުވަތަ 2 ޖާގަ ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ނަޒީރު ވިދާޅުވިއެވެ. 

"އަޅުގަނޑުމެން މަސައްކަތް މިކުރަނީ އޮކްސްފޯޑާއި ހާވާޑާއި ކެމްބްރިޖްފަދަ ދުނިޔޭގެ ނަން މަޝްހޫރު ޔުނިވަރސިޓީތަކުން ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕް ލިބޭ ދިވެހިންނަށް ކޮންމެ ޔުނިވަރސިޓީއަކުންވެސް 1 ނުވަތަ 2 ޖާގަ ކަށަވަރުކުރެވޭތޯ،"

ނަޒީރު ވިދާޅުވިއެވެ.

ނަޒީރު ވިދާޅުވީ، މި ޔުނިވަރސިޓީތަކުގައި ޖާގަތަކަކީ ކުރިން ކަނޑައެޅިފައި ހުންނަ އެއްޗަކަށް ނުވިނަމަވެސް، ޖާގަތައް ކުރިން ކަނޑައެޅި، ދިވެހިންނަށް ލިބޭނެކަން ކަށަވަރުކުރެވޭނެ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.
03 Jun 2026
އިމްތިހާނު ދުވަސްވަރާ ދިމާވާތީ ޕީއެންސީގެ ކޮންގްރެސްގެ ތާރީހު އަވަސްކޮށްފި
ކޮންގްރެސްގެ ތާރީހު އަވަސް ކުުރުމަށް އެދިވަޑައިގެންނެވީ ވެސް ރައީސް މުޢިއްޒު އެވެ. ރައީސްގެ އެދިވަޑައިގަތުން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.
03 Jun 2026
ރައީސް ކަމަކީ ވަރަށް ބުރަ ކަމެއް، ދެން ކުރިމައްޗެއް ނުލާނަން: ނަޝީދު
އެމަނިކުފާނު އެ ވާހަކަފުޅު ތަކުރާރު ކުރެއްވީ ޗެެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް ށ. ފޭދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
03 Jun 2026
އައްޑޫސިޓީ ކައުންސިލުން މިލިއަނުން ހަރަދުކޮށް މެލޭޝިއާ އަދި ސިންގަޕޫރަށް ކުރި ދަތުރު ގޯސްވެއްޖެ
އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، ކައުންސިލުން އެ ދަތުރުތަކަށް ހަރަދުކޮށްފައިވަނީ، ސާކިއުލާގައި އަންގާފައިވާ އެންގުމާ އެއްގޮތަށް ކޮށްފައިވާ ހަރަދުތަކެއް ކަމަށް ބެލެވެން ނެތްކަމަށެވެ