އެމްޑީޕީ ޗެއާޕާސަން ފައްޔާޒު އިސްމާޢީލް: ފޮޓޯ/ އެމްޑީޕީ
ހަބަރު
12 Dec 2024 | 12:28
ހައިވޭ ބްލޮކް ކޮށްގެން ހައްޔަރު ކުރި ޓެކްސީ ޑްރައިވަރުން ދޫކޮށްލަން ފައްޔާޒު ގޮވާލައްވައިފި

ރޭ ހުޅުމާލެ ފަޅިން ބްރިޖަށް އަރާ ހަލިމަގު (ހައިވޭ) ބަންދުކޮށް, އިހުތިޖާޖު ކުރުމުގެ ސަބަބުން ހައްޔަރުކުރެވުނު ޓެކްސީ ޑްރައިވަރުން ދޫކޮށްލުމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލް ގޮވާލައްވައިފިއެވެ.

ސަރުކާރުން ޓެކްސީގެ ޚިދުމަތް ފަށާތީ، ރޭ ޓެކްސީ ޑްރައިވަރުން ކުރި އިހުތިޖާޖުގެ ތެރެއިން، ހުޅުމާލެ ފަޅިން ބްރިޖަށް އަރާ ހަލިމަގު (ހައިވޭ) ބަންދުކޮށް، އާންމު ދަތުރުފަތުރަށް ދަތިވާގޮތަށް ޢަމަލުތަކެއް ހިންގާފައިވެއެވެ.

އެގޮތުން، އެ ސަރަހައްދު ހަތަރުފުރޮޅުލީ އުޅަނދުތަކަށް ބަންދުކޮށް، ޓެކްސީތައް ބޭނުންކޮށްގެން މަގު ބަންދުކޮށް މުޒާހަރާ ކުރިއަށް ގެންގޮސްފައިވެއެވެ. މި ސަބަބާހުރެ އެ މަގުން ދަތުރުކުރެވެނީ ހަމައެކަނި ސައިކަލުތަކަށެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ވަނީ ބައެއް ޓެކްސީތައް ޓޯ ކޮށް، ޑްރައިވަރުންތަކެއް ހައްޔަރުކޮށްފައެވެ.

މިކަމާ ގުޅޭގޮތުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ސަރުކާރުން ޓެކްސީ ލައިނެއް ފެށުމާ މެދު ހިތްހަމަނުޖެހުން ފާޅުކުރުމަށް އިހުތިޖާޖު ކުރި ޓެކްސީ ޑްރައިވަރުންތަކެއް ހައްޔަރުކޮށް ކާރުތައް ޓޯ ކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

ފައްޔާޒު އިތުރަށް ވިދާޅުވެފައިވަނީ އިހުތިޖާޖު ކުރުމަށްޓަކައި ހަޅުތާލު ކުރުމަކީ ކޮންމެ މީހަކަށް ޤާނޫނުއަސާސީން ކަށަވަރު ކޮށްދޭ ޙައްޤެއް ކަމަށެވެ. އަދި ހަޅުތާލުކޮށްގެން ހައްޔަރުކުރި ހުރިހާ ޓެކްސީ ޑްރައިވަރުން ދޫކޮށްލައި، ޓޯކުރި ވެހިކަލްތައް ވެރިފަރާތްތަކާ ހަވާލުކުރުމަށް ގޮވާލައްވާފައިވެއެވެ.

ކޮމެންޓް
އަހުދުނާމާ
އެމްޑީޕީއަކީ އަބަދުވެސް ހަމަ ނުޖެހުމަށާ ސުލްހަމަސަލަސް ނަގާލަން ހިއްވަރުދޭ ބައެއް އެކަން މާޒީން ވެސް ފެންނަން އޮންނާނެ
12 Dec 2024
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.