އެންސްޕާގެ ސީއީއޯ ހީނާ ވަލީދު-- ފޮޓޯ: ވޮއިސް
ހަބަރު
04 Dec 2024 | 09:02
ބަލިމީހެއްގެ އެހީގެ ތަފްސީލް ހާމަކުރެވުނީތީ އެންސްޕާއިން މައާފަށް އެދެފި

ބަލިމީހެއްގެ އެހީގެ ތަފްސީލް ހާމަކުރެވުނީތީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާއިން) މައާފަށް އެދެފިއެވެ.

އެންސްޕާއިން މައާފަށް އެދިފައިވަނީ އެ އެޖެންސީން އެހީ ނުދިންކަމަށް ބުނެ ސޯޝަލް މީޑިއާގައި ދޮގުމައުލޫމާތު ފެތެރުމާއި ގުޅިގެން އެންސްޕާއިން ނެރުނު ބަޔާނާއި ގުޅިގެން ނެރުނު ނޫސްބަޔާނެއްގައެވެ.

މިގޮތުން އެންސްޕާއިން ބުނީ އެ އެޖެންސީއަކީ ރާއްޖޭގެ ރައްޔިތުންގެ އިޖުތިމާއީ ރައްކާތެރިކަމަށާއި ރައްޔިތުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހިންގަމުންދާ އެޖެންސީއެއްކަމަށެވެ.

އެންސްޕާއިން ބުނީ އެ ބަޔާނަކީ އެ އެޖެންސީން ބަލި މީހަކަށް އެހީނުދިންކަމަށް ބުނެ ސޯޝަލް މީޑިއާގައި ދޮގު މައުލޫމާތު ފަތުރާ އެ އެޖެންސީ ބަދުނާމުވާ ގޮތަށް ފެތުރެމުންދިޔަ ވާހަކަތަކާއި ގުޅިގެން އެކަން ހިނގާފައިވާގޮތް ތަފްސީލު ކުރުމުގެ ގޮތުން ނެރެފައިވާ ބަޔާނެއްކަމަށެވެ.

މި ބަޔާނުގައި ބަލި މީހާގެ އެއްވެސް އައިޑެންޓިޓީއެއް ހިމަނާފައި ނުވި ނަމަވެސް، އެ ބަޔާނުގައި ބަލި މީހާއަށް އެ އެޖެންސީން ދީފައިވާ އެހީގެ މައުލޫމާތު ހިމެނިފައިވާތީ އެއީ އެންމެ ރަނގަޅު ގޮތް ނޫންކަމަށް ވާތީ އެފަދަ މައުލޫމާތެއް ހިމެނިފައިވާތީ އެންސްޕާއިން ވަނީ މައާފަށް އެދިފައެވެ.


ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.