އެފްޑީސީން އިމާރާތްކުރި އެޕާޓްމެންޓް ކޮމްޕްލެކްސް ތަކެއް-- ފޮޓޯ: ވޮއިސް
ހަބަރު
01 Dec 2024 | 12:26
މާލެ ސަރަހައްދުގައި 13،000 ހައުސިން ޔުނިޓް ތަރައްޤީކުރަން އެފްޑީސީން ނިންމައިފި

މާލެ ސަރަހައްދުގައި 13،000 ހައުސިން ޔުނިޓް ތަރައްޤީކުރުމުގެ މަޝްރޫއެއް ކުރިއަށްގެންދަން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީން) އިން ނިންމައިފިއެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން އެފްޑީސީގެ މެނޭޖިން ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވީ،  މާލެ ސަރަޙައްދުގައި ސޯޝަލް ހައުސިންގެ އިތުރު މަޝްރޫޢުތަކެއް ކުރިއަށް ގެންދިޔުމަށް އެކުންފުނިން ނިންމާފައިވާކަމަށާއި، މިކަމަށްޓަކައި  މިއަހަރުގެ ކުރީ ކޮޅު ސްރީލަންކާގެ ކުންފުންޏަކާއެކު 3000 ހައުސިން ޔުނިޓް ތަރައްޤީކުރުމުގެ ފްރޭމްވޯކް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަމަށެވެ.

އެ މަޝްރޫއުއަށް ބޭނުންވާ ފައިނޭންސް ހޯދުމުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރައްވާ ހަމްދާން ވިދާޅުވީ، ބޭރުގެ 2 ކުންފުންޏަކާ އެކު ޖުމުލަ 10000 ހައުސިން ޔުނިޓް ތަރައްޤީކުރުމުގެ ފްރޭމް ވޯކް އެއްބަސްވުމެއްގައިވެސް ސޮއިކޮށްފައިވާކަމަށާއި، މި މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ބޭރުން ލޯނު ނަގައިގެންކަމަަށެވެ.

މީގެ އިތުރުން، 2 މަސްދުވަހުގެ ތެރޭގައި އެ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމުގެ ހުއްދަ ހޯދުމަށް ސަރުކާރަށް ހުށައަޅާނެކަމަށާއި، ކުރިއަށްއޮތް 4 މަސްދުވަހުގެ ތެރޭގައި މަޝްރޫޢުތައް އިފްތިތާހްކުރާނެކަމަށް ހަމްދާން ވިދާޅުވިއެވެ.

"މި މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ބޭރުން ލޯނު ނަގައިގެންކަމަށް. އަދި 2 މަސްދުވަހުގެ ތެރޭގައި އެ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމުގެ ހުއްދަ ހޯދުމަށް ސަރުކާރަށް ހުށައަޅާނެ. ކުރިއަށްއޮތް 4 މަސްދުވަހުގެ ތެރޭގައި މަޝްރޫޢުތައް އިފްތިތާހްކުރާނެ. ސޯޝަލް ހައުސިން ބޭނުންވާ ކޮންމެ ރަށެއްގައި އެފަދަ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށް އަޅުގަނޑުމެން މިތިބީ ތައްޔާރަށް." 

ހަމްދާން ވިދާޅުވިއެވެ.

ސަރުކާރުގެ 5 އަހަރުގެ ދައުރު ނިމޭއިރު، ދިވެހި ރާއްޖެއަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

ކޮމެންޓް
ޥާހިދު
ނިންމުމާ ފާސްކުރުން ކަމަކީ
01 Dec 2024
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.