އަލް މަވާސީ ސަރަހައްދަށް ދެވުނު ހަމަލާގައި އަނިޔާވެ ޝަހީދުވި މީހުން ހޯދުމުގެ މަސައްކަތް ކުރަނީ: ފޮޓޯ/ އަލްޖަޒީރާ
ދުނިޔެ
05 Dec 2024 | 07:36
ޣައްޒާގެ "ސޭފް ޒޯން" އަކަށް ”ބިރުވެރި“ ހަމަލާތަކެއް؛ އެތައް މުސްލިމުންނެއް ދިރިހުއްޓާ އަންދާލައިފި

ޣައްޒާގެ އަލް-މަވާސީ ސަރަޙައްދުގައި ހެދިފައިވާ "ސޭފް ޒޯން" އަށް ހައްދުފަހަނައަޅާފައިވާ އިސްރާއީލުގެ ސިފައިން ދިން ނިރުބަވެރި ހަމަލާއެއްގައި މަދުވެގެން 20 މީހުން ޝަހީދުވެ، އެތައް ބަޔަކު ޒަޚަމްވެއްޖެއެވެ. އަލްޖަޒީރާގެ ނޫސްވެރިޔާ ހާނީ މަޙްމޫދު ވިދާޅުވި ގޮތުގައި މި ހަމަލާގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން މުސްލިމުންތަކެއް ވަނީ ދިރިތިއްބާ އަންދާލާފައެވެ.

ރޭގެ ވަގުތެއްގައި ޑްރޯންތަކާއި ފައިޓާ ޖެޓްތައް މެދުވެރިކޮށް ދިން މި ހަމަލާ ތަކުގައި، އަލް މަވާސީ ސަރަހައްދުގައި ހުރި ޓެންޓުތަކުގައި ރޯވެ، ފަސޭހަ ކަމާއެކުގައި އަލިފާންގަޑު ވަނީ ފެތުރިގެން ގޮސްފައެވެ. 

އެއާއެކު ޓެންޓު ތަކުން ފެނިގެންދިޔައީ ”ބިރުވެރި“ އަދި ހިތްދަތި މަންޒަރު ތަކެއް ކަމަށް މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުންދިޔަ މީހުންނާއި ހަވާލާދީ އަލްޖަޒީރާގެ ނޫސްވެރިޔާ ހާނީ މަޙްމޫދު ބުނެފައި ވެއެވެ.

އެގޮތުން، ހަމަލާގެ ޝިކާރައަކަށްވި ބައެއް މީހުން "ދެނެގަންނަން ނޭނގޭ ވަރަށް" އަނދައިގެން ގޮސްފައިވާ ކަމަށާއި އަނެއްބައި މީހުން "ކުދިކުދިވެ އެތިކޮޅުކޮޅަށް“ ވެފައިވާ ކަމަށް ބުނެފައިވެއެވެ.

މި ހަމަލާއާ ގުޅިގެން ބޮޑެތި އަލިފާނުގެ ހާދިސާތަކެއް ހިނގައި، ސިވިލް ޑިފެންސްގެ އެތައް ޓީމެއް މި އަލިފާން ނިއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ހާނީ މަޙްމޫދު ވިދާޅުވިއެވެ.

މިއީ އިސްރާއީލުން ފަލްސްތީނުގެ މުސްލިމުންގެ އަތުން ބިން ފޭރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، އެމީހުން އިސްތިއުމާރު ކުރަމުންދާ ސަރަހައްދުތައް ދޫކޮށް ”ސޭފް ޒޯން“ އަށް ދިޔުމަށް ޣައްޒާގެ މުސްލިމުންނަށް އެންގުމަށްފަހު، އެ ސޭފް ޒޯނަށް ޣައްޒާގެ މުސްލިމުން ޖަމާވުމުން ދިން މިފަދަ ފުރަތަމަ ހަމަލާއެއް ނޫނެވެ. 

މީގެ ކުރިންވެސް ނިރުބަވެރިން ވަނީ، 10 ”ސޭފް ޒޯން“ އަކަށް ހަމަލާދީ އެއްފަހަރާ އެތަކެއް މުސްލިމުން ޝަހީދުކޮށް އަންދާލާފައެވެ. އެހެން ކަމުން، ޣައްޒާގައި މިވަގުތު ”ސޭފް“ ނުވަތަ ރައްކާތެރި އެއްވެސް ސަރަހައްދެއް ނެތެވެ.

އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 44،532 ފަލަސްތީނުގެ މުސްލިމުން ވަނީ ޝަހީދުވެފައެވެ. މީގެ ތެރޭގައި އެންމެ ގިނައީ 17،492 ކުޑަކުދިންނެވެ. މީގެ އިތުރުން 105،538 މީހުން ވަނީ ޒަޚަމްވެފައެވެ. އަދި 11،000 އަށްވުރެ000 އަށްވުރެ ގިނަ މީހުން ވަނީ ގެއްލިފައެވެ.

އިސްރާއީލުން ދަނީ ދެކުނު ލެބަނަންއަށް ވެސް ހަމަލާ ދެމުންނެވެ. ހިޒްބުއްލާއާއެކު ހަދާފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އައުމަށްފަހުވެސް، މަޖްދަލް ޒޫން ސަރަޙައްދުގައި ހުރި ކަމަށް ބުނާ މިސައިލް ދޫކުރާ ތަނަކަށް ހަމަލާ ދިން ކަމަށް އިސްރާއީލުން ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
05 Oct 2026
34 ހާސް ރުފިޔާއަށް ގަނެވެން އޮތް އެއްޗެއް އެކުއެޓޯރިއަލް ހޮސްޕިޓަލުން ގަތީ 1.7 މިލިއަން ރުފިޔާއަށް
އޮޑިޓުން އެނގޭ ގޮތުގައި ބޮޑުއަގުގައި އެއްޗެހި ގަތް އެ މައްސަލަ އޭސީސީއަށްވެސް ވަނީ ހުށަހަޅާފައެވެ. އަދި ކޮމިޝަނުން ދަނީ މި މައްސަލަ ބަލަމުންނެވެ. އޮޑިޓް އޮފީހުން ވަނީ މި މައްސަލަ ބަލައި ނުނިމެނީސް އެތަކެތި ސަޕްލައިކޮށްދިން ފަރާތުން ހުށަހެޅި އެއްވެސް ބިލަކަށް ފައިސާ ނުދެއްކުމަށްވެސް އެދިފައެވެ.
05 Oct 2026
މާލޭގައި ބަނގުރާ ވިޔަފާރިކުރި އިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފި
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.