ހުޅުމާލޭ ކަންނެލި ޖެޓީގައި އަޅާފައިވާ މަސްދޯނިތަކެއް... ފޮޓޯ/ ވޮއިސް
ހަބަރު
03 Dec 2024 | 08:19
ހުޅުމާލޭ ފަޅުތެރޭގައި އިއްޔެ ނިޔާވެފައި އޮއްވާ ފެނުނީ، މަސްދޯންޏެއްގެ މީހެއް

ހުޅުމާލޭ  ފަޔާ ސްޓޭޝަނާ ދިމާލު މޫދުން އިއްޔެގެ ވަގުތެއްގައި މަރުވެފައި އޮއްވާ ފެނިފައިވަނީ، އެހިސާބު ކަންނެލި ޖެޓީގައި އޮތް މަސްދޯންޏެއްގެ މީހެއްކަން ވޮއިސްއަށް އެނގިއްޖެއެވެ.

އިއްޔެ ހުޅުމާލޭ ފަޔާ ސްޓޭޝަނާ ދިމާލު މޫދުގައި މަރުވެފައި އޮތް މީހަކު ފެނިފައިވާކަމުގެ މައުލޫމާތު ފުލުހުން ވަނީ މީޑިއާތަކާ ހިއްސާކޮށްފައެވެ. އެއީ ފިރިހެނެއް ކަމަށާއި، އެމީހާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފައި ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު މައުލޫމާތު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ވޮއިސް އިން ބެލިބެލުމުން އެނގުނު ގޮތުގައި އިއްޔެ މަރުވެފައި އޮއްވާ ފެނިފައިވަނީ، މ.މަޑުއްވަރިއަށް ނިސްބަތްވާ އިބްރާހިމް ޖިނާހެވެ. އުމުރުން 36 އަހަރުގެ ޖިނާހަކީ މަހަށްދާ ދޯންޏެއްގައި އުޅޭ މީހެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޖިނާހު ދޯނީގައި ހުރެފައި އެއްގަމަށް ފައިބާފައިވަނީ 29 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. އޭރު ދޯނި އަޅާފައި އޮތީ ޖެޓީގެ ބޭރުގައެވެ. ޖިނާހު ފޭބިކަމަށް ވަނީ ޑިންގީއެއްގައެވެ. މި މައުލޫމާތު ވޮއިސްއަށް ލިބުނީ ޖިނާހުގެ ގާތް މީހުންގެ ފަރާތުންނެވެ.

ޖިނާހު އެއްގަމަށް ފޭބުމަށްފަހު އަނބުރާ ދޯންޏަށް އަރަންވެގެން ޑިންގީއެއް ހޯދަން ދޯނީގެ ބައެއް މީހުންނަށް، އެ ރޭގެ 12 ޖަހަން ކައިރިވެފައި ހުއްޓައި ގުޅާފައިވާއިރު، ފަހުން ދޯނި މީހުން ގުޅިއިރު، އޭނާގެ ހަބަރެއް ވެފައެއް ނުވެއެވެ. ޖިނާހު ދޯނީގެ މީހުންނާ ގުޅިތާ ކުޑައިރުކޮޅެއްގެ ފަހުން އޭނާގެ ފޯނު އޮތީ ނިއްވާލާފައެވެ.

ހުޅުމާލެ ކަންނެލިޖެޓީ ސަރަހައްދު.މި ހިސާބުގައި ސީސީޓީވީ ކެމެރާ ހަރުކޮށްފައެއް ނުހުރޭ.. ފޮޓޯ/ވޮއިސް

ވޮއިސްއިން ހޯދި މައުލޫމާތުތަކުން އެނގުނު ގޮތުގައި ޖިނާހުގެ ހަބަރެއް އެންމެފަހުން ނުވަނީ، އޭނާ ދޯންޏަށް އެރުމަށް އެރޭ ދަންވަރު ޖެޓީއަށް އައި ހިސާބުންނެވެ. ޖިނާހު ޖެޓީއަށް އައިކަން އެނގެނީ އެހިސާބު މޫދުން އޭނާ ފެނިފައިވާތީއެވެ.

ވޮއިސް އިން މިހާތަނަށް ބެލިބެލުމުން އެނގުނު ގޮތުގައި ކަންނެލި ޖެޓީ ސަރަހައްދުގައި ސީސީޓީވީ ކެމެރާއެއް ނުހުރެއެވެ. 

ކޮމެންޓް
ޖާނޭ
ކޮންމެހެންވެސް ކަންނެލި ޖެޓީ ސަރަހައްދުގައި ސިސިޓި ވީ ކެމެރާހުންނަންޖެހޭ
03 Dec 2024
ގުޅޭ ލިޔުންތައް
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ