އެމްޑީޕީ ހަރުގެ ޖަލްސާގައި ފައްޔާޒް. ފޮޓޯ/އެމްޑީޕީ
ހަބަރު
05 Dec 2024 | 23:11
އެމްޑީޕީއަކީ މީހުން ވެރިކަމުން ބާލާ ޕާޓީއެއްނޫން: ފައްޔާޒް

އެމްޑީޕީއަކީ ވެރިކަމުން މީހުން ބާލާ ޕާޓީއެއް ނޫންކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ހަރުގޭގައި މިރޭ ބޭއްވި، "ގާނޫނުއަސާސީގެ ދިފާއުގައި ބާއްވާ ބޮޑު ސައްލާ" ޖަލްސާގައި ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު، ކަންކަން ކުރަމުންގެންދަނީ ވައުދުވިގޮތާ މުޅިން އިދިކޮޅަށް ކަމަށާއި ސަރުކާރު ޒިއްމާދާރުކުރުމަށް މިހާތަނަށް ދެއްކި އެއްވެސް ވާހަކައެއްގެ އަޑު ނޭހިކަމަށެވެ. ފައްޔާޒު ވިދާޅުވީ ސަރުކާރާ ދޭތެރޭ ރައްޔިތުންތިބީ ވަރަށްބޮޑަށް މާޔޫސްވެފައި ކަމަށާއި، އެކަން ރައްޔިތުންނާ ދިމާވެ ކުރިމަތިކުރުވާ ސުވާލުތަކުން ވަރަށް ރަނަގޅަށް ދޭހަވާކަމަށެވެ.

ރައްޔިތަކާ ކޮންމެ ތަނަކުން ބައްދަލުވިނަމަވެސް ގިނަ މީހުން ދައްކަނީ ސަރުކާރު ބާލަންޖެހޭ ވާހަކަކަމަށް ފައްޔާޒް ވިދާޅުވިއެވެ. ފައްޔާޒު ވިދާޅުވީ އެމްޑީޕީއަކީ މީހުން ވެރިކަމުން ބާލާ ޕާޓީއެއް ނޫންކަމަށާއި، އެޕާޓީއަކީ މީހުން ހަމަމަގަށް އަޅުވާ ޕާޓިއެއްކަމަށެވެ. 

އަޅުގަނޑުމެން މަގުމަތިންދާއިރުގަ، މިސްކިތަކަށް އަރާއިރުގަ، ހޮޓަލަކަށް ވަންނައިރުގަ، މުސްކުޅި އުމުރުން ފެށިގެން އައިސް ޒުވާނުންނަށް ދަންދެން މިބުނަނީ ބަލަ މިމީހުން ވެރިކަމުން ބާލަންޖެހޭއޭ. އާދެ އަޅުގަނޑުމެން އެބަ ދަންނަވަން އަޅުގަނޑު މެންނަކީ މީހުން ވެރިކަމުން ބާލާބައެއް ނޫނޭ. އަޅުގަނޑުމެންނަކީ ހަމަމަގަށް މީހުން އަޅުވަން އުޅޭ ވބައެކޭ

ފައްޔާޒް ވިދާޅުވިއެވެ

އެމްޑީޕީން ކުރަމުންގެންދާ މަސައްކަތަކީ ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ޖަވާބުދާރީކުރުވުމުގެ މަސައްކަތް ކަމަށާއި، އެޕާޓީން އެކަން ކުރާނޭކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާކަމަށެވެ. އެއީ ޖަލްސާ ބާއްވައިގެން ކަމުގައި ވީނަމަވެސް އަދި މަގު މައްޗަށް ނިކުމެ މުޒާހަރާކުރަންވިއަސް އެކަން ރައްޔިތުންގެ ހައްގުގައި ކުރާނޭކަމަށް ފައްޔާޒް ވިދާޅުވިއެވެ.

އެމްޑީޕީން މިރޭ ބޭއްވި ޖަލްސާގެ ތެރެއިން... ފޮޓޯ/އެމްޑީޕީ

ފައްޔާޒް ވިދާޅުވީ، ސަރުކާރު ޒިއްމާދާރުކުރުވުމަށް އެމްޑީޕީން ކުރާ މަސައްކަތްތަކުގައި ރައްޔިތުންގެ އެއްބާރުލުން ބޭނުންވާނޭ ކަމަށާއި އެކަންކަމުގައި ދެމިތިބެވޭނީ ރައްޔިތުންގެ އެއްބާރުލުމާއެކުގައިކަން ފައްޔާޒް ފާހަގަކުރެއްވިއެވެ.

އެމްޑީޕީން ވަނީ "ގާނޫނު އަސާސީގެ ދިފާއުގައި ރައްޔިތުން" ނަމުގައި ބޮޑު ޖަލްސާއެއް ޑިސެމްބަރުމަހުގެ 10 އެއްވާ އަންގާރަ ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ބޭއްވުމަށް ނިންމާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.