މުސްޙަފެއް
ދީން
13 Dec 2024 | 10:12
ކީރިތި ޤުރުޢާނާ، ސުންނަތާ ދުރުވި މިންވަރަކުން އަހަރެމެންގެ ބާއްޖަވެރިކަން ގެއްލޭނެ: ޚުތުބާ

ކީރިތި ޤުރުޢާނާ ރަސޫލާ ޞޢޥ ގެ ސުންނަތާ އަހަރެމެން ދުރުވި މިންވަރަކުން އަހަރެމެންގެ ބާއްޖަވެރިކަން ގެއްލޭނެ ކަމުގައި މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ. 

ކީރިތި ޤުރްއާނާމެދު އުފައްދާ ޝުބުހަތަކުގެ މައްޗަށް އަލިއަޅުވާލައި މިއަދު އިއްވި ހުކުރު ޚުތުބާގައި ބުނީ، ޤުރުޢާނަކަކީ މާތް اللهގެ ކަލާމްފުޅު ކަމަށެވެ.

އެއީ ޖިބުރީލުގެފާނު މެދުވެރިކުރައްވައި، އެންމެ ފަހުގެ ނަބިއްޔާ مُحمَّدٌ zގެ މައްޗަށް الله تَعَالَى ބާވައިލެއްވި މުޢުޖިޒާތެކެވެ. އޭގެ ލަފުޒާއި މާނަ އައިސްފައިވަނީ اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތުންނެވެ. އެއީ سُوْرَةُ الْفَاتِـحَةއިން ފެށިގެން سُوْرَةُ النَّاسِ ގެ ނިޔަލަށް ކިޔެވުން އަޅުކަމެއްކަމުގައި ލައްވައި، الله تَعَالَى ބާވައިލައްވައިފައިވާ އެކަލާނގެ ޝަރީޢަތެވެ.

ޚުތުބާ

މިއާއެކު ޚުތުބާގައި ބުނީ، އެ ފޮތް އަހަރެމެންނާ ހަމައަށް އައިސްފައި ވަނީ ކަލިމަތަކާއި އަކުރުތައް، ރިވާވެފައިވާ ގޮތަށާއި، އަކުރު އަދާކުރުމުގައި ލުއިކުރުމާއި ބަރުކުރުމަށް، އެއްވެސް ބަދަލެއް ނައިސް، ސަނަދު ގުޅިގެންނެވެ. އަދި ކީރިތި ރަސޫލާ ޞޢވގެ ޒަމާނުން ފެށިގެން، މި އަދާ ހަމައަށް، ކީރިތި ޤުރްއާން އަހަރެމެންނާ ހަމައަށް އައިސްފައިވަނީ، ދޮގުކުރުން މުސްތަޙީލުވާ ހައި ގިނަ ޢަދަދެއްގެ ރާވީން ސަނަދުގައި ހިމެނިގެން މުތަވާތިރުކޮށް ކަމަށް ވުމުން، އެ ފޮތް އަހަރެމެންނާ ހަމައަށް އައިސްފައި ވަނީ ބާވައިލެއްވި ގޮތަށްކަން ކަށަވަރުވާ ކަމަށެވެ.

ޚުތުބާގައި އިތުރަށް ބުނީ، ކީރިތި ޤުރްއާނަކީ، اللهގެ ކަލާމްފުޅުކަމާއި، އަދި އެ ފޮތް އަހަރެންނާ ހަމައަށް އައިސްފައިވާ ގޮތާއި، އަދި އެ ފޮތުގައި ކުށެއް ނެތްކަމާ މެދު ޝައްކެއް ނެތަސް، މި ކަންކަމުގައި ޝައްކުތަކާއި ޝުބުހަތައް އުފައްދަން ބަޔަކު މަސައްކަތްކުރާ ކަމަށެވެ. އެކަމަށް މުސްލިމުން ފިސާރި ހުޝިޔާރުވެ ހޭލައި ތިބެން ޖެހޭ ކަމަށްވެސް ބުންޏެވެ.

މިއާއެކު ޚުތުބާގައި ބުނީ، ކީރިތި ޤުރްއާނާ މެދު ޝައްކު އުފައްދާން އެންމެ ފުރަތަމަ ކުރި މަސައްކަތަކީ، އެއީ اللهގެ ކަލާމްފުޅު ނޫންކަމަށް ހަދާން ކުރި ނާކާމިޔާބު މަސައްކަތް ކަމަށާ އެ ކަމަށް ޓަކައި، އެ މީހުން ހަދައިގެން ތަފާތު ވާހަކަ ދެއްކި ކަމަށެވެ. އޭގެ ތެރެއިން އެއް ވާހަކައަކީ، ކީރިތި ޤުރްއާނަކީ ހުވަފެނުގެ ހާސަރުތަކެކޭ ނުވަތަ އެއީ މުޙައްމަދުގެފާނު އަމިއްލަފުޅަށް ހެއްދެވި އެއްޗެކޭ ބުނުން ކަމަށެވެ. ނުވަތަ އެ ކަލޭގެފާނަކީ ޅެންވެރިއެކޭ ބުނުން ކަމަށެވެ.

الله تَعَالَى ވަޙީކުރައްވައިފައި ވާ ބަސްފުޅެއްގެ މާނާގައި ވެއެވެ."ފަހެ، އެއުރެންނީ، ތެދު ބުނާބަޔަކުކަމުގައިވާ ނަމަ، އެ ފަދަ قرآنއަކާއިގެން އައިސްބަލާށެވެ!"

ޚުތުބާ

ޚުތުބާގައި ވަނީ ކީރިތި ޤުރްއާނަކީ މާތް ﷲގެ ކަލާމްފުޅުކަން ކަށަވަރުވާ ޢިލްމީ ހެކިތަކުގެ މައްޗަށްވެސް އަލިއަޅުވާލާފައެވެ. އެގޮތުން، މައިމީހާގެ ބަނޑުގައި ދަރިފުޅު ގަރުބަގަތީއްސުރެ، ފުރިހަމަ އިންސާނަކަށް ވުމާ ހަމައަށް އަންނަ ބަދަލުތަކުގެ ވާހަކަ ކީރިތި ޤުރްއާނުގައި ތަފުޞީލުކޮށް ބަޔާންކުރައްވައިފައިވާ ކަން ޚުތުބާގައި ފާހަގަކޮށއފައިވެއެވެ.

ޚުތުބާގައި އިތުރަށް ބުނީ، އިސްލާމް ދީނުގެ ޢަދާވާތްތެރިން އަބަދާއި އަބަދު އަންނަނީ اللهގެ ނޫރުފުޅު ނިއްވައިލުމަށް މަސައްކަތް ކުރަމުން ކަމަށެވެ. އެހެންނަމަވެސް، ކާފިރުން ކިތަންމެ ބޭނުންވިޔަސް އެ ގޮތަށް އެ ކަން ނުވާނޭކަން، ކީރިތި ޤުރްއާނުގައި އަންގަވައިފައިވާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

އިސްލާމް ދީން ނައްތައިލުމަށް ޓަކައި ކާފިރުން ކުރާ މަސައްކަތްތައް ބަލައި، އެ ކަމަށް ފަރުވާތެރިވެ، ސަމާލުވާން ޖެހެއެވެ! ދީނުގެ ކަންކަން މޮޅަށް އުނގެނި ޢަދާވާތްތެރިންގެ ރޭވުންތަކަށް ހޭލައި ތިބޭންޖެހެއެވެ. ކާފިރުން މަސައްކަތްކުރަމުން އަންނަނީ މުސްލިމުން އެ މީހުންގެ ދީނާ ދުރުކުރެވޭތޯއެވެ. ނަމަވެސް އަހަރެމެންގެ އަޒުމަކަށް ވާންވާނީ މަރުދުވަހަށް ދާންދެން އިސްލާމް ދީންމަތީ ސާބިތުވެ ތިބުމެވެ. އެގޮތުގެ މަތީގައި ސާބިތުވެ ތިބެއްޖެ ނަމަ އަހަރެމެން މުސްލިމުން މަގުފުރައްދައެއް ނުލެވޭނެއެވެ. އަދި އިސްލާމީ އުންމަތް ބަލިކޮށެއް ނުލެވޭނެއެވެ.

ޚުތުބާ

ކީރިތި ރަސޫލާ ޞޢވ ޙަދީޘްކުރައްވައިފައި ވެއެވެ. (تَرَكْتُ فِيْكُمْ أَمْرَيْنَ لَنْ تَضِلُّوْ مَا تَـمَسَّكْتُمْ بِـهِمَا : كِتَابَ اللهِ وَسُنَّةَ نَبِيِّهِ z) މާނައީ: "ތިމަންކަލޭގެފާނު ތިޔަބައިމީހުންގެ ތެރެއަށް ދެއެއްޗެއް ދޫކުރައްވައި ވަޑައިގަންނަވަމެވެ. އޭގައި ހިފައިފި ހިނދަކު ހަމަހިލާ ތިޔަބައިމީހުން މަގުފުރެދިގެން ނުދާނެތެވެ. އެއީ، اللهُ سُبْحَانَهُ وَتَعَالَىގެ ފޮތާއި އެކަލާނގެ ނަބިއްޔާ ސޢވގެ ސުންނަތެވެ."

ޚުތުބާގައި ބުނީ، ކީރިތި ޤުރުޢާނާ ރަސޫލާ ސޢވގެ ސުންނަތާ އަހަރެމެން ދުރުވި މިންވަރަކުން އަހަރެމެންގެ ބާއްޖަވެރިކަން ގެއްލޭނެ ކަމަށެވެ. އަދި އިސްލާމް ދީން ދޫކޮށް، ކާފިރުކަންމަތީ މަރުގަންނަވާ މީހުން، އެމީހުން ކުރި ހުރިހައި ޢަމަލެއް ބޭކާރުވެގެންދާ ކަމަށާ، އޭރުން އެމީހުން ދާއިމަށް ތިބޭން ޖެހޭނެ ތަނަކީ ނަރަކަ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ