މާލޭ ސިޓީ ކައުންސިލްގެ ޤުރުއާން މުބާރާތް-- ފޮޓޯ: މާލޭ ސިޓީ ކައުންސިލް
ހަބަރު
03 Dec 2024 | 10:23
މާލޭ ސިޓީ ކައުންސިލްގެ ޤުރުއާން އަދި މަދަޙަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

މާލޭ ސިޓީ ކައުންސިލް އިން އިންތިޒާމްކޮށްގެން އަންނަ އަހަރުގެ ރަމަޟާން މަހު ބާއްވާ ޤުރުއާނާއި މަދަޙަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ، 1446 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހު، އެ ކައުންސިލުން ބާއްވަން ހަމަޖެހިފައިވާ ކީރިތި ޤުރްއާން ކިޔެވުމާއި މަދަޙަ ކިޔުމުގެ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު 30 ނޮވެންބަރު 2024 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހަމަވެފައިވާކަމަށެވެ.

އެހެންނަމަވެސް، އެހެން ނަމަވެސް ބައެއް ފަރާތްތަކުން މުއްދަތު އިތުރުކޮށްދިނުމަށް އެދެމުންދާތީ 2 ޑިސެންބަރު 2024 ވަނަ ދުވަހުން ފެށިގެން 11 ޑިސެންބަރު 2024 ވަނަ ދުވަހުގެ ނިޔަށް މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް އެކައުންސިލުން ބުނެއެވެ.

މާލޭ ސިޓީ ކައުންސިިލުން ބުނީ،  ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތް ބަލައިގެން ކިޔެވުމުގެ ގޮތްޕާއި ނުބަލައި ކިޔެވުމުގެ ގޮތްޕަށް ބަހާލެވިފައިވާއިރު،  ކޮންމެ ގޮތްޕެއްގައި ވެސް 3 އުމުރުފުރާ ހިމެނޭނެކަމަށެވެ.  އެއީ 6 އަހަރުން ދަށާއި، 9 އަހަރުން ދަށާއި 11 އަހަރުން ދަށާއި، 13 އަހަރުން ދަށާއި، 16އަހަރުން ދަށާއި، 19އަހަރުންދަށްކަމަށާއި، އުމުރު ފުރާ ކަނޑައެޅުމުގައި ބަލާނީ 1 ޖަނަވަރީ 2024 އަށް ދަރިވަރަށް ފުރޭ އަހަރަށްކަމަށް ކައުންސިލުން ބުނެއެވެ.

މި މުބާރާތުގެ 6 އަހަރުން ދަށުގެ އުމުރުފުރާގެ ދަރިވަރުންގެ ކިޔެވުމަށް އިންސާފުކުރާ ގޮތަށް ހަމަޖެހިފައެއްނުވިނަމަވެސް އެ ނޫން ކޮންމެ އުމުރުފުރާއަކުން އެންމެ މޮޅު 5 ދަރިވަރުން ހޮވޭނެކަމަށާއި، ކޮންމެ އުމުރުފުރާއަކުން އަދި ކޮންމެ ގޮތްޕަކުން 1 ވަނަ ، 2 ވަނަ 3 ވަނަ ހޮވާނެކަން ފާހަގަކުރަމުން ކައުންސިލުން ބުނީ، މި ވަނަތައް ހޮވޭނީ ދެ ގޮފި ވަކިންކަމަށާއި، ކޮންމެ ގޮތްޕަކުން އެންމެ މޮޅު 5 ދަރިވަރުން ހޮވާނެކަމަށެވެ.

މާލޭ ސިޓީ ކައުންސިލުގެ ޤުރުއާން މުބާރާތުގައި ކޮންމެ ދަރިވަރަކަށް ވެސް ބައިވެރިވެވޭނީ އެއް ގޮފީގައެވެ.

މިމުބާރާތުގެ ވަނަވަނައަށް އަންނަ ދަރިވަރުންނަށް ކަނޑައެޅިފައިވާ އިނާމުތަކަކީ:

ޤުރުއާން މުބާރާތުގެ ކޮންމެ އުމުރުފުރައެއްގެ ކޮންމެ ގޮއްޕަކުން:

1) 1 ވަނަ   -/7000ރ، ޓްރޮފީއާއި ސެޓްފިކެޓް

2) 2 ވަނަ -   /5000ރ، ކްލާކާއި ސެޓްފިކެޓް

3) 3 ވަނަ   -/3000ރ، ކްލާކާއި  ސެޓްފިކެޓް

ޤުރުއާން މުބާރާތުގެ ކޮންމެ ގޮއްޕަކުން މުޅި މުބާރާތުން:

1) 1 ވަނަ -/10000ރ ޓްރޮފީ އާއި ސެޓްފިކެޓް

2) 2 ވަނަ -/7000ރ، ޓްރޮފީ އާއި ސެޓްފިކެޓް

3) 3 ވަނަ  -/5000ރ، ޓްރޮފީ އާއި ސެޓްފިކެޓް

މާލޭ ސިޓީ ކައުންސިލްގެ މަދަހަ މުބާރާތައި ބެހޭ ގޮތުން އެކައުންސިލުން ބުނީ، މަދަޙަ މުބާރާތު ގައި ބައިވެރިވެވޭ ޢުމުރުފުރާތަކަކީ ވެސް 6 އަހަރުން ދަށާއި، 9 އަހަރުން ދަށާއި 11 އަހަރުން ދަށާއި، 13 އަހަރުން ދަށާއި، 16އަހަރުން ދަށާއި، 19 އަހަރުންދަށްކަމަށާއި، އުމުރު ފުރާ ކަނޑައެޅުމުގައި ބަލާނީ 1 ޖަނަވަރީ 2024 އަށް ދަރިވަރަށް ފުރޭ އަހަރަށް ކަމަށެވެ.

ޤުރުއާން މުބާރާތެކޭ އެއްފަދައިން މި މުބާރާތުގެ 6 އަހަރުން ދަށުގެ އުމުރުފުރާގެ ދަރިވަރުންގެ މަދަޙަ ކިޔުން އިންސާފުކުރާ ގޮތަށް ހަމަޖެހިފައެއްނުވިނަމަވެސް، އެ ނޫން  ކޮންމެ އުމުރުފުރާއަކުން އެންމެ މޮޅު 5 ދަރިވަރުން ހޮވޭނެކަމަށާއި، ކޮންމެ އުމުރުފުރާއަކުން،  1 ވަނަ ، 2 ވަނަ  3 ވަނަ އާއި މުޅި މުބާރާތުން 1 ވަނަ 2 ވަނަ 3 ވަނަ ހޮވޭނެކަމަށް އެ ކައުންސިލުން މައުލޫމާތުދެއެވެ.

މަދަޙަ މުބާރާތުގެ ކޮންމެ އުމުރުފުރާއަކުން:

1) 1 ވަނަ -/7000ރ، ޓްރޮފީއާއި ސެޓްފިކެޓް

2) 2 ވަނަ -/5000ރ، ކްލާކާއި ސެޓްފިކެޓް

3) 3 ވަނަ -/3000ރ، ކްލާކާއި ސެޓްފިކެޓް

މަދަޙަ މުބާރާތުގެ މުޅި މުބާރާތުން:

1) 1 ވަނަ -/10000ރ ޓްރޮފީ އާއި ސެޓްފިކެޓް

2) 2 ވަނަ -/7000ރ، ޓްރޮފީ އާއި ސެޓްފިކެޓް

3) 3 ވަނަ  -/5000ރ، ޓްރޮފީ އާއި ސެޓްފިކެޓް

މުބާރާތުގައި ބައިވެރިވާން ބޭނުންވާ ދަރިވަރުންނަށް https://quranmadhaha.malecity.gov.mv  މި ލިންކުން އެޕްލިކޭޝަން ހުށަހެޅުމަށް މާލޭ ސިޓީ ކައުންސިލުން ހުޅުވާލާފައިވަނީ 18 ނޮވެމްބަރ 2024 ގެ ހެނދުނު 09:00 އިން ފެށިގެން 30 ނޮވެމްބަރ 2024 14.00 ގެ ނިޔަލަށެވެ.


ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.