މާލޭގައި ހުކުރު ނަމާދު ކުރަނީ-
ދީން
06 Dec 2024 | 12:58
ނަމާދަށް ވަގުތު ހުސްކުރަންވީ ދުނިޔެވީ ގޮތުން ކުރާން ހުރި، ހުރިހައި ކަމެއް ނިމުމަކުން ނޫން: ޚުތުބާ

ނަމާދަށް ވަގުތު ހުސްކުރަންވީ ދުނިޔެވީ ގޮތުން ކުރާން ހުރި، ހުރިހައި ކަމެއް ނިމުމަކުން ނޫން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

”އަވަދިނެތިވުމަކީ ނަމާދު އެޅުމަށް އޮތް ޢުޛުރެއް ނޫން“ މައުޟޫއަށް މިއަދު އިއްވި ޚުތުބާގައި ފާހަގަކޮށްފައިވާ ގޮތުގައި، ނަމާދަކީ ކޮންމެ މުކައްލަފަކު ކުރުން ވާޖިބުވެގެންވާ އަޅުކަމެކެވެ. ރަށުގައި ޤާއިމުވެހުރި މީހާއާއި ދަތުރެއްގެމަތީގައިވާ މީހާއާއި ބަލި ތަންމަތީގައި އޮންނަ މީހާ ވެސް ކުރާން އަންގަވައިފައިވާ އަޅުކަމެކެވެ. މި އަޅުކަން ނުކުރެވޭނެ ހަމައެކަނި ޙާލަތަކީ ތިމާގެ ބުއްދި ފިލައިދިއުމެވެ.

”އެހެންކަމުން މި މަތިވެރި އަޅުކަމަށް އަހަރެމެން ވަގުތު ހުސްކުރަން ޖެހެނީ، ދުނިޔެވީ ގޮތުން ކުރާން ހުރި، ހުރިހައި ކަމެއް ނިމުމުން، ކުރާ ކަމެއްކަމުގައި އެއްވެސް ޙާލެއްގައި ދެކިގެންނުވާނެއެވެ.“ ޚުތުބާގައި ބުންޏެވެ. 

"އަޅާގެ ޢަމަލުތަކުގެ ތެރެއިން ޤިޔާމަތްދުވަހު އެންމެ ފުރަތަމަ ސުވާލުކުރެއްވޭނީ ނަމާދާ މެދުގައެވެ. ފަހެ، އެ ނަމާދު ރަނގަޅުވެއްޖެ ނަމަ، (އެބަހީ: އޭނާ ފުރިހަމަގޮތުގައި ރަނގަޅަށް ނަމާދުކޮށްފައިވާ ނަމަ) ހަމަކަށަވަރުން، އޭނާ ކާމިޔާބުވެ، ނަޖާވެއްޖެއެވެ. އަދި އެ ނަމާދު ފާސިދުވެއްޖެނަމަ، ފަހެ، ހަމަކަށަވަރުން، އޭނާ ނާކާމިޔާބުވެ، އަބާއްޖަވެރިވެއްޖެއެވެ.“

ހުކުރު ޚުތުބާ

ދިވެހީންނަކީ ޒަމާނުއްސުރެ ބުރަ މަސައްކަތްކޮށްގެން ޢާމްދަނީ ހޯދާ ބަޔެއްކަން ފާހަގަކޮށް، ދުވާލުގެ ގިނަ ވަގުތު ތަކުގައި އަވަދިނެތި ވަޒީފާތަކުގައި އުޅޭ ބަޔަކަށްވާތީ، ނަމާދުތަކަށް ސަމާލުކަން ދެވެނީ ކިހާ މިންވަރަކަށްތޯ ސުވާލުކުރާން ޖެހޭކަމަށް ހުތުބާގައި ބުންޏެވެ.

"މުސްލިމެއްގެ ހައިސިއްޔަތުން ތިމާ އެންމެ ބޮޑަށް އިސްކަން ދޭންޖެހޭނީ ނަމާދަށެވެ,"

ހުކުރު ޚުތުބާ

މިއަދު ގިނަ މީހުން ދުނިޔެވީ ކަންކަމުގައި މަޝްޣޫލުވެ ނަމާދާ މެދު ޣާފިލުވެތިބޭ ތަން ފެންނަ ކަމަށް ފާހަގަކޮށް، ރިޒުޤު ދެއްވާ ފަރާތަކީ الله سُبْحَانَهُ وَتَعَالَى ކަން ހުތުބާގައި ހަނދާންކޮށްދީފައިވެއެވެ.

މީގެ އިތުރުން، ކީރިތި ރަސޫލާ ޞޢވ ވަނީ ނަމާދު ކުރާން ވަރަށް ބޮޑަށް ބާރު އަޅުއްވައިފައިވާ ކަމަށާއި، ނަމާދުއަޅާ މީހާއާ މެދު އިންޒާރުކުރައްވައިފައިވާ ކަމަށް ޚުތުބާގައި ބުންޏެވެ.

"މަސައްކަތުގައި އަވަދިނެތި އުޅުމަކީ ތިމާ ނަމާދުތަކަށް ފަރުވާކުޑަކުރާން ޖެހޭ ސަބަބެއް ނޫނެވެ. ދިރިއުޅުމުގެ ބޭނުން ފުއްދުމަށް ޓަކައި ކޮންމެ ފަދަ މަސައްކަތެއް ކުރިކަމުގައި ވިއަސް ނަމާދު ވަގުތު ޖެހުމުން އެ ނަމާދުކުރާން އަވަސްވެގަންނާން ޖެހެއެވެ,"

ހުކުރު ޚުތުބާ

ފަރުޟު ފަސްނަމާދު އޭގެ ވަގުތުގައި އަދާކުރުމަކީ ތިމާގެ ޢަމަލުތައް ސީދާވެ ކުރާ މަސައްކަތުގައި ބަރަކާތް ލައްވާނެ ކަމެއްކަމަށް ބުނެ، ނަމާދުގެ ފައިދާތަކުގެ ތެރޭގައި ފާޙިޝްކަންތައްތަކާއި މުންކަރާތްތަކުން ދުރުހެލިކޮށްދިނުމާއި، ވަގުތަށް ކަމޭހިތުމާއި، އަމުރަށް ކިޔަމަންވުމާއި، الله އަށް ބިރުވެތި ވެ ޚުޝޫޢަތްތެރިވުން ފަދަ ކަންކަން ހިމެނޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި އިތުރަށް ބުނި ގޮތުގައި، ހުކުރުގެ ޖަމާޢަތަށް ސަމާލުކަން ދޭ ފަދައިން ފަރުޟުފަސް ނަމާދަށް ވެސް ސަމާލުކަން ދޭންޖެހެއެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ޢުމުރުން ދުވަސްވެފައިވާ މީހުން ނަމާދަށް ފަރުވާތެރިވާ މަންޒަރަކީ ނުހަނު އުފާވެރިކަން ހިތަށް ގެނުވާ މަންޒަރެއް ކަމުގައި ބުންޏެވެ. ނަމަވެސް، ޒުވާނުންނާއި ފުރާވަރުގެ ކުދީން މިސްކިތްތަކުން ފެންނަ ޢަދަދު މަދުވުމާމެދު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްކަމުގައި ވީހިނދު ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ވެސް މިސްކިތްތައް ވަރަށް ގިނަކަން ފާހަގަކުރިއެވެ. ނަމަވެސް އެ މިސްކިތްތަކަށް އަރައި ނަމާދުކުރާ މީހުންގެ ޢަދަދު މަދުވުމާމެދު ހިތާމަކުރާ ކަމަށް ބުންޏެވެ.

"ރީތި މިސްކިތްތަކެއް ކިތަންމެ ބައިވަރު އަދި ކައިރިކައިރީގައި ބިނާކުރެވުނަސް އެ މިސްކިތްތަކުގެ ފަޅުފިލުވާން އަރާނެ ބަޔަކު ނުވާ ނަމަ އެއީ އަހަރެމެން އެ ކަމާ ބިރުގަންނާން ޖެހޭނެ ކަމެކެވެ,"

ހުކުރު ޚުތުބާ

ނިންމާލަމުން، ކީރިތި ރަސޫލާގެ ޙަދީޘްފުޅެއް ނަންގަވައި، މިސްކިތްތައް ބިނާކުރުމުގައި އެއް ބަޔަކު އަނެއް ބަޔަކަށް ފަޚުރުވެރި ވެއްޖައުމަށްދާންދެން ޤިޔާމަތް ނުވާނެ ކަމަށް ހުތުބާގައި ބުންޏެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ