ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ޖަލްސާގެ ތެރެއިން.. ފޮޓޯ/މަޖިލީސް
ހަބަރު
11 Dec 2024 | 18:51
މަޓީން އެދުނުގޮތަށް ކުޑަނުކޮށް, ބޭރުފައިސާ އާ ބެހޭ ބިލް ކޮމިޓީން ފާސްކޮށްފި

ރިސޯޓްތައް ހިއްސާވާ ޖަމިއްޔާ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަރސްޓްރީ (މަޓީ) އިން ހުށަހެޅިގޮތަށް ކުޑަނުކޮށް, ބޭރުފައިސާ އާ ބެހޭ ބިލް ކޮމިޓީން ފާސްކޮށްފިއެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ވަނީ ބޭރުފައިސާ މާރުކުރުމުގެ ބިލް ދިރާސާކުރުމުގެ މަސައްކަތްތަކުގެ ތެރެއިން އެ ބިލަށް ހިޔާލު ހޯދުމަށް މަޓީއާ ބައްދަލުކޮށްފައެވެ. ނަމަވެސް މަޓީއާއެކު ބޭއްވި ބައްދަލުވުން ކުރިއަށްގެންދިޔައީ، އެ ޖަމިއްޔާގެ އެދުމުގެ މަތިން ސިއްރުކޮށްގެންނެވެ. މަޓީގެ ފަރާތުން ބައްދަލުވުމުގައި ކްރައުން ކުންފުނީގެ ނަޒީރު ބައިވެރިވެ ވަޑައިގެންނެވިއެވެ. ވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަޓީން ހުށަހަޅާފައިވަނީ، މާރުކުރުން މަޖުބޫރުވާ އަދަދު އެންމެ މަތިވެގެން 15 އިންސައްތައިގަ ބެހެއްޓުމަށެވެ.

މާލިއްޔަތު ކޮމިޓީން މިއަދު ވަނީ ބޭރުފައިސާ މާރުކުރުމާ ބެހޭ ބިލް މިއަދު ހަވީރު ފާސްކޮށްފައެވެ. ނަމަވެސް ފާސްކުރިއިރު މަޓީން ހުށަހެޅި މުހިއްމު ބައި ބިލުގައި ހިމަނާފައެއް ނުވެއެވެ. މަޓީން ހުށަހަޅާފައިވަނީ މާރުކުރުން މަޖުބޫރުކުރާ އަދަދު 10 އިންސައްތަ އާއި 15 އިންސައްތައިގަ ބެހެއްޓުމަށެވެ. ބިލަށް ގެނައި ފާހަގަކޮށްލެވުނު އެއް އިސްލާހަކީ ބޭރުފައިސާ މާރުކުރަން ޖެހޭ އުމުރުފުރާ 10 އަހަރުން 12 އަހަރަށް ދަށްކުރުމެވެ. 

އަދި ރިސޯޓެއްގެ މާލީހާލަތު ދަށްނަމަ ބޭރުފައިސާގެ ގޮތުގައި ލިބޭ އާމްދަނީ މާރުކުރަންޖެހޭ ނިސްބަތް 20 އިންސައްތައަށްވުރެ ދަށުން މާރުކުރުމުގެ ފުރުސަތު ކަނޑައެޅިފައިވާ އުސޫލްތަކުގެ ދަށުން ދިނުން ހިމެނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.