ޔޫރަޕްގެ ވޯލްޑްކަޕް ކޮލިފައިންގ ގުރުލުމުގެ ރަސްމިއްޔާތުގެ ތެރެއިން..
ކުޅިވަރު
13 Dec 2024 | 22:38
ޔުއެފާގެ 54 ގައުމާއެކު 2026 ވަނަ އަހަރުގެ ވޯޑްކަޕް ކޮލިފައިން ގުރުލުން ބާއްވައިފި

2026 ވަނަ އަހަރު އެމެރިކާގެ އިތުރުން ކެނަޑާ އަދި މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ޔުއެފާ ކޮލިފައިންގެ ގުރުލުން މިއަދު ބާއްވައިފިއެވެ.

ތިން ގައުމެއް ގުޅިގެން ފުރަތަމަ ފަހަރަށް ބާއްވާ ވޯލްޑްކަޕްގެ އިތުރުން މިމުބާރާތަކީ 48 ގައުމު ބައިވެރިކޮށްގެން ބާއްވާ ފުރަތަމަ ވޯލްޑްކަޕެވެ. އަދި މިމުބާރާތުން ޔޫރަޕްގެ 16 ޓީމަށް ފުރުސަތު ލިބިގެންދާނެއެވެ.

2025 ވަނަ އަހަރުގެ މާޗު މަހުން ފެށިގެން ނޮވެންބަރު މަހުގެ ނިޔަލަށް ކުރިއަށްދާ ޔޫރަޕް ގައުމުތަކުގެ ކޮލިފައިންގައި ޖުމްލަ 54 ގައުމެއް ވާދަކުރާއިރު، ކޮލިފައިންގ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކޮލިފައިންގައި ބައިވެރިވި 54 ގައުމު 12 ގުރޫޕަކަށް ބަހާލައިގެންނެވެ.

އެގޮތުން ފުރަތަމަ ހަ ގުރޫޕްގައި ހަތަރު ޓީމު ހިމެނޭއިރު، އަނެއް ހަ ގުރޫޕްގައި ހިމެނެނީ ފަސް ޓީމެވެ. އަދި ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ހޯމް އެންޑް އަވޭގެ އުސޫލުން ކުޅު ކޮންމެ ގުރޫޕަކުން ވެސް އެއްވަނަ ހޯދާ 12 ޓީމު ވޯޑްކަޕަށް ކޮލިފައިވާނެއެވެ.

މީގެ އިތުރުން ބާކީ އޮތް ހަތަރު ޖާގަ ލިބުގެންދާނީ ގުރޫޕްގެ ދެވަނަ ހޯދާ ޓީމުތަކުގެ އިތުރުން ކުރިއަށް އޮތް ޔުއެފާ ނެޝަނަލް ލީގުގައި އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ހަތަރު ޓީމާއެކު ޕްލޭ އޮފް މެޗުތަކެއްކުޅެ ކުރިހޯދާ ހަތަރު ޓީމަށެވެ. 

ޔުއެފާ ވޯލްޑްކަޕް ކޮލިފައިން ގުރޫޕް ބެހިފައިވާގޮތް:

ގްރޫޕް އޭ

-ޔުއެފާ ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލުގައި އިޓަލީ އާއި ޖަރުމަނު ވާދަކުރާ މެޗުން މޮޅުވާ ޓީމެއް

-ސްލޮވާކިއާ

-ނޮދަން އަޔަލޭންޑް

-ލަކްޒެމްބަރގް

ގްރޫޕް ބީ

-ސްވިޒަރލޭންޑް

-ސްވިޑެން

-ސްލޮވޭނިއާ

-ކޮސޯވޯ

ގްރޫޕް ސީ

-ޔުއެފާ ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލުގައި ޕޯޗުގަލް އާއި ޑެންމާކް ވާދަކުރާ މެޗުން ބަލިވާ ޓީމެއް

-ގްރީސް

-ސްކޮޓްލެންޑް

-ބެލާރުސް

ގްރޫޕް ޑީ

ޔުއެފާ ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލުގައި ފްރާންސް އާއި ކްރޮއޭޝިއާ ވާދަކުރާ މެޗުން މޮޅުވާ ޓީމެއް

-ޔޫކުރެއިން

-އައިސްލޭންޑް

-އަޒަރްބައިޖާން

ގްރޫޕް އީ

-ޔުއެފާ ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލުގައި ސްޕެއިން އާއި ނެދަލޭންޑްސް ވާދަކުރާ މެޗުން މޮޅުވާ ޓީމެއް

-ތުރުކީ

-ޖޯޖިޔާ

-ބަލްގޭރިއާ

ގްރޫޕް އެފް

-ޔުއެފާ ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލުގައި ޕޯޗުގަލް އާއި ޑެންމާކް ވާދަކުރާ މެޗުން މޮޅުވާ ޓީމެއް

-ހަންގޭރީ

-ރިޕަބްލިކް އޮފް އަޔަލޭންޑް

-އަރްމޭނިއާ

ގްރޫޕް ޖީ

-ޔުއެފާ ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލުގައި ސްޕެއިން އާއި ނެދަލޭންޑްސް ވާދަކުރާ މެޗުން ބަލިވާ ޓީމެއް

-ޕޮލޭންޑް

-ފިންލޭންޑް

-ލިތުއޭނިއާ

-މޯލްޓާ

ގްރޫޕް އެޗް

-އޮސްޓްރިއާ

-ރޮމޭނިއާ

-ބޮސްނިއާ 

-ސައިފްރަސް

-ސަންމެރިނޯ

ގްރޫޕް އައި

-ޔުއެފާ ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލުގައި އިޓަލީ އާއި ޖަރުމަނު ވާދަކުރާ މެޗުން ބަލިވާ ޓީމެއް

-ނޯވޭ

-އިސްރާއީލް

-އެސްޓޯނިއާ

-މޯލްޑޯވް

ގްރޫޕް ޖޭ

-ބެލްޖިއަމް

-ވޭލްސް

-ނޯތު މެސެޑޯނިއާ

-ކަޒަކިސްތާން

-ލެޗެންސްޓައިން

ގްރޫޕް ކޭ

-އިންގްލެންޑް

-ސަބިއާ

-އަލްބޭނިއާ

-ލެޓްވިޔާ

-އެންޑޯރާ

ގްރޫޕް އެލް

-ޔުއެފާ ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލުގައި ފްރާންސް އާއި ކްރޮއޭޝިއާ ވާދަކުރާ މެޗުން ބަލިވާ ޓީމެއް

-ޗެކްޔާ

-މޮންޓެނެގްރޯ

-ފެރޮއެ އައިލެންޑްސް

-ޖިބްރޯލްޓާ

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
ދިއްލީގެ ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 21 މީހަކު މަރުވެއްޖެ
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ބޭރު ގައުމުތަކަށް ނިސްބަތްވާ 12 މީހަކާއި އިންޑިއާގެ 9 މީހެކެވެ
04 Jun 2026
ބީއެމްއެލް އިން ނެރޭ ސުކޫކްގެ ބޭނުމަކީ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުން: ޒަމީރު
މާލީ ވަޒީރު ވިދާޅުވީ މިކަން ކުރުމަށް ސަރުކާރުން އިސްނެގުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން އިޤްތިޞާދު ކުރިއެރުވުމާއި، އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދިނުމުގެ އިތުރުން، މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުން ކަމަށް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.
03 Jun 2026
އިމްތިހާނު ދުވަސްވަރާ ދިމާވާތީ ޕީއެންސީގެ ކޮންގްރެސްގެ ތާރީހު އަވަސްކޮށްފި
ކޮންގްރެސްގެ ތާރީހު އަވަސް ކުުރުމަށް އެދިވަޑައިގެންނެވީ ވެސް ރައީސް މުޢިއްޒު އެވެ. ރައީސްގެ އެދިވަޑައިގަތުން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.