ސައުދީ ވޯލްޑްކަޕް 2034
ކުޅިވަރު
12 Dec 2024 | 08:28
2034 ގެ ފީފާ ވޯލްޑް ކަޕް ސައޫދީ އަރަބިއްޔާގައި

2034 ވަނަ އަހަރުގެ ފީފާ ވޯލްޑްކަޕް ސައޫދީ އަރަބިއްޔާގައި ބޭއްވުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާ އިން ނިންމައިފި އެވެ. އެއިދާރާއިން މިގޮތަށް ނިންމާފައިވަނީ ބުދަ ދުވަހު ވީޑިއޯ ކޮންފަރެންސްކޮށް ބޭއްވީ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގަ އެވެ.

މީގެ އިތުރުން 2030 ވަނަ އަހަރުގެ ވޯލްޑް ކަޕް ސްޕެއިނާއި، ޕޯޗުގަލް، އަދި މޮރޮކޯ ގުޅިގެން ބާއްވަން ފީފާ އިން ވަނީ ފުރުސަތު ދީފަ އެވެ. އެއީ ފީފާ އިން ވޯލްޑް ބާއްވާތާ ގަރުނެއް ފުރޭ އަހަރު ކަމުން އެކަން ފާހަގަކުރަން، އުރުގުއޭ އާއި އާޖެންޓީނާ އަދި ޕެރެގުއޭގައި ވެސް އެ ވޯލްޑް ކަޕުގެ މެޗުތަކެއް ކުޅޭނެ އެވެ.

މީގެ 10 އަހަރު ފަހުން 2034 ގައި އޮންނަ ވޯލްޑް ކަޕް ބާއްވަން ފީފާ އިން ފުރުސަތު ދީފައި ވަނީ އޭޝިއާ އާއި އޯޝެނިއާގެ ގައުމުތަކަށެވެ. އެ ފުރުސަތު ހޯދުމަށް ކުރިމަތިލީ އޮސްޓްރޭލިއާ އިން ބިޑު އަނބުރާ ގެންދިއުމުން ސައޫދީ އަށް ކުރިން ވެސް އޮތީ ނުރަސްމީކޮށް ބިޑު ކާމިޔާބުވެފަ އެވެ.

ތެލުގެ މުއްސަނދިކަން ލިބިފައިވާ ސައޫދީ އަކީ ފީފާ ވޯލްޑް ކަޕް ބާއްވާ އަރަބި ތިން ވަނަ ގައުމަށެވެ. މީގެ ކުރިން 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ގަތަރުގައި ބާއްވާފައިވާއިރު، 2030 ވަނަ އަހަރުގެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މޮރޮކޯގައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ސައޫދީގައި ބާއްވާ ވޯލްޑް ކަޕް 2035 ގެ ޖެނުއަރީ އަށް ވެސް ފަސްކޮށްފާނެ އެވެ. އެއީ ނޮވެމްބަރު/ ޑިސެމްބަރު މަސް ރޯދަމަހާ ދިމާވާތީ އެވެ. އާއްމުކޮށް ވޯލްޑް ކަޕް ބާއްވާ ޖޫން/ ޖުލައި އަކީ ސައޫދީގެ ހޫނުމޫސުން ކަމުން އެ ދުވަސްވަރު އެ ގައުމުގައި ވޯލްޑް ކަޕް ނުބޭއްވޭނެ އެވެ. މެދުއިރުމަތީގައި މީގެ ކުރިން ބޭއްވި ވޯލްޑް ކަޕް ގަތަރުގައި ކުރިއަށް ގެންދިޔައީ ވެސް ނޮވެމްބަރު/ ޑިސެމްބަރު ގަ އެވެ.

ސައޫދީގެ ބިޑު ފޮތުގައިވާ ގޮތުން މުބާރާތް ބާއްވާނީ ފަސް ސިޓީއެއްގަ އެވެ. އެއީ ވެރިރަށް ރިޔާދް، ޖިއްދާ، އަލް ޚޮބަރް، އަބްހާ، އަދި ނައޫމް އެވެ. މުބާރާތް ކުރިއަށް ގެންދާނީ 15 ސްޓޭޑިއަމެއްގައި ކަމަށް ވެސް އޭގައި ވެ އެވެ. އޭގެ ތެރެއިން 11 ސްޓޭޑިއަމަކީ މުޅިން އަލަށް ބިނާކުރާ ތަންތަނެވެ. ބެލެވޭ ގޮތުގައި ހުޅުވާ މެޗާއި، ފައިނަލް މެޗު އޮންނާނީ ރިޔާދުގައި ހުންނަ ކިންގް ސަލްމާން ސްޓޭޑިއަމުގަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.