ޗިލީ ބީފް: ފޮޓޯ/ ގޫގުލް
ލައިފްސްޓައިލް
06 Dec 2024 | 09:05
މީރުކޮށް ޗިލީ ބީފް ހަދަން ބޭނުމިއްޔާ މި ރެސިޕީ ޓްރައި ކޮށްލާ

ހުކުރު ދުވަހު ކުކުޅުގެ ބަދަލުގައި ބައެއް ފަހަރު ފަހަރު ބީފް ތައްޔާރު ކޮށްލުމަކީވެސް ސުފުރާ މައްޗަށް ގެނެވިދާނެ ރަނގަޅު ބަދަލެކެވެ. އެހެން ކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ މީރުކޮށް ޗިލީ ބީފް ތައްޔާރު ކުރާނެ ގޮތުގެ ރެސިޕީއެވެ. ކިޔުންތެރިންނަށް ކަމުދާނެ ކަމަށް އުއްމީދު ކުރަމެވެ.

ބޭނުންވާ ތަކެތި

1 ކިލޯ ބީފް (ކުދިކޮށް ކިޔުބްކޮށް ކޮށާފައި/ ހިމަކޮށްދެ އިންޗި ދިގުމިނަށް) 

2 ސައި ސަމުސާ ލޮނުމެދު ޕޭސްޓް

1 1/2 ސައި ސަމުސާ އިނގުރު ޕޭސްޓް

1 ބެލްޕެޕަރ (ހިމަކޮށް ދިގުކޮށް ކޮށާފައި) 

2 ފިޔާ (ތުނިކޮށް ކޮށާފައި) 

2 ޓޮމާޓޯ (ކިޔުބް ކޮށް ކޮށާފައި) 

ކެރެޓެއްގެ 1/3 (ގާނާފައި/ތުނިކޮށް 2 އިންޗި ދިގުމިނަށް ކޮށާފައި) 

ހިކަނދިފަތް

ރާނބާފަތް

1 1/2 މޭޒުމަތީ ސަމުސާ ޓޮމާޓޯ ޕޭސްޓް

1 1/2 މޭޒުމަތީ ސަމުސާ ލޮނުމިރުސް 

1 ސައި ސަމުސާ މުގުރި އަސޭމިރުސް

1/4 ޖޯޑު ފްރައިޑް ޗިކަން ސޯސް 

1 މޭޒުމަތީ ސަމުސާ ސޮޔާ ސޯސް

1 ސައި ސަމުސާ އޮއިސްޓާ ސޯސް

ގިތެޔޮ މިރުސް (ކޮށާފައި)

3 ފެހިކުލައިގެ ތޮޅި މިރުސް ( މެދުން ފަޅާލާފައި)

ލޮނު

މަމީ ނޫޑްލްސް ސޫޕް ޕެކެޓެއް

ތެޔޮ 

ތައްޔާރު ކުރާނެ ގޮތް

1) ކޮށާފައި ހުރި ބީފް ގެ ތެރެއަށް 1 ސައިސަމުސާ ލޮނުމެދު ޕޭސްޓް، 1 ސައިސަމުސާ އިނގުރު ޕޭސްޓް، 1 ސައިސަމުސާ މުގުރި އަސޭމިރު، 1 ސައި ސަމުސާ ލޮނު އަދި 2 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް، އަޅާލުމަށްފަހު ރަނގަޅަށް އެކުލަވައި މޮޑެލާށެވެ. ދެން މަދުވެގެން 30 މިނެޓް ވަންދެން މެރިނޭޓް ކުރަން ބަހައްޓާށެވެ. 

2) ދެން ތެއްޔަކަށް ބީފް އެޅުމަށްފަހު މެދު ގިނީގައި މަތި ޖަހައިގެން ކައްކާށެވެ. ބީފް ކައްކާނީ ފެން ނާޅައި، ބީފްގެ ތެރެއިން ނުކުންނަ ފެނުންނެވެ. އެ ފެން ހިނދުމުން ބީފް ހުންނާނީ ރަނގަޅަށް މަޑުވެފައެވެ. އަދި ބީފް ކައްކާއިރު ދޭތެރެއިން ދޭފަތަކުން ހަލުވާލަން ވާނެއެވެ. ނަމަވެސް މަތި ނަގައިގެން މާ ގިނައިން ނުހަލުވާނެއެވެ. 

3) ސޯސް ގަނޑު ތައްޔާރު ކުރުމަށް، ފިޔާ، 1 ސައި ސަމުސާ ލޮނުމެދު ޕޭސްޓް، 1/2 ސައި ސަމުސާ އިނގުރު ޕޭސްޓް، ހިކަނދިފަތް، ރާނބާފަތް، ބެލް ޕެޕަރ، ތޮޅި މިރުސް އަދި ގިތެޔޮ މިރުސް، ކުޑަ ތެޔޮ ފޮދެއްގެ ތެރޭގައި މީރު ކޮށްލާނީއެވެ. 

4) އެ ތަކެތި ރަނގަޅަށް މޯޅިވުމުން، ޓޮމާޓޯ، އަދި ކެރެޓް އަޅައިގެން އެވެސް 3 ވަރަކަށް މިނެޓް ވަންދެން މީރުކޮށްލާށެވެ. 

5) ދެން ސޯޔާ ސޯސް، އޮއިސްޓަރ ސޯސް، ޓޮމާޓޯ ޕޭސްޓް، ލޮނުމިރުސް އެޅުމަށްފަހު ކުޑަ ފެންފޮދެއް އަޅައިގެން 2 މިނެޓް ވަރު ކައްކާލާށެވެ. ދެން މަމީ ނޫޑްސް ސޫޕް ޕެކެޓް އަޅާލާފައި އެކުލަވާލުމަށްފަހު ފްރައިޑް ޗިކަން ސޯސް އަޅާލުމަށްފަހުވެސް އެކުލަވާލާށެވެ. މާ ހިކި ނަމަ އިތުރު ފެންފޮދެއް އަޅާލާށެވެ. އަދި ލޮނު ހެޔޮވަރު ކޮށްލާށެވެ.

6) ފަހު ކަމަކަށް މަޑުކޮށްފައި ހުރި ބީފް، ސޯސް ގަނޑަށް އަޅާލުމަށްފަހު، ރަނގަޅަށް އެކުލަވާލެވެ. ދެން މިނެޓެއް ވަންދެން މަޑު ގިނީގައި ކެއްކުމަށްފަހު މަތި ޖަހައިގެން މަޑު ގިނީގައި 2 މިނެޓް ކައްކާލާށެވެ. ޗިލީ ބީފް އެހުރީ ތައްޔާރު ވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
މާލޭގައި ބަނގުރާ ވިޔަފާރިކުރި އިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފި
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.
05 Oct 2026
ސްކޫލުތައް އުފާވެރި މާޙައުލަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ: މިނިސްޓަރ
އެ ޚިޠާބުގައި ވަޒީރު ފާހަގަކުރެއްވީ ޢިލްމީ ފަންނުވެރި އަދި މަސައްކަތްތެރި ޖީލެއް ބިނާކުރުމުގައި މުދައްރިސުން ވާ ގުރުބާނީ ބަލައިގަތުމުގެ މުހިންމުކަމެވެ. މުޖުތަމަޢުގައި މުދައްރިސުންނަށް ޙައްޤު ގަދަރާއި އިޙްތިރާމު އިތުރުކޮށް އެ ދާއިރާ ކުރިއެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.
05 Oct 2026
މާލޭ ޓްރެފިކް މައްސަލައާ ގުޅޭ ގޮތުން މާލެ ޓްރާންސްޕޯޓް އޮފީހުން ސީޕީއާ ބައްދަލުކޮށްފި
ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
05 Oct 2026
މުދައްރިސުންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކޮށް ހިތްވަރު ދީ މަގު ދައްކައިދޭ ފަރާތް: ނައިބު ރައީސް
ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ނައިބު ރައީސް މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.
05 Oct 2026
ކުރިން އެމްޑީޕީން ބުނީ ރަސްމާލެއަކީ އަގެއް ނެތް ވެލިގަނޑެއް ކަމަށް
ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފެށިގެން އައިއިރު އިދިކޮޅު ފަރާތްތަކުން އެއީ "އަގެއް ނެތް ވެލިގަނޑެއް" ކަމަށް ބުނެ ވާހަކަ ދެއްކި ނަމަވެސް، މިއަދު އެއީ ދައުލަތުގެ އެންމެ ބޮޑު ރައުސުލްމާލު ކަމަށް އެ ފަރާތްތަކުން ވެސް ގަބޫލުކޮށްފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ޙުސައިން އިމްރާން ލަޠީފް (އިއްމު) މިއަދު ވިދާޅުވެއްޖެއެވެ.
05 Oct 2026
އީގަލް ހިލްސް އެއްބަސްވުން ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި
ދޮޅު މަހުގެ ޗުއްޓީއަކަށް ފަހު މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ. އެ މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތުން, ސެޕްޓެމްބަރު 21 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ރައްޔިތުންގެ ފައިސާއިން ހިއްކާފައިވާ ރަސްމާލެއިން 500 ހެކްޓަރަށް ވުރެ ބޮޑު ބިމެއް 99 އަހަރަށް އީގަލް ހިލްސްއަށް ދޫކޮށްލީ ބިމު ކުއްޔެއް ނުވަތަ އެކުއިޒިޝަން ކޮސްޓެއް ނެގުމެއް ނެތި, ހިއްކުމުގެ ޚަރަދު ވެސް ދައުލަތަށް އަނބުރާ ލިބޭނެ އެއްވެސް ގޮތެއް ނެތް ހާލުގައެވެ.