ފަރުމަހުން ތައްޔާރުކޮށްފައިވާ ކެއުމެއް. ފޮޓޯ/ ވޮއިސް
ހަބަރު
01 Dec 2024 | 17:33
މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި، މަސްވެރިކަމާ ބެހޭ ވުޒާރާއިން ކެއްކުމުގެ މުބާރާތެއް ބާއްވަނީ

މިއަހަރުގެ މަސްވެރިންގެ ދުވަހގެ މުނާސަބަތުގައި މަސްވެރިކަމާ ބެހޭ ވުޒާރާ އާއި ޗެފްސް ގިލްޑް އޮފް މޯލްޑިވްސް (ސީޖީއެމް) ގުޅިގެން ކެއްކުމުގެ މުބާރާތެއް ބޭއްވުމަށް ނިންމައިފިއެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން ބުނީ 44 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެއްކުމުގެ މި މުބާރާތް ބޭއްވުމަށް ތާވަލްކޮށްފައިވަނީ، ޑިސެމްބަރުމަހުގެ 7 ވާ ހޮނިހިރުދުވަހު މާލޭގައި ކަމަށެވެ. "ރަހަވަރު" ނަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތް ކުރިއަށްދާނީ އެދުވަހުގެ ހަވީރު 4 ކުން 6 ކަށް ޤައުމީ ޔުނިވަރސިޓީގެ ހޮސްޕިޓާލިޓީ ފެކަލްޓީގައެވެ.

މި މުބާރާތް ކުރިއަށްދާގޮތަށް ބަލާއިރު، ދޮޅުގަޑިއިރުގެ ތެރޭގައި މުށިމަހާއި ފާނަ ހިމެނޭ ދެ ބާވަތެއްގެ ކެއުމެއް ތައްޔާރުކުރުމަށް ބޭނުންވާ މަސް މިނިސްޓްރީން ފޯރުކޮށްދޭނެއެވެ. މިއީ މަސްވެރިންގެ ދުވަހާ ގުޅިގެން ބާއްވާ ހަރަކާތްތަކުގެ ތެރޭގައި ކެއްކުމުގެ މުބާރާތެއް ބާއްވާ ފުރަތަމަ ފަހަރެވެ. މިފަދަ މުބާރާތެއް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަމަށް މަސްވެރިކަން ހިއްސާކުރާ މިންވަރު ފާހަގަކުރުމާއި ކެއިންބުއިމުގެ އާދަކާދަތަކަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން، ތަފާތު އައު ބާވަތްތަކުގެ މަހުގެ އުފެއްދުންތައް އުފައްދާ ބޭނުންކުރުމުގެ މުހިއްމުކަން އަންގައިދިނުންކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ބުނެއެވެ.

މުބާރާތުގެ ވަނަތަކަށް ކަނޑައެޅިފައިވާ އިނާމު:

1 ވަނަ – 10،000 ރުފިޔާ

2 ވަނަ – 7،000 ރުފިޔާ

3 ވަނަ – 5،000 ރުފިޔާ

މި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ އަންނަ އަންގާރަދުވަހުގެ 18:00 އާ ހަމަޔަށެވެ.

މިފަހަރުގެ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާ އިތުރު ހަރަކާތްތަކުގެ ތެރޭގައި ޑިސެމްބަރުމަހުގެ 6 ވަނަ ދުވަހު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މަސްރޭހާއި، ޑިސެމްބަރުމަހުގެ 12 ވަނަ ދުވަހު ދަރުބާރުގޭގައި ކުރިއަށްގެންދާ މަސްވެރިންގެ ފޯރަމާއި، ޑިސެމްބަރު 14 ވަނަ ދުވަހު ދަރުބާރުގޭގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ އާޓް އެގްޒިބިޝަނުގެ އިތުރުން، 13 ވަނަ ދުވަހު ސެންޓްރަލްޕާކްގައި ކުރިއަށްގެންދާ ކުޑަކުދިންގެ ހަވީރު ފާހަގަކޮށްލެވެއެވެ.

މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ހައްސަ ޖަލްސާ އޮންނާނީ ޑިސެމްބަރު 13 ވަނަ ދުވަހުގެ ރޭ ދަރުބާރުގޭގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.