ވޭމަންޑޫ.. ފޮޓޯ: އިންޓަރނެޓް
ހަބަރު
15 Dec 2024 | 19:30
ވިސާނެތި ވޭމަންޑޫގައި ދިރިއުޅެމުންދާ ފްރާންސްގެ އާއިލާ ފޮނުވާލަނީ

ވިސާނެތި ތ.އަތޮޅު ވޭމަންޑޫގައި ދިރިއުޅެމުން އަންނަ ފަރަންސޭސިވިލާތަށް ނިސްބަތްވާ އާއިލާ ފޮނުވާލުމަށް ސަރުކާރުން ނިންމައިފިއެވެ.

ފަރަންސޭސިވިލާތަށް ނިސްބަތްވާ އާއިލާއެއް ވިސާނެތި ރާއްޖޭގައި ދިރިއުޅެމުންދާ މައްސަލައެއް ފެންމަތިވެފައިވާއިރު، ވިސާނެތި އެމީހުން ރާއްޖޭގައި އުޅެމުންދާތާ އެތައް އަހަރެއް ވެފައިވާކަމަށް މައުލޫމާތު ލިބެއެވެ. އެންމެފަހުން އެމީހުންގެ މައްސަލަ މީޑިއާގައި ދައުރުވަމުން ދަނިކޮށް އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް ޝައްމާން މުހައްމަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޓްރެވަލް ޑޮކިއުމަންޓް ލިބުނުހާ އަވަހަކަށް އެމީހުން ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

ޝައްމާން ވިދާޅުވީ، އިމިގްރޭޝަންގެ ޤާނޫނާ ޚިލާފަށް ފްރާންސަށް ނިސްބަތްވާ ޢާއިލާއެއް ރާއްޖޭގައި ދިރިއުޅެމުންދާ ކަމުގެ މައުލޫމާތު 'އިމިގްރޭޝަން ވޮޗް' އަށް މިއަހަރުގެ ޖުލައިމަހުގެ 18 ވަނަ ދުވަހު ލިބިފައިވާކަމަށެވެ. އެ މައްސަލަ އިމިގްރޭޝަނުން  ބެލުމަށްފަހު، އޮކްޓޯބަރުމަހުގެ 23 ވަނަ ދުވަހު އެ މައްސަލާގައި ހިމެނޭ އިސްފަރާތް އެ އިދާރާއަށް ވަނީ ހާޒިރު ކުރެވިފައިވާކަމަށް ޝައްމާން ވިދާޅުވިއެވެ. އެ ފަރާތްތަކުގެ ޕާސްޕޯޓުގެ މުއްދަތު ހަމަވެފައިވާތީ، އެ ޢާއިލާ ރާއްޖެއިން ފުރުވާލުމަށް ބޭނުންވާ ޓްރެވަލް ޑޮކިއުމަންޓު ހޯދުމުގެ މަސައްކަތް ދިވެހި ހާރިޖިއްޔާ އާ ގުޅިގެން އިމިގްރޭޝަނުން ކުރަމުންދާ ކަމަށެވެ.

މި ފަރާތްތަކުގެ ޓްރެވަލް ޑޮކިއުމަންޓް ލިބުނުހާ އަވަހަކަށް ފުރުވާލުމަށް ވަނީ ހަމަޖެހިފަ. އިމިގްރޭޝަން ޤާނޫނީ ޚިލާފަށް ދިވެހިރާއްޖޭގައި އުޅުމަށް އެއްވެސް ފަރާތަކަށް ފުރުސަތެއް ނުދެވޭނެ.

ޝައްމާންގެ އެކްސްޕޯސްޓްގައި ވިދާޅުވިއެވެ.

ވޮއިސްއާ މައުލޫމާތު ހިއްސާކުރި ވޭމަންޑޫ ރައްޔިތަކު ބުނީ، އެމީހުން އެރަށުގައި ދިރިއުޅެމުން އަންނަތާ 4 އަހަރުވެދާނެ ކަމަށާއި، އެމީހުން އުޅެނީ މަސްވެރިކަންކޮށްގެން ލިބޭ އާމްދަނީން ކަމަށެވެ. ވޭމަންޑޫގެ ކުރިން އެމީހުން ދިރިއުޅުނީ އެހެން ރަށެއްގައެވެ. ވޭމަންޑޫއިން ވާހަކަ ދެއްކި މީހާ ބުނީ، އެމީހުންގެ ފަރާތުން އުނދަގޫވާ ޒާތުގެ ކަންކަން ފެންނަކަން ފާހަގަނުކުރެވޭ ކަމަށެވެ.

ބައެއް ނޫސްތަކުން ބުނެފައިވަނީ، އެމީހުން ފްރާންސަށް ދާން އަނބުރާ ބޭނުންނުވަނީ އެމީހުން ފްރާންސަށް ގޮސްފިނަމަ، ފުރާނައަށް ނުރައްކާވެދާނެތީ ކަމަށެވެ. ފަރަންސޭސިވިލާތަށް ނިސްބަތްވާ އެ ދެމަފިރިންގެ 5 ކުދިން ތިބެއެވެ. މައުލޫމާތު ލިބޭ ގޮތުގައި އެ އެންމެންނަކީވެސް މުސްލިމުންނެވެ. 

ކޮމެންޓް
ފަތުން
އިމިގުރޭސަންކޮންޓުރޯލާއަށް ބުނެލަން އޮތީ ތިއާއިލާމިރާއްޖޭން ފޮނުވާލައި ކަމަށްވަނީނަމަ ކަލޭތިހިރަވަޒީފާ ސައުވީސް ގަޑިއިރުތެރޭ ވަޒީފާ ބޭރުކުރާނެ ވާހަކަ ދަންނަވާލަން މީތޯތޯވާހަކައެއް މިކަން ދާނެގޮތް
16 Dec 2024
ގުޅޭ ލިޔުންތައް
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް