ފަލަސްތީނުގެ ހައްގުގައި ރާއްޖޭގައި ބޭއްވި ހިނގާލުމެއްގެ ތެރެއިން: ފޮޓޯ/ ވޮއިސް
ދުނިޔެ
06 Dec 2024 | 14:38
ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ރާއްޖެއަށް ނުކުރުމަށް އިސްރާއީލުން އަންގައިފި

ދިވެހިރާއްޖެއަށް ދަތުރުކުރުމުގެ އިންޒާރުގެ ލެވެލް މަތިކޮށް، ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ރާއްޖެއަށް ދަތުރު ނުކުރުމަށް އިސްރާއީލުގެ ނެޝަނަލް ސެކިއުރިޓީ ކައުންސިލުން އިއްޔެ އަންގައިފިއެވެ.

އިސްރާއީލުގެ ނެޝަނަލް ސެކިއުރިޓީ ކައުންސިލުން ބުނީ، ސަލާމަތީ ހާލަތު އަލުން ވަޒަންކުރުމަށްފަހު، ތިން ގައުމަކަށް ދަތުރުކުރުމުގެ އިންޒާރު ބަދަލުކޮށްފައިވާ ކަމަށެވެ. މިގޮތުން ދިވެހިރާއްޖެއާއި އާމީނިއާއަށް ދަތުރުކުރުމުގެ އިންޒާރުގެ ލެވެލް މަތިކޮށް، ބްރެޒިލްއަށް ދަތުރުކުރުމުގެ އިންޒާރުގެ ލެވެލް ދަށްކޮށްފައިވެއެވެ.

ދިވެހިރާއްޖެއަށް ދަތުރުކުރުމުގެ އިންޒާރުގެ ލެވެލް 2 އިން 3 އަށް މަތިކޮށްފައިވަނީ "ރަށްތަކުގައި ޓެރަރިސްޓުންނަށް ތާއީދުކުރާ ފަރާތްތައް ތިބުމާއި، އިސްރާއީލީންނާއި ޔަހޫދީންނާ ދެކޮޅަށް އަދާވާތްތެރިކަން އިތުރުވަމުން އަންނާތީ" ކަމުގެ ތުހުމަތު ކޮށްފައެވެ.

ލެވެލް 3 ގެ އިންޒާރެއްގެ ދަށުން، ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ އެ ތަނަކަށް ދަތުރު ނުކުރުމަށް އިސްރާއީލީންނަށް އިރުޝާދު ދެއެވެ.

މީގެ އިތުރުން، އާމީނިއާއަށް ދަތުރުކުރުމުގެ އިންޒާރުގެ ލެވެލް 1 އިން 2 އަށް މަތިކޮށްފައިވަނީ "އާމީނިއާގައި ޓެރަރިސްޓު ޖަމާއަތްތަކުން އިސްރާއީލީންނާއި ޔަހޫދީންނަށް ކުރިމަތިވެދާނެ ނުރައްކަލުގެ ބިރު އިތުރުވެފައިވާތީ" ކަމަށް ތުހުމަތު ކޮށްފައެވެ.

ލެވެލް 2 ގެ އިންޒާރެއްގެ ދަށުން، ދަތުރުވެރިން "އިތުރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް" އިރުޝާދު ދެއެވެ. ނަމަވެސް މިއީ އެ ގައުމަކަށް ދަތުރު ނުކުރުމަށް ނުވަތަ އެ ގައުމުން ފުރައިގެން ދިއުމަށް ގޮވާލުމެއް ނޫނެވެ.

މި ބަދަލުތައް ގެނެސްފައިވަނީ އިސްރާއީލުގެ ސަލާމަތާ ބެހޭ ކައުންސިލުން އަލުން ސަލާމަތީ ހާލަތު ވަޒަންކުރުމަށްފަހުގައެވެ.

ޓެރަރިސްޓް އިޒްރޭލުން މިގޮތަށް އެންގިއިރު، ޣައްޒާގައި އިސްރާއީލުގެ ނިރުބަވެރިން ހިންގަމުންދާ ޖަރީމާތަކާ ދެކޮޅަށް އަޑުއުފުލައި، އިސްރާއިލް ބޯއިކޮޓް ކުރުމަށް ދިވެހީން މީސް މީޑިއާގައި ގޮވާ އަޑު އަންނަނީ ގަދަވަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
05 Oct 2026
34 ހާސް ރުފިޔާއަށް ގަނެވެން އޮތް އެއްޗެއް އެކުއެޓޯރިއަލް ހޮސްޕިޓަލުން ގަތީ 1.7 މިލިއަން ރުފިޔާއަށް
އޮޑިޓުން އެނގޭ ގޮތުގައި ބޮޑުއަގުގައި އެއްޗެހި ގަތް އެ މައްސަލަ އޭސީސީއަށްވެސް ވަނީ ހުށަހަޅާފައެވެ. އަދި ކޮމިޝަނުން ދަނީ މި މައްސަލަ ބަލަމުންނެވެ. އޮޑިޓް އޮފީހުން ވަނީ މި މައްސަލަ ބަލައި ނުނިމެނީސް އެތަކެތި ސަޕްލައިކޮށްދިން ފަރާތުން ހުށަހެޅި އެއްވެސް ބިލަކަށް ފައިސާ ނުދެއްކުމަށްވެސް އެދިފައެވެ.
05 Oct 2026
މާލޭގައި ބަނގުރާ ވިޔަފާރިކުރި އިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފި
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.