ފްރާންސްގެ ބޮޑުވަޒީރު މިޝެލް ބަރނިއޭ-- ފޮޓޯ: ރޮއިޓާސް
ދުނިޔެ
05 Dec 2024 | 10:29
60 އަހަރަށް ފަހު ފްރާންސްގައި ބޮޑު ވަޒީރުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި މަގާމުން ދުރުކުރަނީ

60 އަހަރަށް ފަހު ފްރާންސްގައި އެގައުމުގެ ބޮޑު ވަޒީރުކަމުގެ މަގާމުގައި ހުންނެވި ބޭފުޅެއްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި މަގާމުން ދުރުކުރަން ފާސްކޮށްފިއެވެ.

ފްރާންސްގެ ބޮޑުވަޒީރު މިޝެލް ބަރނިއޭގެ ސަރުކާރުގެ އިތުބާރު ނެތްކަމުގެ ވޯޓެއް އެގައުމުގެ ނެޝަނަލް އެސެމްބްލީގައި ނަގާފައިވާއިރު، ފްރާންސްގެ 577 ގޮނޑީގެ ޕާލިމެންޓުގެ ދަށު މަޖިލީހުގައި 331 މެންބަރުން ވޯޓުދީފައިވަނީ 73 އަހަރުގެ ބަރނިއޭގެ މެދުމިނުގެ މައިނޯރިޓީ ސަރުކާރު މަގާމުން ދުރުކުރުމަށެވެ.

ފްރާންސްގެ ސަރުކާރާއި އިދިކޮޅު ޕާޓީތައް އެއްބައިވެ މި މޯޝަން ފާސްކުރީ ބަރނިއޭ ބާރުގެ ބޭނުންކޮށްގެން ބަޖެޓާއި ބެހޭ ކަންތައްތަކެއް ޕާލިމެންޓުގެ ވޯޓަކާ ނުލައި ފާސްކުރުމުންނެވެ.

ވޯޓަށްފަހު، ޕާލިމެންޓުގެ ސްޕީކަރު ޔާއެލް ބްރޯން-ޕިވެޓް ވަނީ ބަރނިއޭ މިހާރުން މިހާރަނަށް އިސްތިއުފާ ހުށަހަޅަންޖެހޭނެ ކަމަށް ރައީސް އެމެނުއެލް މެކްރޯންއަށް އަންގައި، ޖަލްސާ ނިންމާލާފައެވެ.

ޔޫރަޕިއަން ޔޫނިއަންގެ ކުރީގެ ބްރެގްޒިޓް ނެގޯޝިއޭޓަރ، ބަރނިއޭ އަކީ ރައީސް އެމެނުއެލް މެކްރޯން އަމިއްލަފުޅަށް މިއަހަރުގެ ސެޕްޓެމްބަރު މަހު ބޮޑުވަޒީރުކަމަށް އައްޔަންކުރެއްވި ފަރާތެކެވެ. އޭނާގެ ސަރުކާރަކީ 60 އަހަރަށްވުރެ ގިނަ މުއްދަތަކަށްފަހު ފްރާންސްގައި އިތުބާރު ނެތްކަމުގެ ވޯޓަކުން ވައްޓާލެވުނު ފުރަތަމަ ސަރުކާރެވެ.


ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.