ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު --
ހަބަރު
03 Dec 2024 | 13:29
ޖިހާދުގެ މައްސަލަ ހައިކޯޓަށް ބަލައިނުގަންނަން ނިންމީ ރަނގަޅަށް: ފަނޑިޔާރުން

ކ. ފުށިދިއްގަރުފަޅު މައްސަލާގައި ކުރީގެ ނައިބު ރައީސް އަދި މިހާރު މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ ޗެއާޕާސަން އަބްދުالله ޖިހާދުގެ މައްޗަށް ކުރި ދައުވާ ހައިކޯޓުން ބަލައިނުގަަންނަން ރަޖިސްޓްރާ ނިންމި ނިންމުން ރަނގަޅުކަމަށް އެކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ވެސް ނިންމައިފިއެވެ.

ޖިހާދުގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައިވަނީ ފިނޭންސް މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު ފުށިދިއްގަރުފަޅު ސްޕެޝަލް ޓުއަރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ސޮއިކުރެއްވި މައްސަލައިގައެވެ.

އެއެއްބަސްވުމުގައި ސަރުކާރުގެ ހިއްސާގެ ގޮތުގައި 25 އިންސައްތަ އޮތްއިރު ސްޕެޝަލް ޓޫރިޒަމް ޒޯނެއްގައި ގޮތުގައި ތަރައްގީ ކުރާ ތަންތަނުގައި މަދުވެގެން ސަރުކާރުގެ 50 އިންސައްތަ ހިއްސާ އޮންނަން ޖެހޭނެ ކަމަށް ނެޝަނަލް ޕްލޭނިން ކައުންސިލުން ލަފާދީފައި އޮތްކަމަށް ދައުލަތުން ބުނެއެވެ.

މައްސަލަ ހައިކޯޓަށް ހުށަހެޅުމުން، އެ ކޯޓުން ވަނީ އިޖުރާއީ ނިންމުމުގައި ކޯޓަށް ހާޒިރުވުމުގެ އަމުރު ޖިހާދަށް ރައްދު ނުކުރެވޭކަމަށް ބަޔާންކޮށް، އޭނާ ކޯޓަށް ހާޒިރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްފަހު އަލުން ހުށަހެޅުމަށް 15 ދުވަހުގެ މުއްދަތެއްދީ، މައްސަލަ އަނބުރާ އަނބުރާ ޕީޖީ އޮފީހަށް ފޮނުވާލާފައެވެ. އޭގެ ފަހުން ޖިހާދުގެ މައްސަލަ އަލުން ހުށަހެޅުމަށް ޕީޖީއަށް އިތުރު ފުރުސަތެއް ދިނެވެ. އެ ފުރުސަތު ހަމަވީ އޮކްޓޯބަރު 13 ވަނަ ދުވަހަށެވެ.

ނަމަވެސް، ޕީޖީން ޖިހާދުގެ މައްސަލައިގެ އިސްތިއުނާފު އަލުން ހުށަހެޅީ އެ ކޯޓުން ދިން މުއްދަތުގެ ދެ ދުވަސް ފަހުން ކަމަށްވާތީ، އެ މައްސަލަ އެ ކޯޓަށް ބަލައިނުގަތުމަށް ހައި ކޯޓުން ވަނީ ނިންމާފައެވެ.

އެއާއެކު ޕީޖީ އޮފީހުންވަނީ ރަޖިސްޓްރަރގެ ނިންމެވުން ކޯޓުތަކުގެ ޤާނޫނުގެ 42 ވަނަ މާއްދާއާއި، ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާއާ ފުށޫއަރާކަމަށް ފެންނަ ކަމަށް ބުނެ، އެ ނިންމެވުން މުރާޖަޢާކޮށްދެއްވުން އެދި އޮކްޓޯބަރު މަހުގެ 30ގައި ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅައިފައެވެ.

އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން، ކޯޓަށް މައްސަލަ ބަލައިގަތުމަށް ފެންނަކަމަށް ވިދާޅުވި ހަމައެކަނި ފަނޑިޔާރަކީ ހަސަން ޝަފީއުއެެވެ.

ފަނޑިޔާރު ޝަފީއު ވިދާޅުވީ މައްސަލަ ހުށަހަޅަން ލަސްވި ނަމަވެސް އެއީ ބޭކާރު ލަސްވުމެއް ކަމަށް ނުބެލެވޭކަމަށެވެ.

ނަމަވެސް، ފަނޑިޔާރު ހުޒައިފާ މުޙައްމަދުގެ ރައުޔުގައިވަނީ މައްސަލަ ހުށަހެޅީ މުއްދަތު ފާއިތުވި ފަހުން ކަމަށެވެ. އެހެންކަމުން މުއްދަތަށް ހުށަހަޅައިފައިނުވާ ކަމަށް ބަަލައި، އިސްތިއުނާފް ބަލައި ނުގަތުމަށް ނިންމި ނިންމުން ބަދަލުކުރަން ޖާގަ އޮތްކަމަށް ނުފެންނަ ކަމަށެވެ.

އެ ރައުޔަށް ފަނޑިޔާރު ދީބާނާޒް ފަހުމީ ތާއީދުކުރެއްވިއެވެެ.

ކޮމެންޓް
ޠއިއްބެ
ވިދާޅުވާގަޑިއަށްހުށަނޭޅިއްޖެނަމަ މައްސަލަބަލައިގަތުމެއްނެތް އޭރުންދެންޢިސްލާމީޝަރީޢަތް ހިންގާނީކިހިނެއް
03 Dec 2024
ާއާދަމް
މައްސަލަ ހުށައެޅުން ލަސްވުމުގެ ސަބަބުން ދައުލަތައް ލިބެންޖެހޭ ފައިދާއެއް ގެއްލޭ ކަމަށް ޝައްކު ކުރެވޭ ނަމަ އިހުމާލުވި ފަރާތާ މެދު ފިޔަވަޅު އެޅެން ޖެހޭނެ
03 Dec 2024
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް