މިހާތަނަށް ފެނިފައިވާ އެންމެ ފުރިހަމަ ސްޓެގޮސޯރަސް ފޮސިލްތަކުގެ ތެރެއިން އެއް ފޮސިލްސް، "އެޕެކްސް": ފޮޓޯ/ ރޮއިޓާސް
ހަބަރު
06 Dec 2024 | 10:42
މިހާތަނަށް ފެނިފައިވާ އެންމެ ފުރިހަމަ ސްޓެގޮސޯރަސްގެ ފޮސިލްސް އާއްމުންނަށް ދައްކާލައިފި

މިހާތަނަށް ފެނިފައިވާ އެންމެ ފުރިހަމަ ސްޓެގޮސޯރަސް ފޮސިލްސް (ގައު ކަށި)ތަކުގެ ތެރެއިން އެއް ފޮސިލްސް، "އެޕެކްސް" އެމެރިކަން މިއުޒިއަމް އޮފް ނެޗުރަލް ހިސްޓްރީން އިއްޔެ ދައްކާލައިފިއެވެ. 

11 ފޫޓު (3.4 މީޓަރު) އުސްމިނުގައި އަދި 20 ފޫޓު (6 މީޓަރު) ދިގުމިނުގައިވާ މި ޖުރާސިކް ޕީރިއަޑްގެ ޑައިނޯސޯގެ ސްކެލެޓަން ދައްކާލާފައިވަނީ ސްކޫލް ކުދިން ތަކަކާއި މީޑިއާގެ ތަކަށެވެ.

މިހާތަނަށް ފެނިފައިވާ އެންމެ ފުރިހަމަ ސްޓެގޮސޯރަސް ފޮސިލްތަކުގެ ތެރެއިން އެއް ފޮސިލްސް، "އެޕެކްސް": ފޮޓޯ/ ރޮއިޓާސް

މިއުޒިއަމްގެ ޑައިނޯސޯ ކިއުރޭޓަރ ރޮޖަރ ބެންސަން ބުނި ގޮތުގައި މި ފޮސިލްއާ މެދު ކުދިންނާއި މީހުން ވަރަށް ޝައުޤުވެރިވާ ކަމަށާ، އޭގެ މައިގަނޑު ސަބަބަކީ ސްޓެގޮސޯރަސްއަކީ ކުދިންގެ މެދުގައި މަޝްހޫރު ޑައިނޯސޯއެއް ކަމަށްވުމެވެ.

ސްޓެގޮސޯރަސްއަކީ ހަތަރު ފައިގައި ހިނގާ، ގާތްގަނޑަކަށް 150 މިލިއަން އަހަރު ކުރިން ޖުރާސިކް ޕީރިއަޑްގައި ދިރިއުޅުނު ގަސް ކާ (ހާބިވޯރ) ޑައިނޯސޯއެކެވެ. މި ބާވަތުގެ ޑައިނަސޯގެ ފޮސިލްތައް ފުރަތަމަ ފެނުނީ 1870 ގެ އަހަރުތަކުގައެވެ.

މިހާތަނަށް ފެނިފައިވާ އެންމެ ފުރިހަމަ ސްޓެގޮސޯރަސް ފޮސިލްތަކުގެ ތެރެއިން އެއް ފޮސިލްސް، "އެޕެކްސް": ފޮޓޯ/ ރޮއިޓާސް

އަދި އިއްޔެ ދައްކާލި ސްޓެގޮސޯރަސް ފޮސިލް ފެނިފައިވަނީ ކޮލޮރާޑޯއިންނެވެ. އޭތި، މިދިޔަ ޖުލައި މަހު ސޮތުބީސްގެ ނީލަމެއްގައި ރެކޯޑު އަގެއް ކަމަށްވާ 44.6 މިލިއަން ޑޮލަރަށް ވިއްކާލެވުނެވެ. މި ފޮސިލް ގަތް ފަރާތުން ވަނީ އެމެރިކާގެ އެންމެ ނަންހުރި ނެޗުރަލް ހިސްޓްރީ މިއުޒިއަމްތަކުގެ ތެރެއިން އެއް މިއުޒިއަމް ކަމަށްވާ ނިއު ޔޯކްގެ މި މިއުޒިއަމަށް މީތި ދޫކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.