ވަޒީރު ޒަމީރު މަޖިލީހުގެ ޖަލްސާއެއްގައި: ފޮޓޯ/ މަޖިލިސް
ހަބަރު
03 Dec 2024 | 10:49
އައިއެމްއެފާއި ރޭޓިން އެޖެންސީ ތަކުންވެސް ރާއްޖެ ބަނގުރޫޓުވާ ވާހަކަ މިހާރު ނުދައްކާ: ޒަމީރު

މީގެ ކުރިން ބައިނަލްއަޤުވާމީ މާލީ އިދާރާތަކުން ރާއްޖެ ބަނގުރޫޓުވުމުގެ ހާލަތު އެބައޮތްކަމަށް ބުނި ނަމަވެސް މިހާރު އެފަދަ އިންޒާރުތައް ރިޕޯޓުތަކުގައި ނުހުންނާނެކަމަށް ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ޒަމީރު ހާޒިރުކޮށް ސުވާލުކުރުމަށް ހުޅުވާލެވުނު ފުރުސަތުގައި ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ) ވަނީ ރައީސް މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި އިރު، ދައުލަތުގެ ދަރަނީގެ ގޮތުގައި އޮތް ވަރާއި، އެއީ ދައުލަތުގެ އާމްދަނީގެ ކިހާ އިންސައްތައެއްތޯ ސުވާލު ކުރައްވާފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން، ޒަމީރު ވިދާޅުވީ ވެރިކަމާއި ހަވާލުވިއިރު ރާއްޖޭގެ ޖުމްލަ ދަރަނީގެ ގޮތުގައި 124 ބިލިއަން ރުފިޔާ އޮތް ކަމަށެވެ. އަދި އެ ދަރަނީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން އުފެއްދި ދަރަނިކަމުގައި ޒަމީރު ވިދާޅުވި އެވެ. 

އެހެން ކަމުން، އަންނަ އަހަރުގެ ބަޖެޓު ފަރުމާކޮށްފައި ވަނީ ރައްޔިތުންނަށް ދޭން ޖެހޭ ހުރިހާ ހިދުމަތެއް ހިމަނައިގެން ކަމަށެވެ.

ޑިޔުވާ ހުރިހާ ދަރަންޏެއް ދައްކަން އުޅެ އަދި ރައްޔިތުންނަށް ޚިދުމަތް މަސައްކަތްކޮށްފި ނަމަ، އައިއެމްއެފްގެ ރިޕޯޓްގައި އޮތް ގޮތަށް ރާއްޖެ ބަނގުރޫޓް ވާނެ

މޫސާ ޒަމީރު

އެހެން ނަމަވެސް، ރައީސް މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެން ކުރެވުނު މަސައްކުގެ ތެރެއިން، ރާއްޖެ ބަނގުރޫޓް ވުމުގެ ބިރުން ސަލާމަތްވެފައިވާ ކަމަށް ޒަމީރު ވިދާޅުވުއެވެ.

ރައީސް މުއިއްޒު މިހާރު މަސައްކަތް ކުރައްވައިގެން، ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދެވޭ ގޮތަށް ބަޖެޓު ފޯމިއުލޭޓުކޮށް.. އަދި މިހާރު ހުރި ބައެއް ދަރަނި .. މިސާލަކަށް ޑިއުވާ ހުރިހާ ދަރަންޏެއް ދައްކަން އުޅެ އަދި ރައްޔިތުންނަށް ހިދުމަތް ދޭން މަސައްކަތްކޮށްފިއްޔާ އައިއެމްއެފްގެ ރިޕޯޓުގައި އޮތް ގޮތަށް އަޅުގަނޑުމެން ހަމަ ބަނގުރޫޓުވާނެ.. އެ ސިނާރިއޯއިން ރާއްޖެ ނެރެ، ރެވެނިއު ސްޓްރީމްތައް ރަނގަޅުކޮށް އަދި ހަރަދުތައް ރެޝަނަލައިޒްކޮށް ދަރަނީގެ މުއްދަތު އިތުރުކޮށް ބައިލެޓްރަލްކޮށް މަސައްކަތްކޮށް ރަހުމަތްތެރި ގައުމުތަކާއި އެކު މަސައްކަތް ކުރައްވައިގެން އެ ހުރިހާކަމެއް ހުރީ ހަމަޖެހިފައި.. ދަރަނި ތަކުން ސަލާމަތް ވުމަށް ރައީސް ހުރީ ގިނަ ޕްލޭންތަކެއް ކުރައްވައިގެން. އެހެންވީނާ ރާއްޖެ ބަނގުރޫޓް ވުމުގެ ހާލަތުން މިވަނީ ސަލާމަތް ވެފައި

މޫސާ ޒަމީރު

އެހެންކަމުން، ބައިނަލްއަޤުވާމީ މަލީ އިދާރާތަކުން މީގެ ކުރިން ރާއްޖެ ބަނގުރޫޓުވެދާނެކަމުގެ ބަސްތައް ބޭނުން ކުރަމުން ދިޔަ ނަމަވެސް، މިހާރު އެ ރިޕޯޓުތަކުގައި އެވާހަކަ ނުހުންނަކަމަށް ޒަމީރު ވިދާޅުވި އެވެ.

”މިސާލަކަށް އިއްޔެވެސް ރޭޓިންގ އެޖެންސީ ތަކުންވެސް ވާހަކަ ދެއްކި އިރު ބުނެފި، ހަރަދު ކުޑަކުރާށޭ ހަރަދު ކުޑަކުރާށޭ. އެކަމަކު ރާއްޖެ، ބަނގުރޫޓް ވުމުގެ ވާހަކަ ދެއްކުން މިހާރު ހުއްޓިއްޖެ. އެއީ ހަމަ ރައީސް މުޢިއްޒުގެ ހަރުދަނާ ސިޔާސަތުގެ ދަށުން“ ޒަމީރު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.