ޑރ.ފަރަހަނާޒް ފައިސަލް.. ފޮޓޯ: ދިވެހި ހާރިޖިއްޔާ
ހަބަރު
09 Dec 2024 | 22:06
ފައްޔާޒް ރައީސް އަމީން އާ ގުޅުވައިގެން ޖެއްސެވި މިސާލަށް، ކާފަދަރިކަލުން ފަރަހަނާޒް ރައްދުދެއްވައިފި

މިއަދު ހަވީރު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރައްޔިތުންނަށް އަނިޔާވެރި ވެއްޖެނަމަ ރައީސް އަމީނަށް ހެދިގޮތާ ގުޅޭގޮތުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ޖެއްސެވި މިސާލަށް އަމީންގެ ކާފަދަރިކަނބަލުން ޑރ.ފަރަހަނާޒް ފައިސަލް ރައްދުދެއްވައިފިއެވެ.

އެމްޑީޕީގެ އެކްޓިވިސްޓަކު ވަނީ ރައީސް ޑރ.މުއިއްޒަށް ކުރީގެ ރައީސް އަމީންދީދީގެ ވެރިކަން ނިމުކަމަށް ގެނައުމަށް އެމަނިކުފާނަށް ހެދިގޮތް ހަދާފާނޭކަމަށް ވާހަކަ ދައްކާފައެވެ. ފައްޔާޒު ވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކްޓިވިސްޓު ދެއްކި ވާހަކަތައް ދިފާއުކޮށް ވާހަކަދައްކާފައެވެ. ފައްޔާޒު ވިދާޅުވީ ރައްޔިތުންނަށް އަނިޔާވެރި ވެއްޖެނަމަ އެބީދައިން ކަންކުރަން ޖެހިދާނެކަމަށެވެ. ނަމަވެސް އެވާހަކަ އެފަރާތުން ދައްކާފައިވަނީ، މިހާރުގެ ރައީސަށް ނަސޭހަތެއް ދިނުމުގެ ގޮތުން ކަމަށެވެ.

ފައްޔާޒު މިއަދު ދެއްކެވި ވާހަކަތަކާ ގުޅޭގޮތުން ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް, މަރުހޫމް މުހައްމަދު އަމީން ދީދީގެ ކާފަ ދަރިކަނބަލުން އަދި އެމްޑީޕީ ސަރުކާރުގައި މީގެކުރިން އިނގިރޭސި ސަފީރަކަށް ހުންނެވި ޑރ.ފަރަހަނާޒް ފައިސަލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިސްލާމީ ޝަރުޢީ ހަމަތަކުން ބޭރުން މީހަކު މަރާލުމަކީ ދުވަހަކުވެސް ގަބޫލްކުރެވޭނެ ކަމެއް ނޫންކަމަށެވެ. ކޮންމެ ގޮތަކަށް ކަމެއް ކުރިޔަސް ބަޔަކުނިކުމެ މީހަކު މަރާލުމަކީ އަޅުގަނޑުމެންގެ ދީން އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫންކަމަށްވެސް ފަރަހަނާޒް ވިދާޅުވިއެވެ.

މިއީ އެމްޑީޕީގެ ރަސްމީ ސްޓޭންޑް ތޯ؟ އެހެންނަމަ މިއީ ދިރިހުރުމުގެ ހައްގު ހިމެނޭ ގޮތަށް މީހުންގެ އަސާސީ ހައްގުތަކަށް ތެދުވި އެމްޑީޕީއެއް ނޫން

ފަރަހަނާޒް އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވިއެވެ

ސުއްމުލް އަމީރު މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނަކީ ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސެވެ. އެމަނިކުފާނަކީ ދިވެހި ގައުމުދުށް ހިދުމަތްތެރިއެކެވެ. މުހައްމަދު އަމީނަކީ ރާއްޖޭގައި އެންމެ ފުރަތަމަ ގާނޫނު އަސާސީއެއް އެކުލަވާލި ކޮމިޓީގެ މެމްބަރެކެވެ. އެމަނިކުފާނު ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އޭރު އުފެދުނު ފިތުނަވެރިކަން ސުލްހަކުރައްވާފައެވެ. 

މުހައްމަދު އަމީން ރާއްޖޭގެ ރައީސްކަމަށް ފުރަތަމަ އިސްކުރެވުނީ 1953 ވަނަ އަހަރެވެ. ތާރީހީ ލިޔުއްވުންތަކަށް ބަލާއިރު މުހައްމަދު އަމީން ވެރިކަން ނިމުމުގެ ސަބަބުތަކުގެ ތެރެއިން އެއް ސަބަބަކީ ބައެއް ދިވެހިންގެ ރުހުން ގެއްލޭގޮތަށް އޭރު ފާސްކުރެއްވި ބައެއް ގާނޫނުތަކެވެ. 

މުހައްމަދު އަމީންދީދީ އަވަހާރަކޮށްލި ހާދިސާއާ ގުޅޭގޮތުން ރާއްޖެ ދުށް ކުޅަދާނަ އަދީބް އިބްރާހިމް ޝިހާބް ވިދާޅުވެފައި ވެއެވެ.  އަމީން ދީދީ އަވަހާރަކޮށްލުމުގެ އެންމެ ހާއްސަ ސަބަބުތަކުގެ ތެރޭގައި ވެރިކަމުގެ އެންމެ އެތެރޭގައި އުފެދުނު ނޭއްގާނީ ކަމާއި، ނޭއްދާރު ބައެއްގެ ހިތް ނުބައިކަން ހިމެނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.